Wednesday, May 30, 2018


ކިތަންމެ މަގުފުރެދިފައިވާ މީހަކަށްވިޔަސް ﷲ سُبْحَانَهُ وَ تَعَالَى އިރާދަފުޅާއެކު ތެދުމަގު ދައްކަވާނެވެ. ހީވެސް ނުކުރާފަދަ ގޮތްގޮތަ އެކަލާނގެ އެތައް ބަޔަކަށްވަނީ ތެދުމަގު ދައްކަވާފައެވެ.
ޖާވިޒްއަކީ ކުޑައިރުސުރެ މައިންބަފައިންގެ ލޯބިން މަހުރޫމްވެފައިވާ ޒުވާނެކެވެ. އޭނާގެ މަސައްކަތަކީ ވައްކަން ކުރުމާ ރާބުއިމާ ފޭރުމާ އަދި މާރާމާރީއެވެ. ނިދަން އޮށޯންނަނީ ހެނދުނު އިރުއެރުމުންނެވެ. ހޭލަން އެންގެނީވެސް ހަވީރުވުމުންނެވެ. ހޭލުމަށްފަހު މަގުމައްޗަށް ހުސްގަޔާ ހަދާލައިގެން ނުކުމެހުރެ ސިނގިރޭޓްބޮމުން ތަނުން ހިނގާ މީހުންނަށް ޖެއްސުންކޮއް އަންހެންކުއްޖަކު ފެނިއްޖެނަމަ އެކުއްޖަކާ ފޮށިހަދައެވެ. މިކަމާ އެސަރަހައްދު މީހުން އޭނާއާމެދު ވަރަށްބޮޑަށް ނުރުހުންވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އޭނާއާ ދިމާލަށް އެއްޗެއް ބުނެފިނަމަ އޭނާ ގެންގުޅޭ ރަހުމަތްތެރިންނަށް އަންގައިގެން އެމީހަކަށް އެހާ ޖެއްސުންކުރާނެއެވެ.
އެހެންދުވަހެކޭވެސް އެއްފަދައިން މިއަދުވެސް ޖާވިޒް ހޭލައިގެން ނުކުތެވެ. ނުކުތްއިރު އޭނާގެ ރަހްމަތްތެރިންވެސް އެތަނުގާ އައިސް ތިއްބެވެ. ” އޭ ބުރޯ ނެތެތަ ފެގެއް ” ޖާވިޒް ނުކުމެ އޭނާގެ ސިނގިރޭޓް ރޯކޮއްލިތަނުން އެޭނާގެ ރަހްމަތްތެރިއަކު ބުނެލިއެވެ. ” ކާލޭ އަމިއްލައަށް ހޯދަބަލަ “. އެންމެން އެކުގައި ހޭފެށުމަށްފަހު ޖަހާނެ ސަކަރާތެއް އެތާތިބެ ޖަހާފައި އެންމެން އެކުގައި ސައިކަލްބުރު ޖަހަން ނައްޓާލިއެވެ. އަދި ބުރުޖެހުމަށްފަހު ސައިބޯން އެންމެން އެކުގައި ހޮޓަލަކަށްވަނެވެ. ވޭޓަރުފެނުމުން ޖާވިޒް އަޑުގެ ނެތްކޮޅަށް ބުނެލިއެވެ. ” އޭތް މިހިރަ ބަންގާޅީ ބީތާ އާދެބަލަ “. ވޭޓަރު އައުމުން ހުރިހައި އެންމެން ކާއެއްޗިއްސަށް އޯޑަރުދިނެވެ. އަދި ކާތަކެތި އައުމުން ކައި ނިމިގެން ބިލްނުދައްކާ ހޮޓަލުން ނުކުންނަނިކޮއް ވޭޓަރު އައިސް ބިލް ނުދައްކާ އޮތްވާހަކަ ބުނުމުން ވޭޓަރު ކަންފަތްމަތީ ބާރަކަށް ޖެހުމަށްފަހު ޖާވިޒް ބުނެލިއެވެ. ” މަ ނުޖެހޭނެ ބިލްދައްކާކަށް ކަލޭ ތި ބިލް ދައްކާ ” މިހެން ބުނެ އަނެއްކާވެސް ހޮޓާތެރެއަށްވަދެ އެތާހުރި ތަށިތައް ތަޅާލުމަށްފަހު ވޭޓަރާ ދިމާލަށް އެނބުރިފައި ބުނެލިއެވެ. ” މިޔަށްވެސް ކަލޭ ބިލްދައްކާދެން “. މިހެން ބުނެ ސައިކަލްއަށް އަރައިގެން ބާރުބާރަށް ދުއްވާފައިގޮސް އޮބާލިއެވެ.
ކުރެވުނު ކަންތަކާ ފަޙުރުވެރިވެ އެކަމުގެ ވާހަކަ ދައްކަން ތިބެ އަނެއްކާވެސް އެހޮޓަލަށް ދަންކޮއްފައި ދިޔުމަށް ނިންމިއެވެ. ނަމަވެސް މިފަހަރު ޖާވިޒް ބޭނުންވީ އޭނާގެ ރަހްމަތްތެރިންނަށް އޭނާގެ ނުލާފާކަން އިތުރަށް ދައްކާލާށެވެ. ގަޑިން މެންދަމު ދޭއް ޖެހުމުން ޖާވިޒްއާ އޭނާގެ ރައްޓެހިން އެ ހޮޓަލަށް ދިޔައެވެ. އެއިރު ހޮޓާ ހުރީ ބަންދުކޮއްފައެވެ. ނަމަވެސް ދޮރު ހުޅުވާފައިހުރުމުން އެތެރެއަށް އެންމެން ދެމިގަތެވެ. މޭޒެއްމަތީ އެމީހުނަށް ޙިދުމަތްކުރި ވެއިޓަރު ނިދާފައި އޮތްތަން ފެނުނެވެ. ބާކީ ތިބި ދެވެއިޓަރުން ތިބީ މޭޒުތައް ސާފުކުރާށެވެ. ޖާވިޒް އެއްވެސް ޖެހިލުމެއްނެތި ޖީބުން ބެނެޓްއެއް ނަގާ ނިދާފައިއޮތް ވޭޓަރު މެޔަށް ތިންފަހަރު ފުންކޮއް ހަރާލިއެވެ. އޭނާގެ ހަޅޭކުގެ އަޑަށް ދެވޭޓަރުން ދުވެފައި އައިސް ޖާވިޒްއާ ދިމާލަށް ހަޅޭއްލަވަމުން ބުނެލިއެވެ. ” ބޭބެ ކަލޭ ކޮންކަހަލަ މީހެއްތީ އޭ މިވެސް އިންސާންދޯ އޭނާ އަނބިދަރިން ހުންނަނީ ރަށު ކުޑަ ބައްޗާ އަދި ހަތަރުމަސްވަނީ. ހެޔޮނުވާނުން ކަލޭމެން ދިވެހިން ހަނޑްރެޑް ޕަސެންޓް މުސްލިމް ކިޔާފައި ތިކަހަލަ ކަންތައް ކުރަން ﷲ سُبْحَانَهُ وَ تَعَالَى ކަލެއާ ކަލޭގެ ތި ރަހްމަތްތެރިންނަށް ލައުނަތް ލައްވާށެވެ ”
ރޮއެ ހޭރޭހާލު ދެވޭޓަރުން އެމީހުންގެ ރަހްމަތްތެރިއާ ނަގައިގަނެގެން ހޮސްޕިޓަލްއަށް ގެންދިޔައެވެ.
އެރޭ ކުރެވުނު ކަންތަކާމެދު ޖާވިޒް ހުރީ ވަރަށް ފަޙުރުވެރިވެފައެވެ. އަދި އޭނާގެ ރަހްމަތްތެރިން އޭނާއަށް ބުނެލިއެވެ. ” ތީ ގަދަގޮލައެއް ބޮންދެއްވިޔަ ތި ދުއްވާލީ ތީ މޭންއަކީ. ” އެންމެން ދިޔުމުން ޖާވިޒް ނިދަންވަނެވެ. ނަމަވެސް އޭނާ ގެއަށް ވަނުމުން އައީ މާޔޫސްކަމާ އެކަނިވެރިކަމެވެ. ކުރެވުނީ ކިހާބޮޑު ގޯސް ކަމެއްކަން ފުރުތަމަ ފަހަރަށް ހިތައްއެރިއެވެ. ސިކުނޑި ހަމަޖައްސާލަން ސިނގިރޭޓް ބޯލަން ނިދަން އޮށޯތެވެ. ނިދުމުގެ ތެރޭގައި ޖާވިޒްއަށް ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގާ އޭނާވަނީ އަނދިރި ކަމެއްގެ ތެރޭގައެވެ. ނަމަވެސް ވަރަށް ދުރުން އަލިފެނެވެއެވެ. ހިނގާ ހިނގާވެސް އެ އައްޔާ ހަމައަށް ނުދެވުނެވެ. ނަމަވެސް އަޑަކުން ބުނާ އަޑުއިވެއެވެ. ” އަހަރެން ކަލެއަށް މަޢާޕް ދީފިން ” އެހެން ބުނާ ކޮންމެ ފަހަރަކުން ޖާވިޒް ދިޔައީ އަލިކަމާ ގާތްވަމުންނެވެ.
ކުއްލިއަކަށް ޖާވިޒްއަށް ހޭލެވިއްޖެއެވެ. މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. މުޅި ހިތައްވަނީ ބިރުވެރިކަން ވަދެފައެވެ. މިވާހަކަ ކިޔާދޭނެ މީހެއް ނޭނގިގެން ޖާވިޒް އެނބުރުނެވެ. އަދި ވީ އެންމެ އަވަހަކާ އޭނާ އަނިޔާދިން ވޭޓަރު މަސައްކަތްކުރި ހޮޓަލަށް ދިޔައެވެ. ދޮރާ އާރާ ހަމަވިތަނުން ދެ ވޭޓަރަކަު އައިސް ޖާވިޒް ލަފުގައި ހިފާ ބަދިގެ ތެރެއަށް ވެއްދިއެވެ. ވަގުތުން ކައްކާ މީހާއައިސް ޖާވިޒް ކަރުގައި ވަޅި ޖެއްސުމަށް ފަހު ބުންލިއެވެ. ” ކަލޭ އަހަރެންގެ ބާއީ ގަޔަށް ވަޅިޖަހާފައި އަނެއްކާ ފުއްޕަން އަންނަނީތަ؟ ކޮށާފައި ކައްކާލާފަ އެއްލާލާނަން މިފަހަރު. ” ޖާވިޒް އަތުގެ އިޝާރާތުން މަޑުކުރަމަށް ބުނެލިއެވެ. ނަމަވެސް ވޭޓަރުންނާ ކައްކާވެގެން ހިއްފުރޭވަރަށް ޖާވިޒްގައިގާ ތަޅާލުމަށްފަހު ވާހަކަދަކަން ފުރުސަތުދިނެވެ. ޖާވިޒްއަށް ފެނުން ހުވަފެން ކިޔާދިނެވެ. އަދި ޒަޙަމްކޮއްލި ވޭޓަރުގެ ހާލު އޮޅުން ފިލުވުމުން އޭނާ ހެޔޮހާލުގައި އޮތްވާހަކަ ބުނެލިއެވެ. ޖާވިޒް އޭނާއަށް ޒިޔާރަތްކޮއް ކުރެވުނު ކުށަށް އިއުތިރާފްވެ މަޢާފްއަށް އެދުނެވެ. އަދި އަމިއްލައަށް ފުލުހުންނާ ހަވާލުވެ ކުރެވުނު ކުއްތަކަށް އިއުތިރާފްވެ އެކަމުގެ ހުކުމް ތަންފީޒެކުރުމުގެގޮތުން ދިހަ އަހަރު ޖަލުގައި ހޭދަކުރިއެވެ.
ދިހަ އަހަރަށްފަހު ޖާވިޒް މިނިވަންވުމުން އެއްކަލަ ހޮޓަލްއަށް ސައިބޯންދިޔައެވެ. ދިމާވީވެސް އޭނާ ޒަޙަމް ކޮއްލި ވެއިޓަރާއެވެ. ސަލާމްގޮވާ ސަލާމްކޮއްލުމަށްފަހު ސައިބޯން އިށީނެވެ. އަދި ބިލްގެންނަން ބުނުމުން ވެއިޓަރު އައިސް ބުންލިއެވެ. ” ބޭބެގެ ބިލް މިފަހަރު ދައްކާނީ އަހަރެން ﷲ سُبْحَانَهُ وَ تَعَالَى ބޭބެއަށް ބަރަކާތް ލައްވާށެވެ ”
– ނިމުނީ –

ދުނިޔެވީ އުފާތަކަށް މޮޔަވެފައި ތިބި ބަޔަކު މި ނޫނީއާ ނުދެކެމެވެ. ފާހިޝް އަމަލަކަށް އަރައިގަންނަން ވެއްޖެނަމަ ކުޑައެއް ބޮޑެއް މުސްކުޅިއެއް އަދި ޒުވާނެއް ނޯވެއެވެ. އެއްވެސް ލަދެއް ހަޔާތެއްނެތި މައިންބަފައިންވެސް ދަނީ ދަރިން ކުރިމަތީ ފާޅުގައި ފާހިޝް އަމަލް ހިނގަމުންނެވެ.
އެލެކްސް އަކީ މި ނުލަފާ އަވަށަށް ގެނެވުނު އަޅެކެވެ. ރޯމަނުން ވަނީ އޭނާގެ އަވަށް އެއްކޮއް އަންދާ އަޅިއަށް ހަދާލާ އަދި އޭނާގެ އާއިލާ ގަތުލުކޮއްފައެވެ. ރޯމަނުންވަނީ އެލެކްސް ކުޑަ އަގަކަށް ޕޮމްޕޭގެ އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔާ ކަމަށްވާ އާރްޓިމިސްއަށް ވިއްކާލާފައެވެ. އާރްޓިމިސްއަކީ މީހުން ގަތުލްކުރުމަށް ފޯރި ހުންނަ މީހެކެވެ. އޭނާއަކީ ކުޅިވަރަށް މީހުން ތަމްރީނުކޮއް އެހެން ވިޔަފާރިވެރިންނާ ވާދަކުރާ މީހެކެވެ.
