މަދު މިނެޓް ކޮޅަކުން ލިބޭ ފައިދާއެއް ދޫކޮއްލާނީ ކިހާބޮޑު މޮޔައެއްހެއްޔެވެ. އެ މަދު މިނެޓްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފުނުނަމައޭ ފަހުން ހިތައްވެސް އަރާދުވަސް އަންނާނެއެވެ. ނަމަވެސް އެދުވަހަކުން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.
ހަބީބްއަކީ ވަރުގަދަ ވިޔަފާރިވެރިއެކެވެ. އޭނާގެ ފަސް ފިހާރައާ ރެސްޓުއަރެންޓްއެއްހުރެއެވެ. އަބަދުވެސް އެހުރިހާ ތަނަކުން ދުވާލެއްގެމައްޗަށް ހަރަދު ކަނޑާފައި އެތައް ފައިދާއެއްލިބެއެވެ. ނަމާދު ގަޑިއެއް އެހެން ގަޑިއަކަށް ނުބަލާ ހަބީބް އަމުރުކޮއްފައިވަނީ ހުރިހާ ތަނެއް ހުޅުވާފައި ބެހެއްޓުމަށްށެވެ. ގިނަފަހަރު މުވައްޒިފުންނަށްވެސް ހަބީބް ކަންތައް ކުރަނީ ވަރަށް ބޭއިންސާފުކޮއްށެވެ. އެއްދުވަހު ނައިސްފިނަމަ ދެދުވަހު މުސާރަ ކަނޑާލައެވެ. މިކަމުގެ ސަބަބުން ގިނަ މުވައްޒިފުން އޭނާ ކައިރީ މަސައްކަތްކުރަން ފޫހިވެސްވެއެވެ.
އެއްދުވަހެއްގެ ހަވީރު ހަބީބްއާ އޭނާގެ ރައްޓެއްސަކު ސައިބޯލައިގެން ނުކުމެ ފިހާރަތަކުގެ ވިޔަފާރިކަންތައް ބަލައިލަން ދަނިކޮށް މައްރިބަށް ގޮވައިފިއެވެ. ރަހްމަތްތެރިޔާ ހަބީބްއަށް ނަމާދަށް އައުމަށް ދައުވަތުދިނެވެ. ނަމަވެސް ހަބީބް ފިހާރަތައް ބަލައިލާފަ އަންނާނެކަމަށް ބުނުމުން ރަހްމަތްތެރިޔާ ހަބީބް ކައިރި ވިހި މިނިޓުން ނަމާދުކޮލައިގެން ގޮސްވެސް ވިޔަފާރިދާގޮތް ބަލާލެވޭނޫންހޭ ބުނެލިއެވެ. ނަމަވެސް ބޮޑާ ކިބުރުވެރި ހަބީބް އަވަސް އަވަހަށް ސައިކަލްއަށް އަރައިގެން އޭނާގެ ފިހާރައަކާދިމާލަށް ދިޔައެވެ. އެ ފިހާރާގައި އަލަށް ބަންދު ބޯޑު ދެނަމާދު ދޭތެރޭ އަޅުވާފައިހުރިތަން ފެނުމުން ހަބީބް ވަރަށް ރުޅިއައެވެ. އަދި ދޮރުގައި ބާރަށް ޓަކި ޖަހާ ދޮރު ހުޅުވުމުން އެތެރެޔަށްވަނެވެ.
ހަބީބް : ކާކު މިތާ ބަންދު ބޯޑު އެޅުވީ
ސްޓާފް : އަލަށް ވެއްދި ސުޕަވައިޒަރު
ހަބީބް : ކޮބާ އޭނާ؟
ސްޓާފް : މަތީގައި ނަމާދަށް އެބަހުރި
ސްޓާފް : އަލަށް ވެއްދި ސުޕަވައިޒަރު
ހަބީބް : ކޮބާ އޭނާ؟
ސްޓާފް : މަތީގައި ނަމާދަށް އެބަހުރި
ހަބީބް މައްޗަށް އެރިއިރުގައި އަލަށް ވެއްދި ސުޕަވައިޒަރު ކަމުގައިވާ މުޝައްރަފް ހުރީ ނަމާދަށްށެވެ. މަޑު މައިތިރިކަމާއެކު އޭނާ ނަމާދުކުރަމުން ދިޔައީ ތުރުތުރު އަޅާ ހާލުގައެވެ. އަދި ސަޖިދައަށް ގޮސްފިނަމަ ކުޑަކޮއް ގިނައިރުވެއެވެ. މުޝައްރަފް ނަމާދުކޮއް ނިމެންދެން ކެތްމަދުވެފައިހުރި ހަބީބްހުރީ ވަރަށް ރުޅިގަދަވެފައެވެ. މުޝައްރަފް ނަމާދުން ފައިބައިގެން މުސައްލަ އޮޅާލުމަށްފަހު އޭނާގެ ގެނެސްފައިވާ ދަބަހަށްލިޔެވެ. ހަބީބް ފެނުމުން ހަބީބްއަށް މުޝައްރަފް ހިނިތުންވެލިއެވެ.
