Tuesday, May 15, 2018


ދުނިޔޭގަ މިވާ ކުޑަވަގުތުކޮޅު ބައެއް މީހުން ބޭނުން ކުރަމުންދަނީ އުފަލާމަޖަލުގައެވެ. ތިބާ މިތަނަށް ފޮނުުވުނީ ކޮންބޭނުމަކުކަމެއްވެސް ނޭނގޭ ހިސާބުގާ އުޅޭމީހުން އެބަތިއްބެވެ.
މާތްވެގެންވާ رمضان މަސް ގާތްވާތީ ގިނަބަޔަކު އުފާކުރެއެވެ. އެމަހުގެ ބަރަކާތާ ފައިދާ ލިބިގަތުމަށް ގިނަމީހުން ގަދައަޅާ ބުރަކޮށް މަސައްކަތް ކުރަން ބޭނުންވެއެވެ. ނަމަވެސް އެ މާތް މަސް އަންނާތީ ކަންބޮޑުވާ މީހުންވެސް ތިބެއެވެ.
ސަމާން އަކީ މިފަދަ މީހެކެވެ. އޭނާ އަކީ ނަމާދުކޮށް ގުރުއާން ކިޔަވާ އުޅޭމީހެއްނޫނެވެ. ޅަ އުމުރުގާ މައިންބަފައިން ވަކިވެފާވުމުން ކާންބޯން މަސައްކަތް ކުރަން މަންމަ އެދޭ ކޮންމެ ފަހަރަކު އެކަމަށް އޭނާ ދެނީ ބީރު ކަންފަތެވެ. އަދި ވީހާވެސް އަވަހަކާ ގޭން ނުކުމެގެން އޭނާގެ ރައްޓެހިން ގާތައްދެއެވެ. އެނާގެ ރައްޓެހިންނަކީ ރަށުގާ އެންމެ ގޮތްކުޑަކޮށް އުޅޭމީހުންނޭ ބުންޔަސް ގޯހަކަށް ނުވާނެވެ. ވައްކަން ކުރުން ، ރާބުއިން އަދި ޒިނޭކުރުމުގާ އަރާތިބި ބައެކެވެ. ރަށުގާ އެތައް މާރާމާރީ އެއްހިންގާ އަންހެން ކުދިންނާ ފޮށުމުގާވެސް ހައްދުފަހަނައަޅާފަވާ ބައެކެވެ. އަދި ނުވީތާކަށް رمضان މަހު އެންމެ ރޯދައެއްވެސް ހިފާބައެއްނޫނެވެ.
ސަމާން އައުމުން އެމީހުން ފުރުތަމަވެސް ބުނެލީ ރޯދަ ގާތްވިކަމެވެ. ސަމާން ހުރެލާފާ ޖަހާލީ ހިނިގަނޑެކެވެ. “މަ ނުހިފާނަން ރޯދައެއް” އެންމެން އެއްކޮށް ހޭންފެށިއެވެ. ދެން އެތަނުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ރަމްހާން އައިސް ސަމާން ގެ ކޮނޑަ އަތްވަޓާލާފާ ބުންޏެވެ. “ބުރޯ އެބޮތް މިޝަން އެއް ލިބިފަ. ކައިރީ ރަށަށް އެބަޖެހޭ ސަޕްލައިއެއް ޖައްސަން. ގޭންގް އެއްކޮއްދަނީ ޗިކުންތަކަކަށް ސަޕްލައި އިނީވެސް”
ސަމާން ވަރަށް އުފާވިއެވެ. “ލާރިކޮޅެއްލިބޭ ގޮތްވީތާދޯ. ކޮންއިރަކު ނައްޓާލަނީ؟ ” ރަމްހާން ހިނިގަނޑަކާއެކު ބުނެލިއެވެ. “މިރޭ 8 އަށް ބަނދަރަށް”