އެލެކްސް ގެނެވުނު ފުރުތަމަ ދުވަހުވެސް އާރްޓިމިސް އޭނާގެ ނުލަފާކަން ދައްކާލިއެވެ. ފުރުތަމަވެސް ޗާބޫކުން އެތައް ފަހަރަކު އެލެކްސްގެ ބުރަކަށީގައި އެތައްފަހަރަކުޖަހާ ލޭއޮހޮރުވާލަމުން ބުނެލިއެވެ.
” ކަލޭތީ މަގޭ އަޅެއް. ކަލޭގެ ފުރާނައަކީވެސް މަގޭ އެއްޗެއް. މިތަނުން ފިލަން އުޅެއްޖެނަމަ ކަލޭގެ ލޯކޮނެލާފައި ސޮލީބަށް އެރުވޭނެކަން ހަންދާކުރާތި. ބުނާގޮތް ނުހަދައިފިނަމަ ޗާބޫކުގައި ހުރިވަރެއް ދައްކާލާނަން ”
އެނުލަފާ އާރްޓިމިސްގެ އަނިޔާތަކަށްފަހު އެލެކް ގެންގޮސް އެއްލާލެވުނީ އޫރު ނަޖިސްހުރި ކުޑަގޮޅުއަކަށްށެވެ. އެތަނުގައި އޭނާ 2 ރޭ ހޭދަކުރަންޖެހުނީ ލާނެ އެއްވެސް އެއްޗެއް ނެތިފައެވެ. އަދި އޭނާއަށް ކާންވެސް ލިބުނީ ދުވާލަކު 1 ފަހަރުއެވެ. ޖަނަވާރެއްހެން ހަފްތާއެއް ވަންދެން ގެންގުޅުމަށްފަހު އެލެކްސް ނެރުނެވެ. ނެރުމަށްފަހު ފެންވަރުވާ ރީތިކޮއް އާރްޓިމިސްގެ އަރިހަށް ގެނެވުނެވެ. އެލެކްސްއަށް ހުރީ ލިބުން އަނިޔާގެ ސަބަބުން ނަފްސާނީގޮތުން އެތައް ގެއްލުމެއްވެފައެވެ. އާރްޓިމިސް ރާތައްޓެއްނަގާ އެއްފަހަރުން ބޮއެ ހުސްކޮއްލުމަށްފަހު އެލެކްސްއާދިމާލަށް ހޫރުވާލިއެވެ. ތަށި ޖެހުނީ އެލެކްސްގެ ނިއްކުރީގައެވެ. އަދި ޖެހުނުތަން ފަޅައިގެންގޮސް ލޭފައިބަންފެށިއެވެ. ތުންފުހެގަންނަމުން އާރްޓިމިސް އެލެކްސް އާއިދިމާލަށް ބުނެލިއެވެ. ” ހުރިހާ އެއްޗެއް ބާލާ. ހަމަ މިހާރު ބާލާ ” އެލެކް ގަތްބިރުން ހުރިހާއެއްޗެއް ބޭލިއެވެ. ނުލަފާ އާރްޓިމިސް އައިސް އެލެކްސްގެ ޖިންސީ ގުނަވަނުގައި ކޮޅުފައިންޖެހިއެވެ. ވީތަދުން އެލެކްސް ބިންމައްޗަށް ވެއްޓުނެވެ. އަދި ވެއްޓުމާއެކު އާރްޓިމިސްގެ ދެ ގާޑުން ލައްވައި އަނެކާވެސް އެލެކްސް ނެގިއެވެ. އަދި އެތައްފަހަރަކު އެލެކްގެ ޖިންސީ ގުނަވަނަށް އެތައް އަނިޔާއެއްކުރިއެވެ.
ހިތްފުރޭވަރުވުމުން އާރްޓިމިސްގެ އިޝާރާތައް ވަހުސީ ހަށިވިއްކާ އަންހެނުންތަކެއް އައިސް އެލެކް ކައިރީ ހުއްޓުނެވެ. އާރްޓިމިސް ގޮނޑީގައި އިށީންދެ ރަލުން ފުރިފައިހުރި ޖަގެއް ނަގައިފައި ބުނެލިއެވެ. ” ނިކަން މަށަށް ފެންވަރުގެ ޝޯއެއްދީބަލަ. ” މިހެން ބުނުމާއެކު އެ ވަހުސީ އަންހެނުންތައް އެލެކްސްގެ ގައިމައްޗަށް އަރާ އެންމެ އަނިޔާވެރިގޮތުގައި އެދުންފުއްދިއެވެ. އަދި އެމީހުން ނިމުމާއެކު އަނެއްކާވެސް އާރްޓިމިސްގެ އިޝާރާތައް އެލެކް ކައިރިއަށް ބަޔަކުއައެވެ. އެއީ ވަހުސީކަމުން ފުރިފައިވާ މުސްކުޅި ފިރިހެނުންނާ ޒުވާނުންނެވެ. އާރްޓިމިސް ރާ ބޮއެ ނިންމާލާފައި އޭނާވެސް އެމީހުނާ ބައިވެރިވެ އެލެކްއަށް އަނިޔާކުރިއެވެ. އެތައް ދުވަހަކު މިގޮތައް އަނިޔާ ދިނުމުގެސަބަބުން އެލެކްސްހުރީ އަމިއްލައަށް މަރުވާން ބޭނުންވެފައެވެ.
ދުވަސްތައް އެހާލުގައި ވޭތުކުރަމުން ދަނިކޮއް އެލެކްސްއާ ޖެހިގެން އިން ގޮޅިއަށް މީހަކު ގެނެވުނެވެ. އެއީ މެދުއުމުރުގެ ޒުވާން އަންހެނެކެވެ. އެޒުވާނާގެ ނަން އެލެކް އަހާލުމުން އޭނާއަކީ މުސްލިމެއްކަމަށް ބުނިއެވެ. އަދި ނަމަކީ އަމީނާ ކަމަށް ބުނިއެވެ. އެލެކްސްއަށް ދިމާވި ހުރިހާކަމެއް އަމީނާއަށް ކިޔާދިނެވެ. އަމީނާ ބުނީ އެލެކް ކައިރި ކެތްތެރިވުމަށްށެވެ. އިރުކޮޅަކުން އާރްޓިމިސް އައިސް އަމީނާ އިން ކުޑަގޮޅިއަށްވަދެ އްތައްފަހަރަކު ގަދަކަމުން ޖިންސީއުފާ ހޯދިއެވެ. މިގޮތައް އެތައްފަހަރަކު އެލެކްސް ކުރިމަތީ އަމީނާ ރޭޕްކުރިއިރުވެސް އެލެކްއަށް ފާހަގަވީ އެންމެ ކަމެކެވެ. ކޮންމެ ފަހަރަކުވެސް އާރްޓިމިސް ދާތަނުން އަމީނާ ދުއާކުރާތަނެވެ. އެގައުމު ހަލާކުކުރުމަށް އެދި އޭނާ އަބަދުވެސް ދުއާކުރާތީ އެލެކްވެސް އެކަމުގައި ބައިވެރިވާން ބޭނުންވާ ވާހަކަ ބުނުމުން އަމީނާ އެލެކްސްއަށް އިސްލާމް ދީން އޮޅުން ފިލުވައިދިނެވެ. ހަމަ އެޔާއެކު އެލެކްސް ޝަހާދަތް ކިޔާ އިސްލާމްވިއެވެ. މިހާރު އޭނާގެ ނަމަކީ މަހްމޫދެވެ.
އެލެކްސް އިސްލާމްވިކަން އެނގުމުން އޭނާއަށް ކުރަމުން އައި އަނިޔާާދިޔައީ ވަކިން އިތުރުވެގެންނެވެ. މެންދުރުނަމަ އަވީގައި އައްސާފައި ބަހަޓައެވެ. ރޭގަނޑު ފިނީގައި ބަރަހަނާ ހާލުގައި ބަހައްޓައެވެ. ނަމަވެސް ލިބެމުން ދިޔަ އަނިޔާއަށް މަހްމޫދުއާ އަމީނާ ދިޔައީ ކެތްތެރިވެ ދުއާކުރަމުންނެވެ. އާރްޓިމިސް އެ ދެމީހުންނަށް އަނިޔާ ކޮއްކޮއް ފޫހިވެގެން އެ ދެމީހުން ގަތުލުކުރަން ނިންމިއެވެ. ގަތުލް ކަރަންވެގެން އަމީނާ އާއި މަހްމޫދު ގޮވައިގެން އާރްޓިމިސް ދިޔައީ އަވަށުން ބޭރަށްށެވެ. އާރްޓިމިސްއާއެކު ހަތަރު ފަހުލަވާނުން ގެންދިޔައެވެ. މި ހަތަރު ފަހުލަވާނުންނާ އާރްޓިމިސް ވެގެން މަހްމޫދު ގަހެއްގައި ބަނެވެ. އަދި މަހްމޫދު ކުރިމަތީ އަމީނާއަށް އަނިޔާކޮއް ރޭޕްކުރިއެވެ. އެޔަށްފަހު ބޮޑު ކަނޑިއެއްނަގައި އަމީނާގެ މެޔަށް ހަރާ އަމީނާ ޝަހީދުކޮއްލިއެވެ. އަދި އެވަރުން ނިމުނީކީނޫނެވެ. އަމީނާގެ މެއި ފަޅާލައި ހިތް ނަގައި ހިތައް އެތައްފަހަރަކު ވަޅިހަރާލިއެވެ. އަދި އަމީނާގެ ހަށިގަނޑު ކޮށާ ކުދިކުރުމަފަހު އެކޮ ދިމަ ދިމާލަށް ހޫރުވާލިއެވެ. ވީ ދެރައިން ބާރަށް ރޮއެގަނެފައި މަހްމޫދު އާރްޓިމިސްއާ އޭނާގެ ފަހުލަވާނުންނާ ދިމާލަށް ބުނިއެވެ.
” ކަލޭމެންގެ ހަލާކު ﷲ سُبْحَانَهُ وَ تَعَالَى އަވަސްކުރައްވާށެވެ. ނުބައި ނިމުމަކުން ކަލޭމެން ނިންމަވާށެވެ.”
އެޔައްފަހު އުޑަށް ބަލަހައްޓަންހުރެ މަހްމޫދު ދުއާކުރިއެވެ. ” ޔާ ﷲ އަނިޔާވެރިންގެ ނިމުން އަވަސްކުރައްވާށެވެ. އަމީނާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށެވެ.”
ނުލަފާ އާރްޓިމިސްއާ އޭނާގެ ފަހުލަވާނުންވެގެން މަހްމޫދުގެ ގަޔަށް އެތައް ތީރެއް ޖެހުމަފަހު ޝަހީދުކޮއްލިއެވެ. އަދި މަހްމޫދުގެ ފުރާނަނެތް މަސްގަނޑާ ބޯ ވަކިކޮއްލިއެވެ.
އޭގެ ހަފްތާއެއްފަހެވެ. އާރްޓިމިސް އޮތީ އަމިއްލައަށް އެދުން ފުއްދާށެވެ. ކުއްލިއަކަށް އިވުނީ ބޮޑު ގޮވުމެއްގެ އަޑެވެ. އެއަޑަށް އޭނާ ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް ނުތެދުވެވުނެވެ. އޭނާގެ ލޮލަށް ފެނުނީ މުޅިމީހާ ގަނޑުވެ އަޅިއަށްވިތަނެވެ. އޭނާ ވަށައިގެން ތިބި އެންމެންވެސް ތިބީ އެމީހަކު ކުރި އެންމެ ފަހު ހަރަކާތަކައިގެން ހުއްޓި ގަނޑުވެފައެވެ.
ނިކަން ވިސްނާލަބަލާށެވެ. ﷲ سُبْحَانَهُ وَ تَعَالَىގެ ކޯފާ އެމީހުނަށް އައީ ނުވެސް އެނގި ފާހިޝް އަމަލްތަކަށް ގެއްލިފައި ތިއްބައެވެ.
– ނިމުނީ –

Tuesday, May 15, 2018


މާކުންބެއޭ ބުނުމުން އަހަރެން ހަނދާންވަނީ އަހަރެންގެ ސުޕަވައިޒަރު ނިހާން މަތިންނެވެ. އަހަރެން ނިހާނުއާއެކީ ވަރަށް ގިނައިން ހޮޓާތަކަށް ކާންވެގެން އަރަމެވެ. ނިހާންގެ ދިރިއުޅުމަކީ ހަށިގަނޑަށް އެއްވެސް ބެލުމެއްނެތި އުޅެމުންގެންދާ ދިރިއުޅުމެކެވެ.
ނިހާންއަކީ އެންމެ ތުއްތުއިރުއްސުރެ ކެއުމަށް ލޯބިޖެހި އާވައްތަރުތަކުގެ ރަހަތަށް ބަލާލުމަށް ފޯރިހުންނަ މީހެކެވެ. ބައެއް ފަހަރު އޭނާގެ މައިންބަފައިން އެކަމާ އެއްޗެހިވެސް ކިޔައެވެ. ނިހާން ބޮޑުވަމުން އައިވަރަކަށް މައިން ބަފައިންގެ ޙަރަދު ބަރަދު ނުބެލެހެއްޓިގެން އޭނާ އުމުރުން 16 އަހަރުގާ ވަޒީފާއަށް ފޮނުވަންޖެހުނެވެ. ނަމަވެސް ނިހާންއަށް ލިބެމުން އައި މުސާރައަކީ ދުވަހަކުވެސް އޮންނަ އެއްޗެއް ކަމަކަށް ނުވެއެވެ. މައިންބަފައިންނަށް ދިއްކޮލާނެ އެންމެ ލާރިއެއްވެސް ނިހާން އަތުގާ ނޯންނަނީ ކީއްވެކަން އޭނާ މައިންބަފައިންނަށް އެނގެއެވެ. މިކަމާ އޭނާގެ މައިންބަފައިން ޝަކުވާތަކަށް ނިހާން އައީ ބީރު ކަންފަތްދެމުންނެވެ.
އަހަރެންނާ ނިހާންއާ ދިމާވީ އަހަރެން އަލަށް އޭނާ އުޅެމުން އައި ކުންފުންޏަށް ވަޒީފާއަށް ދާންފެށިފަހުންނެވެ. އެއިރު ނިހާންއަކީ އާދައިގެ މަސައްކަތު މީހެކެވެ. އަހަރެން މަސައްކަތް ކުރަމުން އައީ އޭނާއާ އެއްފެންވަރެއްގައެވެ. ކޮންމެ ދުވަހަކުވެސް ނިހާންއާއެކު ސަޔަކަށް ނުވަތަ ކެއުމަކަށް ދިޔުމުން އަހަރެން އިންނަނީ އަންތަރީސްވެފައެވެ. އޭނާ ކާލެއް ގިނަކަމުންނެވެ. މުޅި މޭޒުހެން އޮންނަނީ އޭނާ ގެންނަ އެއްޗެހިން ފުރިފައެވެ. އެތައް ބާވަތެއްގެ ފަނި އަދި ރިހަ އާ ރޮށި އިތުރުން އެހާ ގިނަ ފޮނިއެއްޗެހި އޭނާ ކާ ކޮންމެ ގަޑިއެއްގާ ކާލައެވެ. ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން ބަލާގެން އުޅުމަށް ނަސޭހަތް ދިނުމުން އޭނާ އަންނަނީ ރުޅިއެވެ. އަދި އަހަރެން ދުވަސްގަނޑަކަށް ބަހައްޓާނީވެސް ދުރުކޮށްލާފައެވެ.
މަސައްކަތް ނިމުމުން އަހަރެން އަބަދުވެސް ކަސްރަތުކޮއްލަންދަމެވެ. ދުވެލާ މޫދަށް އެރިލާފަ އައުމުން ގަޔަށް އެލިބޭ އަރާމާ ސިކުނޑިއަށް ލިބޭ ލުއިކަން އިހުސާސްވާނީވެސް ގަވައިދުން ކަސްރަތުކުރާ މީހަކަށްށެވެ. ކޮންމެ ފަހަރަކުވެސް ނިންމާފަ އަންނައިރު ނިހާންއާ ދިމާނުވާ ފަހަރެއް ނުދާނެއެވެ. އޭނާ އަބަދުވެސް ތައުރީފްގެ ބަސްތައް އަހަންނަށް އޮއްސާނެއެވެ. އަދި އޭނާވެސް ދާނެކަމަށް އޭނާ އަބަދުވެސް ބުނަމުން އާދެއެވެ. ނަމަވެސް އެދުވަސް އަންނާނީ ކޮންއިރަކުން ކަމެއް ސީދާ ބުނާކަށް އޭނާއަކަށްވެސް ނޭންގެއެވެ.
އަހަރުތަކަކަށްފަހު ނިހާންގެ މަގާމް މަސައްކަތު މީހަކުން ސުޕަވައިޒަރަށް ބަދަލުކުރެވުނެވެ. އެޔާއެކު އޭނާއަށް ލިބެމުން އައި އުޖޫރަވެސް އިތުރުވުއެވެ. މިކަމުގެ އުފަލުގާ އޭނާ އަހަރެންނަށް ކާންދިނުމަށްފަހު ގެއަށްދާން ހިނގާގަތެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެނީސް ހުރިތަނަށް ވެއްޓިއްޖެއެވެ. އަހަރެން އަވަހަށް އެމްބިއުލާންސްއަށް ގުޅާންގެނެސް ނިހާން ހޮސްޕިޓަލަށްގެންދިޔާމެވެ. ޑޮކްޓަރު ބަލާފަ ހިނދުކޮޅަކަށް ނިހާންގެ ހިތް ހުއްޓުނުކަން އަހަރެން ކައިރީ ބުނިއެވެ. އަދި 5 ވަރަކަށް ދުވަހު އެޑްމިޓްކޮށްފާ ބާއްވަންޖެހޭނެ ވާހަކަ ބުނުމުން އަހަރެން ވަގުތުން ނިހާންގެ މައިން ބަފައިންނަށް އެކަން އެންގީމެވެ.
4 ދުވަސް ފާއިތުވެ ދިޔައިރުވެސް ނިހާން ހޭނާރާ އޮތެވެ. މިކަމާ އޭނާގެ މައިންބަފައިން ވަރަށް ކަންބޮޑުވިއެވެ. އަހަރެން ނިހާންގެ ހާލު ބަލާލަން ދިޔުމުން އެދެމަރިންނަށް ޑޮކްޓަރުދިން ޙަބަރު ކިޔާދިނުމުން އަހަރެން ފެންކަޅިވިއެވެ. ނިހާން މިދުނިޔޭގަ މާކަށް ގިނައިރު ނޯންނާނެކަންވަނީ ޑޮކްޓަރުވަނީ އަންގާފައެވެ. މެޝިނުގެ އެހީގައޮތް ނިހާން އަހަރެމެނާ އަލްވަދާއުކީ އިރުކޮޅެއްފަހުންނެވެ. ޑޮކްޓަރު މެޝިނު ނައްޓާލަންވެގެން އައިސް ބަލާލިތަނުން ޑޮކްޓަރުވެސް ރޯންފެށިއެވެ. އަހަރެން ޑޮކްޓަރު ރޮނީ ކީއްވެތޯ އަހާލުމުން އޭނާ ކިޔާދިނެވެ.
” މި ބަލިމީހާއާ އަހަރެންނާވަނީ މީގެ މަސްދުވަސް ކުރިން މިސްކިތުން ދިމާވެފަ އެއިރު ރޭގަނޑު 11 ޖަހާފާނެ. މި މީހާ އަހަރެން ކައިރީ ބުނި ތިމަންނައަށް އަންނާނީ ކޮންކަހަލަ ނިމުމެއްބާއޭ. އަހަރެން އަހާލިން ކިހިނެއްވެގެންތޯ އެހެން އަހާލީ ބުނުމުން މި މީހާ ކިޔާދިން. ”
” އަހަރެންނަށް ނިދިފާއޮއްވާ ވަރަށް ފަހުން ހުވަފެނެއް ފެނުން. ދުވަހަކުވެސް ނުދެކޭހާ ރީތި ބަގީޗާއެއްގާ ގޮނޑިއެއް އިންދާ އެގޮނޑި ކައިރީވަނީ މީރު ކެއުމާ ބުއިންތައް ބެހެއްޓިފަ ނަމަވެސް އަހަރެންނަށް އެހިސާބަށް ދެވެނީ އަލިފާންގަނޑެއް ހުރަސްކޮއްފަ. އެއަލިފާނުގާ އަހަރެންނަށް ބައިވަރު ފައިސާ ހޫނުކުރެވިފާ ހުއްޓާ ފެނޭ. އަދި އެ އަލިފާންގަނޑު ކައިރީ އަހަރެންގެ މައިންބަފައިން ގިސްލާ ރޯޯންތިބިތަންވެސް ފެނުން. އަހަރެންނަށް ހޭލެވުނުހާއަވަހަކަށް މަންމައާ ބައްޕަ ފަރާތުން އެމީހުނަށް އެއްޗެއް ނުދެވުނީތީ މާފްއަށްއެދި އެކަމަށް ތައުބާވެ އެމީހުނަށް މިހާތަނަށް ނުދެވިހުރި ހުރިހާ ފައިސާއެއްދީ ނިންމާލިން. އަދި ކޮންމެ ދުވަހަކު ސަދަގާތެއްގޮތުގާ މީހަކަށް ކާންދޭން ނިންމިން. ” ޑޮކްޓަރު ކިޔާދީ ނިންމާލިއެވެ.
މިހިސާބުން އަހަރެންނަށް ނިހާންގެ މޫނަށް ބަލާލެވުނެވެ. އޭނާގެ މޫނުގައިވަނީ ހިނިތުންވުމާ އުޖާލާކަމެވެ

ކޮފީއަކީ ޒުވާނުންގެ ތެރޭ އަބަދުވެސް ވަރަށް މަގުބޫލުއެއްޗެކެވެ. މަޖާ އަނގަ ތަޅާލުމަށް ގިނަޒުވާނުން ކޮފީމޭޒުތައްދޮށުގާ އެތައްއިރެއް ހޭދަކުރެއެވެ. އަދި އެކި މިޒާޖުގެ ނުދަންނަ މީހުންނާ ދިމާވެ ރަހުމަތްތެރިކަން އާލާވެއެވެ. ނަމަވެސް އެކަނި ކޮފީއެއް ބޯލަންދާ މީހުންވެސް ވަކި މަދެއްނޫނެވެ.
އައްސަދު އަކީ މިފަދަ ޒުވާނެކެވެ. އޭނާއަކީ އެކަނި ކޮފީބުއިމަށް ލޯބިކުރާ ޒުވާނެކެވެ. އަދި އޭނާ ހޮބީއަކަށް ވާހަކަ ލިޔެ އުޅެއެވެ. އެހެންރޭތަކެކޭވެސް އެއްފަދައިން މިރޭވެސް އައްސަދު ކޮފީއެއްބޯލަން ދިޔައެވެ. މިރޭ އޭނާ ދިޔައީ ލެޕްޓޮޕްވެސް ހިފާން ވާހަކަ އެއްލިޔެލާނަމޭހިތާއެވެ. އޭނާ އަބަދުވެސް ކޮފިބޯން ދަނީވެސް އެއްތަނަކަށްކަމުން އެތާ މުވައްޒިފުންނާ އޭނާއާ ދެމެދުވަނީ ވަރަށް ހާއްސަ ގުޅުމެއް އުފެދިފައެވެ. އަދި އޭނާއަށް ހާއްސަކޮށް ވަކިން މޭޒެއްދީފާ އިންދެއެވެ. ލެޕްޓޮޕް ހުޅުވާލުމަށްފަހު އޭނާ އިނީ ވާހަކައިގެ ސުރުހީއާމެދު ވިސްނާށެވެ. އިރުކޮޅަކުން މީހަކު އައްސަދުއަށް ސަލާންގޮވާލިއެވެ. ސަލާމް ބަލައިގަނެ ކާކުތޯބަލާލިއެވެ. ކުރިމަތީގާހުރީ މުސްކުޅިވަރެއްގެ ފިރިހެނެކެވެ.
“ކޮއްކޯ ހާދަބޮޑު ފިކުރެއްގަ”
އެމިހާބުނެލިއެވެ.
“ނުނޭ. މިއުޅެނީ ވާހަކައެއް ލިޔަންވެގެން ކުޑަކޮއް ވިސްނާލަނީ މި”
ޖަވާބުގާ އައްސަދު ބުނެލިއެވެ.
ހިނިގަނޑެއް ޖަހާލާފަ އެމީހާ އައްސަދު ކައިރިން ހުއްދަހޯދުމަށްފަހު އިށީނެވެ. އަދި އައްސަދުއާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު ބުނެލިއެވެ.
“ބޭބެ ކިޔާދީފާނަން ހަގީގީ ހާދިސާއެއް ވަރަށްކުރުކޮށް. ދޮންކަލޯ އެވާހަކައަށް ފަހުން ނަމެއްދޭނީ ކިހިނެއްވާނީ އެގޮތް”.
ޖަވާބުގާ އައްސަދު ބޯޖަހާލިއެވެ. ނަމަވެސް ފެށުމުގެ ކުރިން ކޮފީއެއް ގެންނަން އަހާލުމުން އެމީހާ ބުނެލިއެވެ. “ތީ ބޭބެމެން އެއްވެސް އިރެއްގާ ބޮއެއުޅޭ އެޗެއްނޫން”. ދެން އެމީހާ ވާހަކަ ފަށާގަތެވެ.
“އެއީ މިދިޔަމަހު ހިނގި ހާދިސާއެއް. އަހަރެންގެ ލޮލަށް މީހާތަނަށް ފެނުން އެންމެ އަނިޔާވެރި އެއް ހާދިސާ. ސާދާ އަކީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ އަޙުލާގު ރަނގަޅު ހެޔޮލަފާ ކުއްޖެކެވެ. އޭނާ މައިންބަފައިން ނިޔާވިފަހުން ހުންނަނީ އަހަރެން އުޅޭގެގައެވެ. ކޮންމެ ރެޔަކުވެސް އޭނާ ނިދަން އޮށޯންނަމުން ކިޔުނު ހުރިހާ އެއްޗެއް ކިޔައިގެން ނިދައެވެ. އަދި އަހަރެން އޭނާގެ ހަށިފާރަވެރިއަކަށް ކޮންމެ ރެޔަކުވެސް ހުންނަމެވެ. އޭނާގެ ރީތި ހިނިތުންވުމާ ހަމުގެ ރީތިކަމުގެ ސަބަބުން އެތައް ފިރިހެނުންނެއް އޭނާގެ ފަހަތުން ނުނެއްޓިގެން ބޮލަށް އުދަނގޫ ވާހިސާބަށް އެކުއްޖާ ފަކީރަށްވަނީ ގޮސްފައެވެ. ނަމަވެސް އަހަރެންނަށް އޭނާއަށް ވެވޭނެ އެހީއެއްނެތެވެ. ރަށަށް އަލަށް އެރި ގުރޫޕްއަކުން ސާދާ ފެނި އޭނާއާ އެތައް ދުވަހަކު ފޮށެއެވެ. އަދި އެކުއްޖާ ފަކީރު ފެންވަރަން ވަންނައިރަށް ގިފިލި ބަލަން ނޫނީ ގިފިއްޔަށް ވަދެވޭނޭ ގޮތެއް އެމީހުން އަބަދުވެސް ހޯދަން މަސައްކަތްކުރެއެވެ. ނަމަވެސް އަހަރެން އެކުއްޖާ ފަކީރަށް އަބަދުވެސް ރައްކާތެރިވަމެވެ. އަދި އެމީހުން ލޮލަށް ނުފެންނަގޮތައް އެކުއްޖާ ފެންވަރާ ނިމެންދެން ރައްކާތެރިކޮށްދެމެވެ. ނަމަވެސް އިންސާނުންގެ ތެރޭގާ ޖަނަވާރުންވެސް މަދެއްނޫނެވެ. އެމީހުންގެ މަގުސަދު ހާސިލްކުރީ ރޯމާދުވާލުއެވެ. އަހަރެން އެއިރު އުޅުނީ ވަލުތެރޭގައެވެ. އިރުއޮސުމުން ގެއަށްަ ދިޔައިރު މީހުން ބޯވެ ފުރިފާ ގޭދޮށަށްވެއެވެ. އަހަރެން ގެއަށްވަދެ ބަލާލީމެވެ. އަހަރެންގެ ލޯ ކަރުނާން ފޯވިއެވެ. އަލޯބި ހިތްހެޔޮ ކުއްޖާވަނީ ދަންޖައްސާފައެވެ. އަދި އެކުއްޖާގެ އެތަންމިތާ ވަނީ ވަކިއަޅާ ނޮޅާފައެވެ. އަދި މެއަށްވަނީ ބޮޑު ވަޅިއެއްޖަހާފައެވެ. ހިތާމާންފޯވެ ރުޅިވެސްގަދަވިއެވެ. އަދި އަހަރެން އަމިއްލައަށް މީ ކޮންބަޔަކު ހިންގި ޖަރީމާއެއްތޯބަލަން ފެށީމެވެ. މިކަމުގާ އަހަރެންގެ އާއިލާގެވެސް އެއްބާރުލުން ލިބުނެވެ. ގިނަދުވަސްތަކެއްނުވެ އެއީ ކޮންބައެއްކަން އެނގިގެން ދިޔައެވެ. އެއީ ރަށަށް އަރާން އުޅުނު ގްރޫޕްގެ ކަމެއްކަން އެނގިގެންދިޔައެވެ. އެމީހުން ތިބިތަން ވަނީ ހޯދިފައެވެ. ”
މިހިސާބަށް ކިޔާދިނުމަށްފަހު އެމީހާ އައްސަދުކައިރި އަހާލިއެވެ.