ހަބީބް : (ރުޅިއައިސްފައި) ކާކު ބުނީ ކަލޭ ކައިރީ ބަންދުބޯޑު އަޅުވަން
މުޝައްރަފް : ދެ ނަމާދު ދެތެރެވީމާ ނަމާދުކޮލަން ދާން ބޭނުންވާ ކުދިން ތިބެފަ އަންހެން ކުދިންވެސް ބްރޭކްއެއް ބޭނުންވާތީ
ހަބީބް : މީ ކަލޭގެ ތަނެއްނަމަ އެންމެ ރަނގަޅު ތިހެން ހަދަން މިއީ މަގޭތަނެއް މަ ބޭނުން ގޮތެއް އޮންނާނީ
މުޝައްރަފް : އެހެންވިޔަސް ނަމާދު ވަގުތަށް އަހަރެން އިސްކަންދޭނަން. އެނގިލައްވާތޯ އެންމެ ވިހި މިނެޓްގެ ނަމާދަކީ ކިހާ ފައިދާ ހުރި އެއްޗެއްކަން؟ ވިޔަފާރި މިއަށްވުރެވެސް ރަނގަޅުވެދާނެ ހަމަ
ހަބީބް : ކޮންމެހެން މަށަށް ލެކްޗަރުދޭނެކަމެއްނެތް މިދެނީ ކަލެއަށް ފުރުތަމަ އިންޒާރު މިއަދު ކަލޭގެ މުސާރަވެސް ކެނޑޭނެ
މުޝައްރަފް : މީހަކު ނަމާދު ކުރިއްޔޭ ކިޔާފައި އެމީހެއްގެ އުޖޫރަ ނިގުޅައިގަތުމުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ﷲ سُبْحَانَهُ وَ تَعَالَى އަށް ބިރުވެތިވޭ

މުޝައްރަފް ދައްކަމުން ދިޔަ ވާހަކައަށް ބީރު ކަންފަތް ދީފައި ހަބީބް ފިހާރައިން ނުކުމެގެން ދިޔައެވެ. އަދި ގެއަށްގޮސް އެދުވަހަށް ލިބުނު ފައިދާ ގުނަން އިންދާ ހަބީބްއަށް ފޯނެއްއައެވެ. ހަބީބްގެ ރަސްޓުއަރެންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ވާހަކަ ކަންފަތުގައި ޖެހުމާއެކު އަވަސް އަވަހަށް އެދިމާލަށް ދިޔައެވެ. ނަމަވެސް އެހިސާބަށް ދެވުނުއިރު ކަންވެ ނިމިއްޖެއެވެ. ގޭސް ލީކްއެއްގެ ސަބަބުން ހަބީބްގެ ރެސްޓުއަރެންޓެގައި ކޮންމެވެސް ވަރަކަށް އަލިފާން ރޯވިކަމަށް ބުނިއެވެ. އަދި މަރާމާތު ފުދޭވަރަކަށް ބޮޑުކަމަށް ބުނުމުން އެދުވަހު ވިޔަފާރިން ލިބުނު ހުރިހާ ފައިދާއަކުން ރެސްޓުއަރެންޓް މަރާމާތަށް ޖެއްސިއެވެ.
ޖެހުގެން އައި ދުވަހުވެސް ދެނަމާދު ދޭތެރޭ ހަބީބްގެ ފިހާރަތަކަށް އޭނާ ޒިޔާރަތްކުރިއެވެ. މިފަހަރު މުޝައްރަފް ހުރި ފިހާރައަށް ދިޔައިރު ހުރީ ހުޅުވާފައެވެ. އެ ފިހާރައަށްވަދެ މުޝައްރަފް ކޮބައިތޯ އަހާލުމުން ނަމާދަށް މިސްކިތައް ދިޔަ ވާހަކަ ސްޓްފް ބުންޏެވެ. މުޝައްރަފް އައިސް ފިހާރަށްއަށް ވަތްތަން ފެނުމުން އަޑުގެ ނެތްކޮޅަށް ހަބީބް މުޝައްރަފްއާ ދިމާލަށް ހަޅޭއްލަވަންފެށިއެވެ.