ބުނިގަޑިޔަށް ސަމާން ބަނދަރަށް ދިޔައެވެ. އަދި އެންމެން އެކުގާ އެމީހުން ގަނެފާ އޮތް ދޯނީގަ ނައްޓާލިއެވެ. 30 މިނިޓް އަށްފަހު ޖެހިގެން އޮތް ރަށަށްލެފިއްޖެއެވެ. ބަނދަރުމަތީ އެމީހުން ބަލާ ޒުވާން 2 އަންހެން ކުދިން އައިސް ތިއްބެވެ. އަދި އެކުގާ އެންމެން ހިގައިގެނެ މީހުން ނޫޅޭ ހިސާބުގާ އެމީހުންނަށް އިންތިޒާރުގާ ތިބި އަންހެން ކުދިންނާ ބައްދަލުވުއެވެ. ކުރަން އައި ވިޔަފާރި ނިންމާލުމަށް ފަހު ޕާޓީ ކޮށްލަން އެކުދިން ދައުވަތުދިނެވެ. އަދި ވަގުތުން އެމީހުން ހާސަށްކޮށް ހިފާފާވާ ގެސްޓް ހައުސްއަށްގޮސް އެމީހުންގެ ކުޅިގަނޑު ފެށިއެވެ. ނަމަވެސް މާ ގިނައިރެއްނުވެ ދޮރުވައްޓާލާފާ އެވަނީ ފުލުހުންނެވެ. އެންމެން ހައްޔަރުކޮށް މާލެ ގެންގޮސް ހުކުމް ކުރެވުނެވެ. އެންމެން އެއްކޮށް 10 އަހަރަށް ޖަލަށްލިއެވެ.
ޖަލުގާ ދުވަސްތައް ގުނަންފެށިއެވެ. ކޮންމެ ދުވަހަކީ އެހާމެ ފޫހި ދުވަހެކެވެ. ޖަލު ގަވައިދުތަކާހުރެ ގިނަފަހަރު ބޭނުން ގޮތަކަށް ނޫޅެވެއެވެ. ސަމާން މަންމަ މަތިން ވަރަށް ހަންދާން ކުރެއެވެ. އަދި އުޅޭނެހާލާ މެދުވެސް ވިސްނައެވެ. ޖަލުގާ އުޅޭ ގައިދީން އަބަދުވެސް ނަމާދަށް އައުމަށް އަދި ގުރްއާން ކިޔެވުމަށް ނަސޭހަތްތެރިވެއެވެ. ނަމަވެސް ސަމާންއާ އޭނާގެ ރައްޓެހިން އެކަމަށް ދެނީ ބީރުކަންފަތެކެވެ.
އެއްދުވަހެއްގެ ހެނދުނެވެ. މުޅި ޖަލު ގުގުމާލީ ތަކްބީރުންނެވެ. ވެގެން އުޅޭގޮތް ބަލައިލާން ސަމާންއާ އޭނާގެ ރަށްޓެހިން ދިޔައެވެ. ގައިދީއަކު ވަނީ ޖަލުގާ ނީޔާވެފައެވެ. އޭނާ އޮތީ އޭނާގެ ގޮޅީގާ ކަމާބެހޭފަރާތްތަށް އަންނަންދެކަށް ބޭވިފައެވެ.. ސަމާން އާ އޭނާގެ ރަށްޓެހިން އެގޮޅިއާ އަރާހަމަވިތަނާހެން ދުވަންފެށީ ދުވަހަކުވެސް ނުދުވާހާ މީރު ވަހެކެވެ. އަދި އެ ގައިދީ ނިޔާވެފާވަނީ ހިނިތުންވެގެންވާހާލުގައެވެ. އޭނާގެ އަތާ ފައިގެ ހަން އޮމާންވެފަ އައްޔެވެ. ސަމާން މިކަމާ ވަރަށް ހައިރާންވެ އަންތަރީސްވިއެވެ. އަދި އެންމެން އެކުގާ ގޮސް ޖަލުގެ އިމާމް ކައިރީ އެހިއެވެ. އިމާމް ދިނީ ވަރަށް ކުރު އިބްރަތުން ފުރިގެންވާ ނަސޭހަތެކެވެ. “އެ މީހަކު މަރުވެގެން ދާނީ އެމީހަކު އުޅުނުގޮތަކަށްށެވެ. ތި މީހުނަށް ތި ފެންނަނީ ހެޔޮމަރެއްގާވާ މީހެކެވެ” މިވާހަކަށް އަޑުއިވި އެންމެންވެސް ތައުބާވާން ނިންމިއެވެ. އަދި ފުރުތަމަ ފަހަރަށް އެންމެން އެކުގާ ނަމާދަށް ދިޔައެވެ. އަދި ގަވައިދުން ގުރުއާން ކިޔަވާހަދާ رمضان އައުމުން އަޅުކަމާވެގެން ބުރަވެގަނެއެވެ. ޖަލު ހުރިހާ ގައިދީންގެ ލޯބި އެމީހުން ހޯދިއެވެ. މިކަން ފާހަގަ ވުމުން ޖަލުގެ ވެރިން އެމީހުންގެ ހުކުމް ކުޑަކުރަން ކޯޓްގާއެދި އެކަން ކާމިޔާބުކޮށް އެމީހުން މުޖުތަމައުއަށް ނެރުނެވެ.
ސަމާން ފުރުތަމަސް ރަށަށް އާދެވުމުން ދުވަމުން ގޮސް މަންމަ ހޯދާ ފައިބުޑަށްވެއްޓިގަނެ ރޮއެގަތްފާ މާފަށްއެދުނެވެ. އަދި ޖަލުގެ ދުވަސްތައް ގިސްލަމުން ކިޔާދިނެވެ. ޖަލުގާ ނިޔާވި ގައިދީގެ ވާހަކަ ކިޔާދިނުމުން މަންމަވެސް ހައިރާންވެފާ ބުނެލިއެވެ. ” ދަރިފުޅާއެވެ. މަންމަ ދަރިފުޅަށް މާފްކޮށްފީމެވެ. ތީ މަންމަ ފައިތިލަ ދަށުން ސުވަރުގެ ވަންނާނޭކުއްޖެކެވެ” މަންމަ އާއެކު ވަގުތު ހޭދަކުރުމަށްފަހު ސަމާން ހިންގާގަތީ އޭނާގެ އެކުވެރިންނާ ބައްދަލުކުރާށެވެ. ނަމަވެސް ބައްދަލުވީ ކުރިން އެމީހުން ބައްދަލުކޮށް ހަދާތާކައިރި ހުންނަ މިސްކިތުންނެވެ. ސަމާން އަރާ ހަމަވިތަނާ އެންމެން އެކުގާ ބުނެލިއެވެ. “لسَّلَامُ عَلَيْكُمْ‎. ކޮބާ رمضان ވަރަށް ކައިރިވެއްޖެ” ސަމާން ހިނިގަނޑެ ޖަހަލާފާ ބުންޔެވެ. “وعليكم السلام މަ ހަމަ ތައްޔާރު”
މިހާރު ސަމާންމެންނަކީ މީހުންގެ ލޯބިލިބިފާވާ ބައެކެވެ. ކުރިން ރަށުގައި ދަށުދަރަޖާގެ އަމަލްތައް ހިންގަމުން އައި މީހުން މިހާރު އެތިބީ އަރާ އެންމެ އުހުގައެވެ. އެކި ރަށްރަށަށް ދަތުރު ދަނީ ދަރުސް ދޭންށެވެ. ﷲ سُبْحَانَهُ وَ تَعَالَى ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ކޮންމެ މީހަކަށްވެސް ﷲ سُبْحَانَهُ وَ تَعَالَى ކޮންމެސްގޮތަކުން ހެޔޮމަގު ދައްކަވާނެވެ.
ނިމުނީ

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...