“ކޮއްކޮއަށް ކެރޭނެތަ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން. އެމީހުން ތިބީ މި ކެފޭއާޖެހިގެން ހުރިގޭގަ”
މިހެން ބުނުމަށްފަހު ލޮލުން ކަރުނައޮހޮރިފާ އެމީހާ ތެދުވެގެން ދިޔައެވެ. އައްސަދު ވަރަށްފުންކޮށް ވިސްނަން އިނދެފާ ފޯނުނާގާ ފުލުހުންނަށް ރިޕޯޓު ކުރިއެވެ. މާގިނައިރެއްނުވެ އެމީހުން ވަނީ ފުލުހުން އައިސް ގެންގޮސްފައެވެ. އަދި އެމީހުންގެ މައްޗަށް ތަހުގީގު ހިނގި އެމީހުންވަނީ އުމުރުދުވަހަށް ޖަލަށްލެވިފައެވެ. މިޙަބަރުދޭން އައްސަދު އެއްކަލަ މުސްޅިމީހާ ފެނޭތޯވަރަށް މަސައްކަތްކުރިއެވެ. އަދި ކޮފީމޭޒުދަށު އޭނާގެ އިންތިޒާރުގާ ވަރަށް ގިނަދުވަހު އިންތިޒާރުކުރިއެވެ.
އެއްރެއަކު އައްސަދު އޭނާގެ ކޮފީމެޒުގާއިންދާ އަންހެން ކުއްޖަކު ސަލާންގޮވާލިއެވެ. އެކުއްޖާއަކީ މިހާތަނަށް މީހަކުދެކިފައިނުވާފަދަ ރީތި ކުއްޖެކެވެ. އައްސަދު އޭނާގެ ސަލާމްބަލާގަނެ އިށީނުމަށް އެދުނެވެ. އިށީނުމަށްފަހު އެކުއްޖާ ބުނެލިއެވެ.
“އަހަރެންގެ ބައްޕަ ހޯދަން ތިފަފަރާތުން ވަރަށް މަސައްކަތްކުރާކަން އެނގޭ. ” އައްސަދު ހައިރާންވެފައިނެވެ. އެކުއްޖާގެ ވާހަކަ ކުރިއަށްގެންދިޔައެވެ.
“ބައްޕަވަނީ މިވަގުތު ޖަލަށް ޒިޔާރަތްކުރަން ގޮސް ހައްޔަރުކުރެވުނު ކުއްވެރިންނާ ބައްދަލުކުރާށޭކިޔާފަ ދިޔައީ. އަދި ދަމުން ބުނި އައްސަދުއަށް ޝުކުރުައަދާކޮށްދޭން.
“މިހެން ބުނެފާ އެކުއްޖާ ތެދުވެގެން ދިޔައެވެ. އެރޭ ޙަބަރުތައް ބަލާލަން އައްސަދު ލެޕްޓޮޕް ހުޅުވާލިއެވެ. ފުރުތަމަވެސް ލޮލުގާއަޅާގަތީ ބްރޭކިން ނިއުސްއެވެ. ޖަލުގައި ގައިދީންތަކެއް ރަހުމްކުޑަ ގޮތްގޮތަށް މަރާ އެލުވާފަވާ ޙަބަރެވެ. ކޮންމެ ގައިދީއެއްގެ މޭވަނީ ކޮނެލާ މުޅިގައިގަގާ ވަކި ދަމާފާވާކަމަށް ޙަބަރުގާވަނީ ލިޔެފައެވެ.
މިހިސާބުން އައްސަދު އެއްކަލަ މުސްކުޅިބެ ކިޔާދިން ވާހަކަތަކަށް ފުންކޮށް ވިސްނާލިއެވެ. އަދި މުހިންމު ޕޮއިޓްތައް ނޯޓުކުރަންފެށިއެވެ.
* މަރާލި ކުއްޖާ އުޅުނީ އެމީހާގޭގައެވެ.
* އެކުއްޖާ ނިދާއިރު ހަށިފާރަވެރިއަކަށް ކޮންމެ ރެޔަކުވެސް ހުންނަކަމެވެ.
* އެކުއްޖާއަށް ފިރިހެނުން ޖެސުންކުރާއިރުވެސް އެއްވެސް އެހީތެރިކަމެ ފޯރުކޮނުދެވުން.
* މީހުން ލޮލަށް ނުފެންނަގޮތައް އެކުއްޖާ ފެންވަރާ ނިމެންދެން ރައްކާތެރިކޮށްދިނުން.
މިހަތަރު ޕޮއިންޓްއަށް އައްސަދު ވިސްނުމަށްފަހު އޭނާ ހިތައް ބިރުވެރިކަން ވަންނަންފެށިއެވެ. އަދި އެކެފޭގެ މުވައްޒަފެއް ކައިރީ އައްސަދު އަމިއްލައަށް އަހާލިއެވެ.
” ދޮންކަލޯ ބޭބެގެ ކޮފީމޭޒުގާ މިދިޔަހަފްތާ މުސްކުޅި މީހާކާއެކީ ވާހަކަ ދައަކަންއިންތަންދެކުނިންތަ؟ “.
“ނުނޭ ބޭބެ އަމިއްލައަށް އެކަނި އިނދެގެން ކޮންމެސް ވާހަކައެއް ދެއްކި އަޅުގަނޑު ހީކުރީ ބްލޫޓޫތް ހެޑްސެޓަކުން ވާހަކަދައަކަނީކަމަށް ”
ޖަވާބުގާ އެމުވައްޒަފު ބުނެލިއެވެ. މިކަމާ ކަންބޮޑުވެ އަނެކާވެސް އައްސަދުއަހާލިއެވެ.
“އަހަރެން ކައިރީ އަންހެންކުއްޖަކު މިރޭ އިންދާ ދުށިންތަ؟”.
މުވައްޒަފު ހައިރާންވެފާ ބުނެލިއެވެ.
“ނޫން. އެކަމު ބޭބެ ކައިރިމަބުނަން ވާހަކައެއް. ބޭބެގެ ކޮފީމޭޒު ތި އިންނަނީ ނިކަގަހެއްދަށުގާ.”


ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. އެއަށްފަހު އިންސާނާ ތަރުބިއްޔަތު ކޮށް ބަލާބޮޑުކުރަނީ މައިންބަފައިންނެވެ. ހެވާނުބައި ދަސްކޮށްދީގެންނެވެ. ގިނަފަހަރު ލޯބިލިބި ބޮޑުވެގެންނެވެ. ނަމަވެސް އެނަސީބު ހަލާކުކޮށްލާ މީހުންވެސް މަދެއްނޫނެވެ..
ހަތޫބު އަކީ އަހަރެންގެ ރަށަށް އަރުވާލެވުން މީހެކެވެ. އޭނާ ހަވާލުވާނޭ މީހަކުނެތި ރަށު އޮފީހުގާ ބައިންދާފާއިންދާ އަހަރެން ބައްޕަ އަމިއްލައަށް އިސްނަގާގެންގޮސަް ގެނައި މީހެކެވެ. އަހަރެންގެ އާއިލާއަކީ ހިތްހެޔޮ އާއިލާއެކެވެ. ރަށުގާ ގަދަރުވެރި އާއިލާއެކެވެ. އެހެން މެހެމާނުންނެކޭ އެއްފަދައިން ހަތޫބުއަށްވެސް ކަންތައްކުރީ އެހާމެ ހެޔޮކޮށެވެ. ގަޑިއަށް ކާންދިނީމެވެ. ނިދާނެ ކޮޓަރިއެއްވަނީ ދީފައެވެ. އަދި ނުވީތާކަށް ބައްޕަ އޭނާއަށް އެއްވެސް ބުރަމަސައްކަތެއް ނުޖައްސައެވެ. ނަމަވެސް އެއޯގާތެރިކަމުގާ މި ހަތޫބު ވަކި އެޅީއެވެ. އެންމެ ނުބައިގޮތަށްށެވެ.
ހަތޫބު ގެނެވުންދުވަހުން ފަށާގެން އަހަރެން އޭނާ ދެކުނީ ބޭބެއެއްގޮތުގައެވެ. އަބަދުވެސް މަޖާ ވާހަކަތައް ކިޔާދީ ކޮއްކޮއާ އަހަރެން މުނިފޫހި ފިލުވާދެއެވެ. އަދި އަބަދުވެސް ކަމަކުއުޅޭނަމަ އެކަމަކަށް އަމިއްލައަށް އިސްނަގާގެން އޭނާ އަހަންނަށް އެހީވެއެވެ. ނަމަވެސް އަހަންނަށް ފާހަގަކުރެވުނީ އެންމެ ކަމެކެވެ. އޭނާ އަހަރެން ކޮނޑުގާ ވަރަށް ގިނައިން އަތްލާހަދައެވެ. އަދި ބައެއްފަހަރު މާބޮޑަށް އަހަންނާ ގާތަށް އާދެއެވެ. އެކަން އަހަރެން އަމިއްލައަށް އެއްވެސް މީހަކުކައިރި ނުބުނެ ހައްލުކުރަން މަސައްކަތްފެށީމެވެ. އެހެން ނޫޅެން ހަތޫބުކައިރި ރީތިކޮށް އަހަރެން ބުނީމެވެ. އަހަރެން ހަތޫބު ދެކެނީ އަހަރެން ބޭބެއެއް ގޮތުގާކަންވެސް އެންގީމެވެ.
އޭގެ ފަހުން ހަތޫބު ކުޑަކޮށް ބަދަލުވާންފެށިއެވެ. ކުރީގަ އޮންނަަހެން މާބޮޑު ގުޅުމެއް އަހަންނަކާ ނުބާވައެވެ.
ނަމަވެސް އަހަރެންނަށް އެކަން މާބޮޑުކަމަކަށް ނުވިއެވެ. އޭގެ ދުވަސްކޮޅެއް ފަހެވެ. މަންމަ ވަރަށް ބޮޑަށް ބަލިވެގެން ބައްޕަ އާއި މަންމަ މާލެދާން ޖެހިއްޖެެއެވެ. ދަމުން އަހަރެންނާ ހަތޫބު އަދި ކޮއްކޮ ކައިރި އެކަކު އަނެކަކަށް ބެލުމަށް ނަސޭހަތްދިނެވެ. އަދި 2 ހަފްތާ ވާނޭކަމަށް ބުނެ ފުރާން ދިޔައެވެ.
އެރޭގެ މެންދަމެވެ. އަހަރެންނާ ކޮއްކޮ ނިދަނީ އެއްކޮޓަރިއެގައެވެ. އަހަރެންނަށް ހޭލެވުނީ އާދަޔާ ހިލާފަށް މޭމަށްޗަށް އަރާމެއްލިބޭތީއެވެ. ހޭލެވުނު ވަގުތު ހަތޫބު އަހަރެން އަންގަމަތީ އަތްއެޅިއެވެ. އަދި އޭނާ އާއެކު އޭނާ ބުނާކަމެއްކުރުމަށް އޭނާގެ ކޮޓަރިއަށްދާން ބުނީ ކަރުގާ ވަޅިވެސް ޖައްސާފައެވެ. ނުގޮސްފިނަމަ ކޮއްކޮއާ ދެމީހުންގެ ދުވަސް ދުއްވާލާނެކަމަ ބުންޏެވެ. އަހަރެންނަށް ރޮވުނެވެ. ނަމަވެސް ކޮއްކޮ ސަލާމަތް ކުރަން އަހަރެން ބޭނުންވިއެވެ. އިތުރުގޮތެއް ނެތި ހަތޫބުއާއެކު އަހަރެން އޭނާ ކޮޓަރިއަށް ދިޔާމެވެ. ވަހުސީ ނުލަފާ ހަތޫބު އޭނާގެ އެދުންތައްފުއްދިއެވެ. އެއިރު އަހަރެން ރޮއެ ހޭރި އާދޭސްކުރީމެވެ. އަހަންނަށް ވާތަދުން ކެތް ނުވެގެންނެވެ. އެނާގެ ނުލަފާކަން އަހަންނަށް ދައްކާލިއެވެ. ނުކަނޑާހުރި ނޭފަތިތަކުން އެތެރެ ހަޓައްވެސް އެހާ ގެއްލުންތައްދިނެވެ. ފަތިސް ވަންދެކަށް އޭނާ އަނިޔާވެރި ކަމާއެކު އަހަރެން ފަރާތުން އެދުންފުއްދިއެވެ. އަދި އޭނާގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ކިޔާދީފި ނަމަ މުޅި އާއިލާ މަރާލާނެ ކަމަށްބުނެ އޭނާކޮޓަރިން އަހަރެން ނެރެލިއެވެ.