ހަބީބް : ކަލެޔަށް ވަޒީފާ ދީފައި ހުރީ ފިހާރައިން ބޭރުގަ އުޅޭކަށްނޫނޭ
މުޝައްރަފް : އަހަރެން މިއައީ ނަމާދުން
ހަބީބް : ކަލެޔަށް މިތާ އެތެރޭވެސް ނަމާދު ކުރެވޭނެ
މުޝައްރަފް : ދެނަމާދު ދޭތެރޭ ބަންދު ނުކުރެވޭ ތަނެއްގައި ނަމާދެއް ނުކުރާނަން
ހަބީބް : އެއީ ކަލެއާ ބެހޭ ކަމެއްތައް؟
މުޝައްރަފް : ބޭބެގެ ފިހާރަ ފިޔަވާ މިސަރަހައްދުހުރި ހުރިހާ ފިހާރައެއް މިހުރީ ބަންދުކޮއްފައި
ހަބީބް : މަ ވިޔަފާރި ކުރަންވާގޮތް އެނގޭނީ މަށަށް
މުޝައްރަފް : އެހެންވިއްޔާ މަ ނަމާދުކުރަންވާތަން އެނގޭނީ މަށަށް
ހަބީބް : އެންމެ ރަނގަޅު ކަލެޔާ ކަލޭގެ ނަމާދު މަށާ މަގޭ ވިޔަފާރި މިއަދުން ފައްޓައިގެން ކަލޭ ތިހުރީ ވަޒީފާއިން ވަކިކޮށްފައި ގޮސް މިސްކިތު ފާހާނަ ސާފުކުރަން ހުރޭ
މުޝައްރަފް : ﷲ سُبْحَانَهُ وَ تَعَالَى ގަންދީ ހުވާކުރަން ވިހި މިނިޓަށްވިޔަސް ނަމާދުކުރަން ނުފޮނުވާ ތަނެއްގައި ހުރުމަށްވުރެ މިސްކިތު ފާހާނާ ސާފުކުރަންވެސް އަހަރެން މިހުރީ ތައްޔާރަށް

ކަރުނައިން ފޯވެފައިވާހާލު މުޝައްރަފް ގޮސް މިސްކިތައް އަރާ ﷲ سُبْحَانَهُ وَ تَعَالَى އަށް ސަޖިދަ ޖަހައި ދުއާކުރަންފެށިއެވެ. އަދި ރަނގަޅު މީހާކު އޭނާއަށް ވަޒީފާއެއް ދެއްވުމަށް އެދުނެވެ. މުޝައްރަފް މިސްކިތުން ފޭބިތަނުން މީހަކު އައިސް އޭނާއާ ސަލާމްކޮއްލިއެވެ.
މީހާ : އައްސަލާމް އަލައިކުމް
މުޝައްރަފް : ވާލައިކުމް ވައްސަލާމް
މީހާ : އަހަރެން ކޮއްކޮ ވަރަށް ރަނގަޅަށް ދަންނަން ތީ ބޭބެއަށް މި މިސްކިތުން ވަރަށް ގިނައިން ފެންނަ ކުއްޖެއް. ފިހާރައިން ނަމާދަށް އައިސް ދޯ ތި އުޅެނީ
މުޝައްރަފް : އަޅުގަނޑު އެތަނުން މިއަދު ވަޒީފާއިން ވަކިކޮއްފި
މީހާ : ކީއްވެގެން؟
މުޝައްރަފް : އެންމެ ފުރުތަމަ ދެނަމާދު ދޭތެރޭ އެތަން ބަންދުކޮއްލީމަ އެއްޗެހިކީ ދެން މިއަދު ނަމާދަށް ގޮސްފައި އައިތަނުން މަށާ މަގޭ ނަމާދު އޭނާއާ އޭނާގެ ވިޔަފާރިއޭ ކިޔާފައި ބޭރުކޮއްލީ
މީހާ : ހޫމް. ހަބީބްއަކީ ވަރަށް ދަހި މީހެއް އޭނާ އެހުރީ ހަމަ ހިނދުކޮޅަކަށްވެސް ވިޔަފާރި ލައްޕާނުލާން. ކޮއްކޮ އަހަރެން ކައިރިއަށް އަންނަންވީނު އަހަރެންގެ ފޮތި ފިހާރާގައި މަސައްކަތްކުރަން އަހަރެން ބޭނުންވަނީ ތިކަހަލަ އިހްލާސްތެރި ކުއްޖެއް ކޮއްކޮއަށް ގަޑިއަށް ނަމާދަށް ދެވޭނެކަމުގެ ޔަގީންކަން މިދެނީ

ދިމާވި މީހާ ހުށެހެޅި ހުށެހެޅުން މުޝައްރަފްއަށް ވަރަށް ކަމުދިޔައެވެ. އަދި ޖެހިގެން އައި ދުވަހު އެމީހާ ކައިރިއަށް ފޮތި ފިހާރައަށް ވަޒީފާއަށް ނުކުތެވެ. ފުރުތަމަ ދުވަހުގެ ވިޔަފާރިން ރަނގަޅު އާމްދަނީއެއް ލިބުނެވެ. އެކަމާ މުޝައްރަފް ވަރަށް އުފާވިއެވެ. އޭގެ ޖެހި އައި ދުވަހު ރޭގަނޑު ވަޒީފާގައި ހުއްޓާ ހަބީބްގެ ފިހާރައިގާ މަސައްކަތް ކުރަމުން އައި ކުއްޖެއްކަމުގައިވާ އަޝްރާއާ ދިމާވިއެވެ. ވަޒީފާ ކިހިނެއްތޯ އަހާލުމުން އަޝްރާ ބުނެލީ ފިހާރަ ބަންދުކޮއްފިކަމަށްށެވެ. ހައިރާންވެފައިހުރި މުޝައްރަފް ކީއްވެތޯ ސުވާލުކޮއްލުމުން ބިމުގެ ވެރިޔާއާ ހަބީބްއާ ދެމެދު ވަރުގަދަ ޒުވާބެއް ހިނގައި ބިމުގެ ވެރިޔާ އެތަން އަތުލީކަމަށް ބުނިއެވެ.
މުޝައްރަފް އަދާކުރަމުން އައި ވަޒީފާއިން ލިބެމުން އައި ފައިދާ އިތުރުވެ އޭނާ އިތުރު ފިހާރައެއް ހުޅުވުމަށް މަގުފައިވެގެންދިޔައެވެ. އަލަށް ހުޅުވާ ފިހާރައަކީ މުޝައްރަފްގެ އަމިއްލަ ތަނެއްކަމަށް ވަޒީފާ ދިންމީހާ ބުނެލިއެވެ. އެތަނުން ލިބޭ އެއްޗަކު މުޝައްރަފް ދިރިއުޅުން ބިނާކުރުމަށް ނަސޭހަތްތެރިވިއެވެ. މުޝައްރަފް ފިހާރަ ހުޅުވާފައި އެތަނަށް ފަސް މުވައްޒިފުންލިޔެވެ. އަދި ހުރިހާ ނަމާދު ގަޑިތަކަކަށް ބަންދުކުރަންވާނެކަމަށް ބުނެލުމަށްފަހު ބަންދު ދުވަސްތައް ރޭވުމަށް ހުރިހާ މުވައްޒަފުންނާ މަޝްވަރާކޮށް އެންމެންގެ ހިޔާލްތައް ހޯދާލުމަށްފަހު އެދުވަސްތައް ކަނޑައެޅިއެވެ. ފިހާރަ ހުޅުވިތާ ހަމަސް ހަމަވިއިރު ވަރަށްވެސް ވިޔަފާރި ރަނގަޅުވެ އިތުރު ފިހާރައެއް ހުޅުވިއެވެ. ﷲ سُبْحَانَهُ وَ تَعَالَى މުޝައްރަފްއަށް ދެއްވަމުން ގެންދެއްވި ނިއުމަތްތަކަށް އޭނާ ދިޔައީ ގަވައިދުން ޝުކުރުކުރަމުންނެވެ.