އަހަރެން ގޮސް އަވަހަށް ގައިންތާހިރު ވީމެވެ. އެ ނުބައި ނުލާފާމީހާގެ ހުރިހާ ވަހެއް އަހަރެން ގައިން އަހަރެން ފިލުވުމަށްފަހު ވުލޫކޮށްގެން ނަމާދަށް އަރާ ﷲ سُبْحَانَهُ وَ تَعَالَى ގެ އަރިހަށް ދުއާކޮށް އެނުލާފާ ހަތޫބު ފަލީހަތްކޮށް ލައުނަތްލެއްވުމަށް އެދި ދެންނެވީމެވެ. ލައުނަތް ލެއްވުމަށް އެދެން ޖެހުނީވެސް އަހަރެންގެ ބިކުރުވެރިކަން އޭނާ ފޭރިގަތީމައެވެ.
ހަތޫބުގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ގަދަވަމުންނެވެ. ކޮއްކޮ ސްކޫލް އަށް ދިޔަކަން އެނގޭއިރަށް އޭނާ އައިސް އަހަންނަށް ބިރުދައްކައެވެ. އަދި އަހަރެން ކޮޓަރި ދޮރު ތަޅުލާގެން އޮތަސް އައިސް ދޮރުގާތަޅާ ހުޅުވަން މަޖުބޫރުކުރެއެވެ. ކޮއްކޮ ގެއަށް އައުމުގެ ކުރިޔަށް އޭނާ ބޭނުންވާވަރަށް އަހަރެންގެ ފައިދާ ނަގައެވެ. ކަރުނަ ހިފަހައްޓާން ކެތްތެރިކާމާއެކު މައިންބަފައިން އަންނާނޭ ދުވަހަކަށް އިންތިޒާރުކުރީމެވެ.
1 ހަފްތާވީފަހުން ހަތޫބު އަހަރެން ކައިރިއަށް އައުން ހުއްޓުނުކަން ފާހަގަ ކުރެވުނެވެ. އޭނާ ކޮޓަރީ އަބަދު އޮންނަނީއެވެ. ރޭގަނޑު ވެއްޖެއްޔާ އަނދިރިކޮއްގެންނެވެ. އޭނާ ކޮޓަރި ކައިރިން އަހަންނަށް ދެވޭ ކޮންމެ ފަހަރަކު އެތަނުން ނުބައި ވަހެއް ދުވާކަން ފާހަގަ ކުރެވުނެވެ. 3 ދުވަހު ޙަބަރެއް ނުވުމުން ދޮރުހުޅުވާ ބަލާލީމެވެ. ހަތޫބު އޮތްގޮތް ފެނިފާ އަހަރެން އަނބުރާ ނުގަތީ ކިރިޔާއެވެ. އޭނާ އޮތް އެނދުވަނީ ނަޖިހުން ފޯވެ މީހާ ހިކި އަނަރޫފަވެފައެވެ. މުޅި މީހާ ވަނީ ހަންގަނޑުވެސް ކަޅުވެ ކަރިކިލާފައެވެ. އޭނާގެ ފުރަގަސްފަރާތުން ވަނީ ބައިވަރު ލޭ ނަޖިހާއެކު ބޭރުވެފައެވެ ﷲ سُبْحَانَهُ وَ تَعَالَى އަހަރެންގެ ދުއާ އިޖާބަ ކުރެއްވިކަން އަހަންނަށް އިހުސާސްވިއެވެ. އޭނާގެ މަށްޗަށް ﷲ سُبْحَانَهُ وَ تَعَالَى ގެ ގަދަފަދަ ކޯފާ އައިސްފިކަން އެނގުނެވެ. ރަށު ހޮސްޕިޓަލުން މީހުންގެނެސް ހަތޫބު އާ އޭނާގެ ނިދާ ކޮޓަރި ސާފުކޮއް ހަދަނިކޮށް އަހަންނަށް ލިބިގެން ދިޔައީ އިތުރު އުފާވެރި ޙަބަރެކެވެ. އަހަރެންގެ މައިންބަފައިން އަނެއް ދުވަހު ރަށަށް އަންނަ ޙަބަރެވެ.
އެރޭ ކޮއްކޮ ނިދުމުން އަހަރެން އިސްވެ ހަތޫބު ކޮޓަރިއަށްވަނީމެވެ. އަހަރެން ވަދެ އޭނާ ކައިރި އިށީނދެ އޭނާ އާ ދިމާލަށް ބަލަހައްޓާން އިނދެފާ އަހަރެން ބުނެލިމެވެ.
“ހަތޫބު. ކަލެއަށް އެނގޭތަ އެކަކަށް ދެރައެއްދީފަ އަނެކަކަށް އުފަލަކު ނޫޅެވޭނެކަން. މިއަދު ކަލެއަށް ތިއޮއްތީ އަހަރެން ކުރި ބަދުދުއާ ޖެހިފަ. ކަލޭ އަހަރެންގެ އިއްފަތް ވެއްޔާލާ މޮޑެލީ.”
އެހެން ބުނުމަށްފަހު ހަތޫބު ގެންގުޅުން ވަޅިނަގާ އޭނާގެ ކަރުގާ ޖައްސާފަ ބުނީމެވެ.
“ހަނދާންވޭތަ ފުރުތަމަރޭމަތިން”
ހަތޫބު ބިރުން ނޭނގޭކަމަށް ހަދާފަ ބޯހޫރުވާލިއެވެ. އެޔާއެކު އަހަރެން ގާތައް އައީ ދުވަހަކުވެސް ނާންނަހާ ރުޅިއެވެ. އަދި އޭނާ ކަރުގާ ވަޅި ޖައްސާފާ ބުނީމެވެ.
“މިރޭ އަހަރެންނަށް ކަލޭގެ ދުވަސް ދުއްވާލަން ފުރުސަތުއެބޮތް ނަމަވެސް އަހަރެންގެ މައިންބަފައިން މާދަން އަންނާތީ ކަލޭ މިރޭ ތި ސަލާމަތްވީ”
އެއަށްފަހު ހަތޫބުގެ ބާލިސްދަށަށް އެވަޅި ލުމަށްފަހު އަހަރެން ނުކުތީމެވެ. އަދި ކޮޓަރިއަށްވަދެ ފުންނޭވާއެއްލުމަށް ފަހު ނިދަން އޮށޯތީމެވެ.
ހެނދުނު ހޭލާން ބައްޕަމެން އަންނަންވާއިރަށް ސައި ތައްޔާރުކޮށް އަހަރެން އުޅުނީމެވެ. ކުއްލިއަކަށް އަހަރެންގެ ފުރަގަހުން މީހަކު އައިސް އަހަރެން ކަރުގާ ވަޅިޖެއްސިއެވެ. އެއީ އެނުލަފާ ހަތޫބެވެ.
“ކަލޭ މައިންބަފައިން ގެޔަށްވަނުމުގެ ކުރިން ކަލޭ ދުވަސް ދުއްވާލާފަ އަހަރެން ފިލާނަން. ނަމަވެސް އޭގެ ކުރިން އަހަރެންގެ އަރާމުހޯދާނަން”
މިހެންކިޔާފަ ހަތޫބުގެ ހަޑިހުތުރު އަތުން އަހަރެންގެ ހަށިގަނޑުގެ އެތަންމީތާ އަތްކާތަންފެށިއެވެ. އަހަރެން އެހާލަތުގާހުއްޓާ މީހަކު އައިސް ހަތޫބު ކަރުގާ ހިފާ ހޫރުވާލިއެވެ. އަދި އަހަރެން ގައި ބާރަށް ބައްދާގަތެވެ. އެއީ އަހަރެންގެ ލޯބިވާ ބައްޕައެވެ. އަހަންނަށް ރޮއެގަނެވުނެވެ. ބައްޕަ އަހަރެން ހަމައަކަށް އެޅުވުމަށްފަހު ހުރިހާ ވާހަކައެއް ކިޔާދޭންއެދުނެވެ.
މިއަދު އަހަރެންގެ ވާހަކަ ކިޔާދޭން ލަދުވެސް ގަނެއެވެ. ނަމަވެސް މަޖުބޫރެވެ. ސަބަބަކީ އިތުރުގޮތެއް ނެތިގެންނެވެ. އެ ނުބައި ނުލަފާ މީހާ އަހަރެންގެ ގޭން ނެރެން ބޭނުމެވެ. ބައްޕަ ހުރީ އަތަށް ހެޔޮވަރު އޮނުބުރިއެއް ހިފާގެންނެވެ. އޭގެ ކޮޅުވަނީ ތޫނުކޮށް ތައްޔާރުކޮށްފާއެވެ. މަންމަވެސް އިނީ ބައްޕައަށް ތާއީދުކޮށް މަޑުމައިތިރިކަމާއެކުއެވެ.
“ބުނޭ ސާއިނާ”
ބައްޕަ ހަޅޭއްލަވާގަތުމުން އަހަރެން ދިޔައީ ސިއްސާންނެވެ.
“ބުނޭ ކަލެއަށް މިހިރަފެންނަ ހަތޫބު ކުރީކޮންގޯނާާއެއް”.
އަހަރެން ބާރަށް ރޮއެގަނެފާ ބުނީމެވެ.
“ބައްޕަގެ ބޮލުގާ އެޅެން އިން ތާޖު މި ކަލޭގެ ފޭރި ގަތީ”
މިހިސާބުން ބައްޕައަށް ކެތެއްނުވިއެވެ.
“ހަތޫބު ކަލޭމިގެއިން ނުކުމޭ”
އަޑުގެ ނެތްކޮޅަށް ހަޅޭލަވާގަނެ ހަތޫބަށް އޮނުބުރިން ހަމަލާދީ ބައްޕަގެ ހިތް ފުރޭވަރަށް އެނުލަފާ ހަތޫބަށް އަނިޔާކޮށްލިއެވެ. އަދި އެއަށްފަހު އެންމެ ރަހުމް ކުޑަގޮތަށް އޮރިޔާންކޮށް އެކަލޭގެ ގޭންނެރެލިއެވެ. އަދި ކައުންސިލް ބޭފުޅޫންނާ ސިފައިންގެ އެހީތެރިކާމާ އެކު އެކަލޭގެ ރަށުން ބޭލިއެވެ.
ހަތޫބު ރަށުން ބޭލިތާ މަސްދުވަސް ފަހުން އަހަރެންނަށް ހުވަފެނެއްފެނުނެވެ. އެހުވަފެނުގާ ފެނިގެން ދިޔައީ އަލިފާންނުން އަންދަ އަންދާހުރި މީހެކެވެ. އެމީހާގަޔަށް ހަރުފަ އެއްޗެހިވެސް ވިހަލައެވެ. އަދި ބަރު އަޑަކުން އޭނާ އަށް ނިސްބަތްކޮށް ބުނާއަޑު އިވެއެވެ.
” ކަލޭ އަބަދުގެ އަބަދަށް ތިހާލުގާ ހުންނާށެވެ. ”
އަހަރެންނަށް ހޭލެވި ބައްފަޔަށްގޮވާ މިވާހަކަ ކިޔާދިނުމުން ބައްޕަ އަހަރެން ކައިރި ބުނެލިއެވެ.
“ހަތޫބު ރޭގަ މަރުވެފާއޮތްވާހަކަ ބައްޕަ ގާތު މީހަކުބުނި. އޭނާ މަރުވެފާއޮތް އިރު މުޅި އަނގާންނާ ފުރަގަސް ފަރާތުން ފުޅަ ނުކުމެ މީހާ ފުފި ފަޅާންގޮސް ކުނިވެފައޮތީ”
އަހަރެން އެވާހަކަ އަޑުއިވުމުން ބިރުން ފިއްކަންޑާގެންދިޔައެވެ. ނިކަން ވިސްނާލަބަލާށެވެ. މި ދުނިޔޭގަ އިންސާފު ނުލިބިދާނެއެވެ. ނަމަވެސް އާޙިރަތުގެ ވެރި ﷲ سُبْحَانَهُ وَ تَعَالَى ގެ ފަރާތުން އިންސާފަކީ ލިބޭނެ އެއްޗެއްކަން ކަށަވަރެވެ.

އިހުޒަމާނުގާ ރުކުރާއެޅުމަކީ އާމްދަނީއަށް މީހުންކޮށްއުޅޭ މަސައްކަތެކެވެ. ކޮންމެ ރަށެއްގެ މަގަކުންވެސް ރާބެއެއް ފެނިނުލާނުދާނެއެވެ. އެމީހުންނަކީ އަބަދުވެސް މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީގެން އުޅޭ ބައެކެވެ. އެމީހުން ކޮށްއުޅޭ ބުރަ މަސައްކަތަކީ ވަރަށް ހިތްވަރާއެކު ހުނަރުހުރި މީހަކަށް ކުރެވޭނެ މަސައްކަތެކެވެ.
މޫސަބެއަކީ އޭނާގެ ޅަ އުމުރުން ފަށާގެން ރާވެރިކަންކޮށް އާމްދަނީ ހޯދައިގެން އުޅޭ މީހެކެވެ. އަދި މަސައްކަތުގާ ކިތަންމެ ބުރަވިޔަސް ގަވައިދުން ވަގުތަށް ނަމާދަށްވެސްދާ މީހުން ދަންނަ ހެޔޮލާފާ މަޖާވެސް މީހެކެވެ. މޫސަބޭގެ އެ ޖަހާލާ ހިނިގަނޑަކުން އެންމެންވެސް އަބަދުވެސް ހެއްވާލާނެއެވެ. އެ އާދަޔާ ޙިލާފު ހިނިގަނޑު ޖަހާނުލާ އޭނާގެ އުޖޫރާގަވެސް އޭނާ ނުހިފާނެއެވެ. މޫސަބޭ އާއްމުކޮށް ރުކަށް ރާވެރިކަމު އަރާނީ ފަތިހުއެވެ. އަދި އޭނާގެ މަސައްކަތް އެއްކޮށް ނިންމަނީ މައްގްރިބް ނަމާދުވަގުތައްށެވެ.
ފަތިސްވުމުން މޫސަބޭ ރުކަށްއަރަންދިޔައެވެ. ބޯ ޖަންގަލިތެރޭގަ އެތައް ރުކެއްގާ މޫސަބެ އަޅާފާވާ ރާބަނދިތައްނަގާ ދުވަހުގެ މަސައްކަތްފެށުމަށް ހިތްވަރާ ޖޯޝާއެކު ކުރިޔަށްދިޔައެވެ. ތަންކޮޅަކަށް ދެވުންތަނާ މޫސަބޭއަށް ކުއްޖަކު ގޮވާލިއެވެ. ނަމަވެސް ފަހެތް އެނބުރި ބަލާލުމުން އެކަކުވެސް ނުފެނުނެވެ. އަނެއްކާވެސް ކުރިޔަށް ހިނގާގަތެވެ. އަނެއްކާވެސް އެކުއްޖަކު ގޮވާލިއެވެ. މޫސަބެ ހުރެލާފަ ބުނެލިއެވެ.
” އަޅޭ މިއޮދަފަ ފަތިހު މިއެއްޗެހިތައް ވަލަށްވަދެ ކޮންސަކަރާތެއް ގަންނާކަށްތައް. ކައްދާދިގޭ އާމިނާ އާ ރުއްފާން “.
މިހެންބުނުމުން އެ ދެކުދިން ނުކުމެ ހެމުން ބުނެލިއެވެ.
” މޫސަބޭއަށް ފިލާން ނޫޅެވޭނެ ”
މުސަބޭ ހިނިތުންވުމާއެކު ރާބަނދިން ރާފޮދެއް ނަގާ ދެކުދިންނަށް ދިއްކޮލިއެވެ. އެ ބުއިމުގެ ބަދަލުގާވެސް ފުރުތަމަވެސް އެކުދިން މޫސަބޭގާ ބައްދާލާފާ ބުންޏެވެ.
” ތީ އަހަރެމެންގެ ދެވަނަ ބަފާ ”
އެހެން ބުނުމުން މޫސަބޭގެ މަޖާ ހިނިގަނޑު ޖަހާލާފަ ބުންޏެވެ.
” ދެވަނަ ބަފާ ދުނިޔޭގާ ހުރިހާދުވަހު ތިކުދިންނަށް ހިލޭ ރާ ލިބޭނެ “.
އެއަށް ފަހު އެކުދިންނަށް ކުރުސި ކިޔާދިނުމަށް ފަހު ގެއަށް ފޮނުވާލާފައި މޫސަބެ ރާއެޅުމާގެން ކުރިޔަށްދިޔައެވެ. އެދުވަހު މަސައްކަތް ނިންމާފަ މަސްގަނެގެން ގެއަށް އައެވެ. ނަމަވެސް ދޮރުން ވަންނަން ދިމާކޮލިގަޑީ މިއޮތީ ބޮޑު ބުޅަލެކެވެ. މޫސަބޭ އަކީ ކިތަންމެ ހިއްވަރުގަދަ މީހަކަސް ބުޅާދެވެ ވަރަށް ބިރުގަންނަ މީހެކެވެ. މުސަބެ އެއްއަތުން މަސް ހިފާންހުރެ ބުޅާލާ ދިމާލަށް ބުންޏެވެ.
” ކަންތަކާޖެހުނީޔޭ މި މިއެއްޗަކާހެދި ނޯންނާނެ ގެއަށް ވަދެވޭކަށް ދާންއުލޭ މިތަނުން ދޭ ”
ނަމަވެސް ބުޅާ މޫސަބެ ފަހަތުން ދުއްވާގެންފިއެވެ. މުނޑު ކޮޅަށްޖަހާން އެއްއަތުން މަސް ހިފާން އަޑުގެ ނެތްކޮޅަށް
” ދޭދޭ ”
މިހެން ކިޔަމުން މުޅި ހިސާބު ދުވުމަށްފަހު އެހެން ގެޔެއްގެ ފާރުމަތިން އަރާން އައިސް ގެއަށް ވަނެވެ.
ކައްކާ ނިންމާފާ ކާން އިށީތަނުން މީހަކު އައިސް ދޮރުގާ ޓަކިދިނެވެ. ދޮރުހުޅުވާލިއިރު ކައްދާދި ދޮރުކުރިމަތީ ކަންބޮޑިވެފާ ހުރި މޫނަކާގެން ހުރިއެވެ. މޫސަބޭ ކިހިނެއްވީތޯ އަހާލުމުން ކައްދާދީ ރޮއެ ގަނެފަ ބުންޏެވެ.
” މަގޭ ދެދަރިން މޫސަބޭ ހޯދާށޯ ކިޔާފަ ވަލަށް ދިޔަގޮތައް ނާދޭ ”
މޫސަބެ ކަތްދާދި ހަމަޔަކަށް އެޅުވުމަށް ފަހު ވަލުތެރެ ބަލަން ދިޔައެވެ. އަދި ވަކި ހިސާބަކަށް ދެވުނު ތަނާ ދެކުއްޖަކު މޫސަބޭ ރާ އަޅާ ރުކެއްކައިރި ތިއްބާ ފެނުނެވެ. އަރާ ހަމަވިތަނުން އެއީ ކައްދާދިގެ ދެކުދިންކަން އެނގުނެވެ. އެދެކުދިން ކައިރިއަށް ގޮސް މަންމަ ކަންބޮޑުވެގެން އުޅޭވާހަކަ ބުންޏެވެ. ނަމަވެސް އެދެކުދިން ޖަވާބެއް ނުދިނެވެ. ރުކުގާ އަތްވިއްދާލާފަ މޫސަބޭ ދެންޖަހާލީ އެއްކަލަ މަޖާ ހިނިގަނޑެވެ. ޖަހާލުމާއެކު އެދެކުދިން ހިނިފަޅާން ދިޔައެވެ.
” ކޮބާ ތާހިރުވެއްޖެނު ކާކު ބިރުގަންނާނެކަމަށް ތިއުޅެނީ ”
އެކުދިން ގޮވާން މޫސަބޭ ވަލުން ނުކުމެގެން ގޮސް ކައްދާދިއާ ހަވާލު ކުރިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން މޫސަބޭ އާދަޔާ ޙިލާފަށް ބަލިވިއެވެ. މިކަމާ ކަންބޮޑުވެ މީހެއް ކައިރިއަށް ދިޔުމުން އެނގުނީ މޫސަބޭއަށް މީހަކު ސިހުރުހަދާފަ ހުރިކަމެވެ. އެދުވަހު ވަރަށް ވިސްނިއެވެ. ނަމަވެސް ސިކުނޑިއަށް ހަމަ އެކައްޗެއްވެސް ނައެވެ. މޫސަބޭ ބަލިވެ ނުތެދުވެވޭވަރުވުމުން މޫސަބޭ ކަންތަކާ ހަވާލުވީ ކައްދާދީއެވެ. ކާންދީ ބޯންދީ ހުރިހާ ކަމެއް ކޮއްދީހަދައެވެ. ނަމަވެސް މޫސަބޭ އެއްވެސް ވަރަކަށް ރަނގަޅެނުވިއެވެ. މަރުބަލި އައިސް ލައިގަތްކަން އެނގިޖެއެވެ. ފަހުނޭވާ މައްޗަށް ޖެހިފާ އޮތްހާލު ކައްދާދީއަށް ބުނެލިއެވެ.
” މަ މިދުނިޔެއިން ވަކިވެގެން ދިޔުމުން ކައްދާދީގެ ދެދަރިންނަށް ރާ ފޮދެއްވެސް ދެންދޭނީ ފަހެ ކާކު ”
ކައްދާދީ މޫސަބޭ އަތުގަ ހިފާން އިނދެ ރުޔެވެ.
” ކައްދާދީ އަހަރެން މަރުވުމުން އަހަރެން ރާއެޅީ ކޮންމެ ރުކެއް އެއީ ކައްދާދީއާ ކައްދާދީ ދަރިންގެ ހައްގެއް. އަދި މި ގޯތިވެސް ކައްދާދީއާ ދަރިންނަށް ހިބަކޮށް ދީފިން ”
ކައްދާދީ މޫސަބޭ އަތުން މޫނު ނަގާލާފަ ނުބައި ހިނިގަނޑެއް ޖަހާލިމަށްފަހު ބުންޏެވެ.
” އޭ މޫސާ ކަލެއަށް ފަންޑިތަ ހެދީ އަހަރެން. އަހަރެން ގެ ދެ ދަރިން އެރުއްކައިރިއަށް ފޮނުވީވެސް އެހެންވެ. ނަމަވެސް މިއަދު ކަލޭ މަރުވަމުން އަހަންނަށް ހިބަކޮށް ދީފި ހުރިހާ އެއްޗެއް ”
މޫސަބެ ފަހުނޭވާ ދޫކޮށްލަމުން ކައްދާދީއާ ދިމާލަށް ބުންޏެވެ.
“އަހަރެން ކަލެއަށް މާފު ދީފިން މި ދުނިޔެއަށްވުރެ އަހަންނަށް ސުވަރުގެ މާ މުހިއްމު ”
މިހެން ބުނުމަށްފަހު ޝަހާދަތް ކީތަނުން މޫސަބޭގެ ފުރާނަ މިދުނިޔެއާ ވަކިވެގެން ހިނގައްޖެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ނޯޓް : މޫސަބެ އަކީ އަޅުގަނޑު ކުޑައިރުއްސުރެ އަޅުގަނޑު ގޭގާ އުޅުން ރާވެރިބެއެކެވެ. މިވާހަކަ އަކީ އޭނާއަށް ބިނާކޮށް ލިޔެލި ވާހަކައެކެވެ. ﷲ سُبْحَانَهُ وَ تَعَالَى ލޯބިވާ މޫސަބެގެ ފުރާނައަށް ބަރަކާތް ލައްވާށެވެ.
މޫސަބޭދެކެ އަބަދުވެސް ލޯބިވާ އަބްދު ﷲ

ފާހިޝް އަމަލު ތަކަކީ އެކަންތަތަކުން ފިސާރި ހިތިނަތީޖާތައް ނުކުންނަ އަމަލުތަކެކެވެ. އެތައް ދިރިއުޅުމެއް ގެއްލުމާ ހަލާކުގެ ތެރެއަށް ވައްޓާލަނީ އިންސާނުން އެއްވެސް ގޮތަކަށް ނުވިސްނާ ހިންގާ އަމަލުތަކުންނެވެ. ކައިވެނިން ބޭރުން ގުޅުން ހިންގުން މިހާރު ޒުވާނުންނަށްވަނީ އާދައަކަށްވެފައެވެ. އެއީ އެއްވެސް ކަމެއްކަމަށް ނުބަލާ ﷲ سُبْحَانَهُ وَ تَعَالَى ނަހީ ކުރެއްވި ބޮޑު ފާފައަށް ދަނީ އަރާގަންނަމުނެވެ. ނަމަވެސް ކޮންމެ ވަގުތީ އުފަލެއްގާ އެކަމުގެ ހިތިކަންވެސް ފެނިގެންދާނެއެވެ.
މިރޭވެސް އަހަރެން އަވަސް އަރުވާލާފަ ރީތިވެލީ އެޒުވާނާއާ ބައްދަލުކޮށްލާށެވެ. އޭނާއާއެކު ދިގު ވަގުތުތައް ހޭދަކޮށްލާށެވެ. ހުދުހަމަކާ ރީތި ހަށިގަނޑެއްގެ އިތުރުން ރީތި ދިގު އިސްތަށިގަނޑެއް ލިބިފާވާ އެޒުވާނާ ފެނުމުން އަހަންނަށް އަބަދުވެސް ހިތްހަމަ ޖެހުން ލިބެއެވެ. ނަމަވެސް އޭނާއާ ބައްދަލުވާ ކޮންމެ ފަހަރަކު ވަގުތުދާލެއް އަވަސްކަމުން އެކަމާ އަހަރެން އަބަދުވެސް ޝަކުވާކުރަމެވެ. އަހަރެންގެ ޝަކުވާތަކަށް އެޒުވާނާ އަބަދުވެސް ދޭނީ ފިނިޖަވާބެކެވެ. “ވަގުތު ޖެހުމުން އަހަރެންވެސް ދާންޖެހޭނެ.” މިހެން އަބަދުވެސް އޭނާ އަހަރެމެން އަލްވަދާއުކިޔަން ޖެހޭވަގުތު ބުނެލައެވެ.
އަހަރެންނާ އެޒުވާނާ ބައްދަލުވީ ރާއްޖެތެރެއަށް ދަތުރުގޮސް އުޅެނިކޮށްށެވެ. އަހަރެން ރަށުތެރެބަލާލަން ހަވީރު އެކަނިމާއެކަނި ހިނގާލަން ގޮސްއުޅެނިކޮށް އަރައިގެންހުރިބޫޓު ގަހެއްގެ މުލެއްގާ އަޅައިގަނެފަވެއްޓެންދަނިކޮށް ހިފެހެއްޓީ މިބުނާ ޒުވާނާއެވެ. އަހަރެންގެ ހިތް އޭނާ އިސާހިތަކުވަނީ ދަމާގަނެފައެވެ. ނަމަވެސް އޭނާއަށް އެކަން އެނގިހުރެ ދުވަހަކުވެސް އަހަރެން ފަރާތުން އެއްވެސް ނަޖާއިޒް ފައިދާއެއް މިހާތަނަށް އަހަރެމެން ދެމީހުން ބައްދަލުވިހާ ދުވަހަކު ނުނަގައެވެ. މިކަމުގެ ސަބަބަބުން އަހަރެން އޭނާދެކެ ވަރަށް ލޯބިވިއެވެ. އަދި އިތުބާރުވެސްކުރަންފެށީމެވެ.