ހަތަރު އަހަރު ފަހެވެ. މިހާރު މުޝައްރަފްގެ މިލްކިއްޔާތުގައި ދެ ރެސްޓުއަރެންޓްއާ ފަސް ފިހާރަ ހުރެއެވެ. ހުރިހާ ތަނަކީވެސް ނަމާދު ގަޑިއަށް ބަންދުކުރާ ތަންތަނެވެ. އަދި ސްޓާފުންނަށް މުޝައްރަފް ކަންތައް ކޮއްދެނީ އެންމެ އިންސާފްވެރިކޮއްށެވެ. މިކަމުގެ ސަބަބުން މުޝައްރަފް ކައިރިއަށް ވަޒީފާ ހޯދަން އަންނަ މީހުން ވަރަށްވެސް ގިނައެވެ. ނަމަވެސް އެވަރަށް ވަޒީފާ ނެތުމުން ލިބޭ އާމްދަނީއިން
ދެމުން ގެންދިޔަ ސަދަގާތުގައި އެމީހުން ހިމެނިއެވެ.
ދެމުން ގެންދިޔަ ސަދަގާތުގައި އެމީހުން ހިމެނިއެވެ.
އެއްދުވަހެއްގެ ހަވީރު އެކަނި ސައިބޯލަން އިންދާ މީހަކު އައިސް މުޝައްރަފް އަށް ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަނެ މުޝައްރަފް އިސް އުފުލާލިއިރު ކުރިމަތީގައި ހުރީ ވީދިފައިވާ އަންނައުނުތަކެއް ލައިގެން ހަބީބްއެވެ. މުޝައްރަފް ހަބީބްއަށް ސައިބޯން އިށީނުމަށް ދައުވަތުދިނެވެ. ހަބީބް އިށީނުމުން މުޝައްރަފް ހާލު އަހުވާލު އޮޅުންފިލުވާލިއެވެ.
މުޝައްރަފް : ބޭބެ ކިހިނެއްވެފަ ތިޔަހުރީ
ހަބީބް : ބޭބެގެ ވިޔަފާރި ބަނގުރޫޓްވީ
މުޝައްރަފް : ތިޔައީ ހާދަ ދެރަ ޙަބަރެކޭ
ހަބީބް : އާނ ކޮއްކޯ. ފުރުތަމަ ފިހާރައިގެ ބިމުގެ މިލްކްވެރިޔާ ކުއްލިޔަކަށް އެތަން ނެގީ ދެންހުރި ފިހާރަތަކުގެ މުވައްޒިފުން ވަކިވެގެން ދިޔައީ އެކަކުވެސް ހަރުނުލާ. ވިޔަފާރިވުންވެސް މަދުވެ އެންމެ ފަހަށް ކުލި ނުދެއްކިގެން ހުރިހާ ފިހާރަތަކެއް ވިއްކާލަން ޖެހުނީ ދެން ބެލީ ރެސްޓުއަރެންޓް ހިންގޭތޯ އެތަނުގައިވެސް އަލިފާނުގެ ތިން ހާދިސާ ހިނގާ އަތުގައި ބާކީ ހުރި ލާރި އެއްކޮށް އެތަނުގެ މަރާމާތަށް ދިޔައީ. އެންމެ ފަހަށް ނުހިނގިގެން އެތަންވެސް ބަންދުކުރީ. ކޮއްކޮ އާ ދޭތެރޭ ކަންތައް ކުރެވުނުގޮތާމެދު މައާފްއަށް އެދެން. ކޮއްކޮ ބުނިހެން ދެ ނަމާދު ދޭތެރޭ ވިޔަފާރިނުކޮށް ބަންދުކޮށް އަދި ވިހި މިނެޓުން ކޮއްލެވޭ ނަމާދަށް އިސްކަން ދެވުންނަމަ މިއަދު ބޭބެއަށް މިހާލު ނުޖެހުނީސް މިއަދު މިހުރީ މަގުމަތިވެފަ ވަންނާނެ އެއްވެސް ތަނެއް ކާނެ އެއްޗެއްވެސް ނެތް
މުޝައްރަފް : އަހަރެން ބޭބެއަށް މައާފްދީފިން. އަހަރެން ބޭބެ އުޅޭނެ ތަނެއް ދޭނަން އަދި ބޭބެއަށް ކޮންމެ މަހަކުވެސް އެއްޗެއް ދޭނަން ﷲ سُبْحَانَهُ وَ تَعَالَى އަހަރެންނަށް މިއަދުވަނީ އެތައް ނުއުމަތެއް ދެއްވާފައި އެނިއުމަތްތައް ހެޔޮގޮތުގައި އަހަރެން މިދަނީ ބޭނުން ކުރަމުން

No comments:
Post a Comment