އަހަރެން ރީތިވެލާން ނުކުންނަން ހިނގާގަތްތަނުން މަންމަ އިދެފާ ގޮވާލިއެވެ.
“ދަރިފުޅާ ތި ދަނީ އެސޮރާ ބައްދަލުކޮއްލަންދޯ؟. ކޮންއިރަކުންތަ މަންމަ ކައިރިއަށް އެސޮރުގެންނާނީ މަންމަ ވަރަށް އޭނަ ދެކިލާހިތްވޭ”
އަހަރެން ލަދުން ހުއްޓި ހުރެލާފާ އަވަހަށް ގޭން ނުކުމެ އެޒުވާނާއާ ބައްދަލުކުރަން ރަށުގެ ބަނދަރުކައިރީ އިންނަ އަށްޓަށް ދިޔާމެެވެ. އިރުކޮޅަކުއެތާ އިށީންދެލައިގެން އިންދާ ފަހަތުން މީހަކުއައިސް އަހަރެން ގައިގާ ވަރަށް މަޑުން ބައްދާލިއެވެ. އަހަރެން ފަހަތަށް އެނބުރި ބަލާލިއިރު ޒުވާނާ ހިނިތުންވެފާހުއްޓެވެ. އަދި ލަދުރަކިކަމާއެކު އަހަންނާދިމާލަށް ބަލާލާފަ އަހަރެންގެ ރީތި ވާހަކަ އޭނާ ބުނެލިއެވެ. ފޮނިވާހަކަތަކަށް ދެމީހުން ގެނބިފައިތިއްބާ ވަގުތު އަރާން ދިޔަގޮތްވެސް ނޭނގުނެވެ. ޒުވާނާ ދާންވެއްޖޭ ބުނުމުން އަހަރެންގެ މަންމަ އޭނާ ދެކިލާހިތުންއުޅޭ ވަހަކަ ބުނެލީމެވެ. ޒުވާނާ ބުނެލީ އެންމެ ކަމެކެވެ. އެއީ އޭނާ އަދި މަންމައާ ބައްދަލުކުރަން ބޭނުންނުވާ ވާހަކައެވެ. ނަމަވެސް އަވަސް މުއްދަތެއްގާ ބައްދަލުވާނެ ޙަބަރު މަންމައަށް ދިނުމަށް ބުނެލީމެވެ. އެހެން ބުނެ ޒުވާނާ ހިނގާގަތުމުން އަހަރެން އޭނާ އުޅޭ ގޭގަ ވަގުތުހޭދަކޮށްލަން ގެންދިޔުމަށް ބުނެލީމެވެ. ޒުވާނާ އަހަރެން ކައިރި މާދަންރެއަށް ތައްޔާރުވާން ބުންޏެވެ. ވީ އުފަލުން އަވަހަށްގޮސް މަންމަ ހޯދާފަ އެ ޙަބަރު ދިނީމެވެ. މަންމަވެސް އިނީ ވަރަށް އުފަލުންނެވެ.
ޖެހިގެން އައިރޭ އެޒުވާނާ ދިރިއުޅޭތަނަށް އަހަރެން ގެންދިޔައެވެ. އޭނާ އުޅެނީ އެކަނި ކޮޓަރިއެއްގައެވެ. އެތެރެއަށް ވަދެވުނުތާ މާގިނައިރެއްނުވިއެވެ. އަހަރެންނަށް އެޒުވާނާއެކު ފޮނިވާހަކަތަކަށްވުރެ މިރޭ އިސްކަން ދެވުނީ ޝައިތާނާގެ ނުބައި ވަސްވާސްތަކަށެވެ. ދެމީހުން މަސްތުގެ އުފާތަކުގެ ތެރެއަށްގެނބި އެތައްއިރެއްވިއެވެ.
އެރޭގެފަހުން ދެމީހުންގެ ވާހަކަ ތަކުގެ ބަދަލުގާ އަބަދުވެސް އެޅެވެނީ މަސްތީއުފާ ހޯދާށެވެ.
ދުވަސްތައް ފާއިތުވެގެން ގޮސް އަހަރެން ބަލިވާންފެށިއެވެ. އާދަޔާ ޙިލާފު އެއްޗެހިވެސް ގައިގާ ލާންފަށާފިއެވެ. ހަންވެސް މުޅި ހަށިގަނޑުން ފޮޅެނީއެވެ. މިކަމާ ކަންބޮޑުވެ ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހެދީމެވެ. ނަތީޖާ ހިފާން އައިސް ޑޮކްޓަރު ފުންނޭވައެއްލަފަ ބުނެލިއެވެ.
” އެޗް އައިވީ ޕޮޒިޓިވް ”
އެހެން ބުނުމުން އަހަރެންގެ ދެފައިދަށުން ބިންގަނޑު ހީވީ ދަމާގަތްހެނެވެ. އަހަރެންނަށް ހުރެވުން ތަނެއްވެސް ނޭގުނެވެ. އަހަރެން ގެއަށްގޮސް މަންމައަށް ހުރިހާއެއްޗެއް ކީޔާދިނީމެވެ. ނަމަވެސް މަންމަ ރުޅިއެއްނާދެއެވެ. ދިނީ ވަރަށް އަގުހުރި ނަސޭހަތެކެވެ.
” ޝައިތާނާ ތިދެމީހުން ވަނީ ހަލާކުކޮށްފަ. މަންމައަށް ރަނގަޅީ އަވަހަށް ކައިވެނިކުރުމަށް އަދި ދެކުދިން މިގޭގައުޅުމަށް ”
އަހަރެން އަވަހަށް އެޒުވާނާ ހޯދަންދިޔާމެވެ. އެގެއާ އަރާހަމަވިއިރު އެގޭދޮށުގާ ވަރަށް މީހުންއޮތެވެ. ގޮސް ވެގެން އުޅޭގޮތް ބަލާލީމެވެ. އަހަރެންގެ ލޯބިވާ ޒުވާނާ އޮތީ އެނދުމަތީ މަރުވެފައެވެ. އަނގާންވަނީ ބައިވަރު ލޭނުކުމެފައެވެ. އެހިސާބުން އަހަންނަށް ޒުވާނާ ބުނި އެއްޗެއް ހަނދާންވިއެވެ.
” ވަގުތު ޖެހުމުން އަހަރެންވެސް ދާނަން “.
މިއަދު އަހަންނަށްވަނީ ދެކޮޅުން ހިތާމައެވެ. އެއްކޮޅުން އެޗް އައިވީ އެވެ. އަނެއްކޮޅުން އަހަރެންގެ ލޯބިވެރިޔާގެ މަރެވެ. އޭނާ ދުނިޔެ ދޫކޮށް އެދިޔައީ އަހަރެންނަށް އެންމެ ނުރައްކާތެރި އެއްބަލި ދީފައެވެ. ނަމަވެސް އަހަރެން އޭނާދެކެ ރުޅިއެއް ނާންނަމެވެ. މީ އަހަރެންގެ ކުށުގެ ސަޒާއެވެ. އަހަރެން އޭނާއާއެކު އޭނާގެ ކޮޓަރީގާ ހޯދި އުފާތަކުގެ ހިތިރަހައެވެ،
ނިމުނީ

ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ. ނަމަވެސް އާހިރަތާ މެދު ނުވިސްނާ މީހަކީ ކިހާ ބޮޑު ބަދުނަސީބުވެރިޔެއްތޯއެވެ. މިއަދު އަހަންނާ ކުރިމަތިލާން މިޖެހެނީ އަހަރެންގެ ނިމުމާއެވެ. ބަލި އެންދުގާއޮވެ އަހަރެން އެންމެންނަށް އަހަރަން ގެ ހަޔާތް ދިޔަ ގޮތް ކުރުކޮށް ނަމަވެސް ކިޔާދޭން ބޭނުމެވެ.
އަހަންނަކީ ކުޑައިރުއްސުރެ މައިންބަފައިން ބުނާ އަޑުނާހާ މީހަކީމުއެވެ. ގްރޭޑް ފަހަކުން ސްކޫލް ނިންމިގޮތައް އަހަރެން އުޅުނީ ކުޅުމާ މަޖަލުގައެވެ.
އުޅެވުނު އެންމެ ނުބައިކޮށް އުޅުނީމެވެ. ވައްކަންކޮށް މީހުނާ ފޮށި ނުވީތާކަށް މުސްކުޅިއަކަށްވެސް ގަދަރެއް ނުކުރަމެވެ. އިސްލާމް ދީން އަދި ނަމާދަކީ ކޮން އެއްޗެއްކަންވެސް އެނގޭކަށް ބެނުމެއްނުވިއެވެ. އެ ހުރިހާ އެއްޗަކަށްވުރެ އަހަންނަށް އަހަރެންގެ އެކުވެރިން މާ މުހިއްމެވެ. ދުވާލު ހަތަރުދަމު ނިދާފައި ރޭގަނޑު ހޭލާ އުޅުންވީ އާދަވެ ހިތުން ވަރަށް ގައްޑާ ކަމަކަށެވެ.
މިހެން އުޅުމުގެ ތެރޭގައި އަހަރެންނާއި ދިމާވީ އަހަރެން އާންމުކޮށް ގުރޫޕް ހަދާފައި ފޮށެން ތިބޭ ސަރަހައްދުން އާދައިގެމަތިން ހިނގާ ކުއްޖެކެވެ. އެހެން ހުރިހާ ކުދިންނަށް ޖެއްސުންކޮށް ފޮށުނަސް މި ކުއްޖާއާއި ދުވަހަކުވެސް އަހަރެންގެ ގުރޫޕް އެކަކުވެސް ނުފޮށެއެވެ. ކަޅު ދިގު ހެދުންލާ ދޮންރީތި މޫނެއް ލިބިފައިވާ ކުއްޖެކެވެ. އަހަރެންގެ ރައްޓެހިންނާ ސުވާލުކޮށްލުމުން އެނގުނީ އެއީ ވަރަށް މާތް ގަދަރުވެރި މީހެއްގެ ދަރިޔެއް ކަމެވެ. ދެ ތިން ދުވަހަކު އޭނާ އެކަނި ފެނިގެން އަހަރެން ވާހަކަ ދައްކަން މަސައްކަތްކުރީމެވެ. ނަމަވެސް އޭނާ އަނގައިން ނުބުނެވެ. ފަހުން އަހަރެން ހަޔާތް ކަނޑާފައި ގޮސް ގައްޑާވެފައި އޭނަ އަތުގަ ހިފީމެވެ. ޖަވާބުގާ ވަރަށް މަޑުމައިތިރިކޮށް، އޭނާ އަތުން ދޫކޮށްލަން އިޝާރާތް ކުރިއެވެ. އަހަރެން ހީކޮށްގެން ހުރީ އަހަރެންނަށް އޭނާ ދިފާއުގާ ހަމަލާއެއް ދޭނެކަމަށެވެ. އެހިސާބުން މުޅި އުމުރުގައިވެސް މީހަކަށް ފުރަތަމަ ފަހަރަށް ގަދަރުކުރީމެވެ.
އޭނާއާއި ބައްދަލުވާ ކޮންމެ ފަހަރަކު ހިނިތުންވެއެވެ. ނަމަވެސް ވާހަކަ ދެކެވޭގޮތެއް ނުވެއެވެ. އަހަރެން އެއްދުވަހަކު އޭނާ ފެނުމުން ހިނިތުންވެފައި ގޮސް އަހަރެންގެ ނަމްބަރު ގަނޑުކޮޅެއްގާ ލިޔެފާއި އޭނާއަށް ދިނީމެވެ. އެއަށްފަހު އޭނާ ގެޔާ ހަމަޔަށް ގެންގޮސް ދިނީމެވެ. އަދި އަހަރެން ހިނގަ ހިނގާ ހުއްޓާ އެސް އެމް އެސް އެއް އައެވެ. އޭގާ ވަނީ އެކުއްޖާ ބައްޕައަށް ހުރިހާ ކަމެއް އެނގޭކަމަށާއި އެކުއްޖާއާއި އެކު ބައްދަލުވެލަން އެގެޔަށް ދައުވަތު ލިބިފައެވެ.
އަތުގައި އޮތް އެންމެ ރީތިހެން ހީވާ އެއްޗެއް ލައިގެން އެގެޔަށް ދިޔައީމެވެ. އެކުއްޖާއާ އެކު އޭނާ ބައްޕަވެސް އިނެވެ. ގިނަ ވާހަކަ ތަކެއް ދެއްކުމަށް ފަހު އުޅުން އިސްލާހް ކުރަން ހުށާހެޅުނެވެ. އެކުއްޖާއަށްޓަކައި އަހަރެން އުޅުން އިސްލާހް ކުރީމެވެ. މިކަމުން ރައްޓެހިން ގެއްލުނެވެ. ނަމަވެސް އަހަރެން ދިޔައީ ކުރިޔަށެވެ.
ކައިވެނިވެސް ކުރެވިއްޖެއެވެ. ނަމަވެސް މާ ގިނަދުވަސް ތަކެއް ނުވެ އަންހެނުން އާދަޔާ ހިލާފަށް ބަލިވާން ފަށައިފިއެވެ. ޑޮކްޓާރަށް ދެއްކުމުން އެންގުނީ އެއީ ހާޓް ޕޭށަންޓް އެއްކަމެވެ. އަހަރެން އޭނާއާއެކު އުޅެން އަޒުމް ކަންޑައެޅީމެވެ. މާކަށް ގިނަދުވަހެއްނުވެ އެފުރާނަ މިދުނިޔެއާ ވަކިވެގެން ދިޔައީ ދުވަހަކުވެސް ހިތަށް ނުލީބޭހާ ފުން ހިތާމަ އަކާއި އެކު ވަރުގަދަ ވަސިއްޔަތެއް ކޮށްފައެވެ. އަހަރެންވި އިސްލާހްގެމަތީ މަރުވުމަށްށެވެ.
ނަމަވެސް ކަންވީ އެޔާ ހިލާފަށެވެ. ރައްޓެހިންތައް ސިމްޕަތީ ހިފައިގެން އަންނަން ފަށައިފިއެވެ. އެމީހުންނާއެކު ވަގުތު ހޭދަކުރެވޭލެއް ގިނަވެއްޖެއެވެ. ހިލޭ އަންހެނުނާ ﷲ سُبْحَانَهُ وَ تَعَالَى ހަރާމް ކުރެއްވި ހުރިހާ ގޮތަކަށް އުޅެން ފެށުނެވެ. އެއްރޭ މިހެން މަޖާނަގަންތިއްބާ ގްރޫޕަކުން އަހަރެމެންނަށް ހަމަލާ ދިނެވެ. ވަޅީޔާ ކޯރާޑިންނެވެ. ސަލާމަތް ހަމަ އެކަކުވެސް ނުވެ ހުރިހާ ރައްޓެހިންގެ ލޭން ކޯރުހެދިއްޖެއެވެ.
ހޭވެރިކަންވީ އަޅާ ވޭނުގެ ބޮޑުކަމުންނެވެ. ރަނގަޅަށް ބެލިއިރު އަހަރެންގެ އެއް އަތާ ފައެއް ނެތެވެ. އަދި އަހަރެން މާގިނައިރު ދިރިއޮންނާނެ ކަމަކައި މެދު ޑޮކްޓަރުވަނީ އުއްމީދު ކަންޑާލާފައެވެ. ސަބަބަކީ މޭމަށްޗަށް ވަނީ އެތައްހަމަލާއެއް އަރާފައެވެ. މިއަދު އަހަރެންގެ ލޮބުވެތި އަންބިމީހާ ކުރި ވަސިއްޔަތާ އެއްގޮތައް ކަންކުރިނަމަ މިހެން ނުވީހެވެ. ނަމަވެސް އަހަރެން މި ފަނާވަމުންދާ ދުނިއެއަށް އަލްވަދާއު ކިޔަމުން ބުނަމެވެ. ގޭންގް ލައިފް އަކީ އެއްވެސް އެޗެއް ނޫނެވެ. ކަށްވަޅުން ސަލާމަތް ކުރާކަށް އެމީހުނެއް ނާންނާނެއެވެ. ދުވަސްކޮޅަކު ހަންދާން ހުނާނެއެވެ. ނަމަވެސް އަވަހަށް ހަންދާނެތޭނެއެވެ. ތިބާގެ ސަލާމަތް ހޯދާނީ ތިބާއެވެ. ﷲ سُبْحَانَهُ وَ تَعَالَى އަދިވެސް ތިބާގެ ތައުބާގެ އިންތިޒާެރުގައި ތިބާގެ ދުއާތައް އަޑު އެހުމުގާ ފޫހިކަމެއްނެތި އިންދެއެވެ. އޭ ލޮބުވެތި އަހާއެވެ. ހެޔޮގޮތުގައި ނޫނީ މިދުނިޔެ ދޫކޮށް ނުދާށެވެ.
(ނިމުނީ)

ދުނިޔޭގަ މިވާ ކުޑަވަގުތުކޮޅު ބައެއް މީހުން ބޭނުން ކުރަމުންދަނީ އުފަލާމަޖަލުގައެވެ. ތިބާ މިތަނަށް ފޮނުުވުނީ ކޮންބޭނުމަކުކަމެއްވެސް ނޭނގޭ ހިސާބުގާ އުޅޭމީހުން އެބަތިއްބެވެ.
މާތްވެގެންވާ رمضان މަސް ގާތްވާތީ ގިނަބަޔަކު އުފާކުރެއެވެ. އެމަހުގެ ބަރަކާތާ ފައިދާ ލިބިގަތުމަށް ގިނަމީހުން ގަދައަޅާ ބުރަކޮށް މަސައްކަތް ކުރަން ބޭނުންވެއެވެ. ނަމަވެސް އެ މާތް މަސް އަންނާތީ ކަންބޮޑުވާ މީހުންވެސް ތިބެއެވެ.
ސަމާން އަކީ މިފަދަ މީހެކެވެ. އޭނާ އަކީ ނަމާދުކޮށް ގުރުއާން ކިޔަވާ އުޅޭމީހެއްނޫނެވެ. ޅަ އުމުރުގާ މައިންބަފައިން ވަކިވެފާވުމުން ކާންބޯން މަސައްކަތް ކުރަން މަންމަ އެދޭ ކޮންމެ ފަހަރަކު އެކަމަށް އޭނާ ދެނީ ބީރު ކަންފަތެވެ. އަދި ވީހާވެސް އަވަހަކާ ގޭން ނުކުމެގެން އޭނާގެ ރައްޓެހިން ގާތައްދެއެވެ. އެނާގެ ރައްޓެހިންނަކީ ރަށުގާ އެންމެ ގޮތްކުޑަކޮށް އުޅޭމީހުންނޭ ބުންޔަސް ގޯހަކަށް ނުވާނެވެ. ވައްކަން ކުރުން ، ރާބުއިން އަދި ޒިނޭކުރުމުގާ އަރާތިބި ބައެކެވެ. ރަށުގާ އެތައް މާރާމާރީ އެއްހިންގާ އަންހެން ކުދިންނާ ފޮށުމުގާވެސް ހައްދުފަހަނައަޅާފަވާ ބައެކެވެ. އަދި ނުވީތާކަށް رمضان މަހު އެންމެ ރޯދައެއްވެސް ހިފާބައެއްނޫނެވެ.
ސަމާން އައުމުން އެމީހުން ފުރުތަމަވެސް ބުނެލީ ރޯދަ ގާތްވިކަމެވެ. ސަމާން ހުރެލާފާ ޖަހާލީ ހިނިގަނޑެކެވެ. “މަ ނުހިފާނަން ރޯދައެއް” އެންމެން އެއްކޮށް ހޭންފެށިއެވެ. ދެން އެތަނުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ރަމްހާން އައިސް ސަމާން ގެ ކޮނޑަ އަތްވަޓާލާފާ ބުންޏެވެ. “ބުރޯ އެބޮތް މިޝަން އެއް ލިބިފަ. ކައިރީ ރަށަށް އެބަޖެހޭ ސަޕްލައިއެއް ޖައްސަން. ގޭންގް އެއްކޮއްދަނީ ޗިކުންތަކަކަށް ސަޕްލައި އިނީވެސް”
ސަމާން ވަރަށް އުފާވިއެވެ. “ލާރިކޮޅެއްލިބޭ ގޮތްވީތާދޯ. ކޮންއިރަކު ނައްޓާލަނީ؟ ” ރަމްހާން ހިނިގަނޑަކާއެކު ބުނެލިއެވެ. “މިރޭ 8 އަށް ބަނދަރަށް”
ބުނިގަޑިޔަށް ސަމާން ބަނދަރަށް ދިޔައެވެ. އަދި އެންމެން އެކުގާ އެމީހުން ގަނެފާ އޮތް ދޯނީގަ ނައްޓާލިއެވެ. 30 މިނިޓް އަށްފަހު ޖެހިގެން އޮތް ރަށަށްލެފިއްޖެއެވެ. ބަނދަރުމަތީ އެމީހުން ބަލާ ޒުވާން 2 އަންހެން ކުދިން އައިސް ތިއްބެވެ. އަދި އެކުގާ އެންމެން ހިގައިގެނެ މީހުން ނޫޅޭ ހިސާބުގާ އެމީހުންނަށް އިންތިޒާރުގާ ތިބި އަންހެން ކުދިންނާ ބައްދަލުވުއެވެ. ކުރަން އައި ވިޔަފާރި ނިންމާލުމަށް ފަހު ޕާޓީ ކޮށްލަން އެކުދިން ދައުވަތުދިނެވެ. އަދި ވަގުތުން އެމީހުން ހާސަށްކޮށް ހިފާފާވާ ގެސްޓް ހައުސްއަށްގޮސް އެމީހުންގެ ކުޅިގަނޑު ފެށިއެވެ. ނަމަވެސް މާ ގިނައިރެއްނުވެ ދޮރުވައްޓާލާފާ އެވަނީ ފުލުހުންނެވެ. އެންމެން ހައްޔަރުކޮށް މާލެ ގެންގޮސް ހުކުމް ކުރެވުނެވެ. އެންމެން އެއްކޮށް 10 އަހަރަށް ޖަލަށްލިއެވެ.
ޖަލުގާ ދުވަސްތައް ގުނަންފެށިއެވެ. ކޮންމެ ދުވަހަކީ އެހާމެ ފޫހި ދުވަހެކެވެ. ޖަލު ގަވައިދުތަކާހުރެ ގިނަފަހަރު ބޭނުން ގޮތަކަށް ނޫޅެވެއެވެ. ސަމާން މަންމަ މަތިން ވަރަށް ހަންދާން ކުރެއެވެ. އަދި އުޅޭނެހާލާ މެދުވެސް ވިސްނައެވެ. ޖަލުގާ އުޅޭ ގައިދީން އަބަދުވެސް ނަމާދަށް އައުމަށް އަދި ގުރްއާން ކިޔެވުމަށް ނަސޭހަތްތެރިވެއެވެ. ނަމަވެސް ސަމާންއާ އޭނާގެ ރައްޓެހިން އެކަމަށް ދެނީ ބީރުކަންފަތެކެވެ.
އެއްދުވަހެއްގެ ހެނދުނެވެ. މުޅި ޖަލު ގުގުމާލީ ތަކްބީރުންނެވެ. ވެގެން އުޅޭގޮތް ބަލައިލާން ސަމާންއާ އޭނާގެ ރަށްޓެހިން ދިޔައެވެ. ގައިދީއަކު ވަނީ ޖަލުގާ ނީޔާވެފައެވެ. އޭނާ އޮތީ އޭނާގެ ގޮޅީގާ ކަމާބެހޭފަރާތްތަށް އަންނަންދެކަށް ބޭވިފައެވެ.. ސަމާން އާ އޭނާގެ ރަށްޓެހިން އެގޮޅިއާ އަރާހަމަވިތަނާހެން ދުވަންފެށީ ދުވަހަކުވެސް ނުދުވާހާ މީރު ވަހެކެވެ. އަދި އެ ގައިދީ ނިޔާވެފާވަނީ ހިނިތުންވެގެންވާހާލުގައެވެ. އޭނާގެ އަތާ ފައިގެ ހަން އޮމާންވެފަ އައްޔެވެ. ސަމާން މިކަމާ ވަރަށް ހައިރާންވެ އަންތަރީސްވިއެވެ. އަދި އެންމެން އެކުގާ ގޮސް ޖަލުގެ އިމާމް ކައިރީ އެހިއެވެ. އިމާމް ދިނީ ވަރަށް ކުރު އިބްރަތުން ފުރިގެންވާ ނަސޭހަތެކެވެ. “އެ މީހަކު މަރުވެގެން ދާނީ އެމީހަކު އުޅުނުގޮތަކަށްށެވެ. ތި މީހުނަށް ތި ފެންނަނީ ހެޔޮމަރެއްގާވާ މީހެކެވެ” މިވާހަކަށް އަޑުއިވި އެންމެންވެސް ތައުބާވާން ނިންމިއެވެ. އަދި ފުރުތަމަ ފަހަރަށް އެންމެން އެކުގާ ނަމާދަށް ދިޔައެވެ. އަދި ގަވައިދުން ގުރުއާން ކިޔަވާހަދާ رمضان އައުމުން އަޅުކަމާވެގެން ބުރަވެގަނެއެވެ. ޖަލު ހުރިހާ ގައިދީންގެ ލޯބި އެމީހުން ހޯދިއެވެ. މިކަން ފާހަގަ ވުމުން ޖަލުގެ ވެރިން އެމީހުންގެ ހުކުމް ކުޑަކުރަން ކޯޓްގާއެދި އެކަން ކާމިޔާބުކޮށް އެމީހުން މުޖުތަމައުއަށް ނެރުނެވެ.
ސަމާން ފުރުތަމަސް ރަށަށް އާދެވުމުން ދުވަމުން ގޮސް މަންމަ ހޯދާ ފައިބުޑަށްވެއްޓިގަނެ ރޮއެގަތްފާ މާފަށްއެދުނެވެ. އަދި ޖަލުގެ ދުވަސްތައް ގިސްލަމުން ކިޔާދިނެވެ. ޖަލުގާ ނިޔާވި ގައިދީގެ ވާހަކަ ކިޔާދިނުމުން މަންމަވެސް ހައިރާންވެފާ ބުނެލިއެވެ. ” ދަރިފުޅާއެވެ. މަންމަ ދަރިފުޅަށް މާފްކޮށްފީމެވެ. ތީ މަންމަ ފައިތިލަ ދަށުން ސުވަރުގެ ވަންނާނޭކުއްޖެކެވެ” މަންމަ އާއެކު ވަގުތު ހޭދަކުރުމަށްފަހު ސަމާން ހިންގާގަތީ އޭނާގެ އެކުވެރިންނާ ބައްދަލުކުރާށެވެ. ނަމަވެސް ބައްދަލުވީ ކުރިން އެމީހުން ބައްދަލުކޮށް ހަދާތާކައިރި ހުންނަ މިސްކިތުންނެވެ. ސަމާން އަރާ ހަމަވިތަނާ އެންމެން އެކުގާ ބުނެލިއެވެ. “لسَّلَامُ عَلَيْكُمْ‎. ކޮބާ رمضان ވަރަށް ކައިރިވެއްޖެ” ސަމާން ހިނިގަނޑެ ޖަހަލާފާ ބުންޔެވެ. “وعليكم السلام މަ ހަމަ ތައްޔާރު”
މިހާރު ސަމާންމެންނަކީ މީހުންގެ ލޯބިލިބިފާވާ ބައެކެވެ. ކުރިން ރަށުގައި ދަށުދަރަޖާގެ އަމަލްތައް ހިންގަމުން އައި މީހުން މިހާރު އެތިބީ އަރާ އެންމެ އުހުގައެވެ. އެކި ރަށްރަށަށް ދަތުރު ދަނީ ދަރުސް ދޭންށެވެ. ﷲ سُبْحَانَهُ وَ تَعَالَى ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ކޮންމެ މީހަކަށްވެސް ﷲ سُبْحَانَهُ وَ تَعَالَى ކޮންމެސްގޮތަކުން ހެޔޮމަގު ދައްކަވާނެވެ.
ނިމުނީ

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...