މީހެއްގެ ހިތް ހަލާކުކޮއްލުމަށް ފަސްނުޖެހޭ އެތައްބަޔަކު މި މުޖްތަމާއުތެރޭ އުޅެއެވެ. ދޮގެއް ހަދައިގެން ވިޔަސް މީހެއްގެ ހިތައް އަނިޔާއެއް ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭންގޭ މީހުން މަދެއްނޫނެވެ.
ޒުލޭހާއަކީ ގްރޭޑް ބާރާގައި ކިޔަވަމުން އަންނަށް ކުއްޖެކެވެ. ކިޔެވުމުގައި މޮޅެތި ވަނަތައް ހާސިލްކޮއްފައިވާ ދަރިވަރެކެވެ. ނަމަވެސް ޒުލޭހާއަކީ ނުކުޅެދޭ ކުއްޖެކެވެ. އުމުރުން 10 އަހަރުން ފައްޓާން ފައިގެ ނާރުތަކުގެ މައްސަލަޖެހި ފުރޮޅުލީ ގޮނޑިއެއްގައި ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރަން ޖެހިފައިވާ ކުއްޖެކެވެ. ސްކޫލަށް އަންނަނީ މަންމަގެ އެހީތެރިކަމުގައެވެ. އެއަށްފަހު ސްކޫލުން ކަނޑައަޅާފައިވާ ހާއްސަ ފަރާތެއް ޒުލޭހާއަށް ސްކޫލްތެރޭގައި އެހީވެއެވެ. އެތައް ކުދިންނެއްގެ ލޯތްބެއް ޒުލޭހާވަނީ ހޯދާފައެވެ. ޒުލޭހާއަކީ ނުކުޅެދޭ ކުއްޖެއްކަމަކު ރީތިކަން ލިބިފައިވާ ކުއްޖެކެވެ. އެތައް ފިރިހެން ކުދިންނެއް ދިޔައީ ޒުލޭހާގެ ހިތް ފަތަހަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޒުލޭހާ ކޮންމެ ކުއްޖަކަށްވެސް ދެނީ އެއްޖަވާބެކެވެ. އޭނާގެ ހާލަތު ރަނގަޅަށް އެނގޭއިރު އޭނާއާ އެގޮތަށް މުއާމަލާތް ނުކުރުމަށްށެވެ.
ދުވަސްތައް ފާއިތުވެގެންގޮސް ސްކޫލް ދައުރުވެސް ނިމިއްޖެއެވެ. ޒުލޭހާ ބޭނުންވީ މަންމާއެކު ހަޔާތުގެ ބާކީ ދުވަސްތައް ރަށުގައި ހޭދަކުރާށެވެ. ޒުލޭހާގެ އެދުމުގެ ދެމައިން ރަށަށް ބަދަލުވިއެވެ. އުފަލާ ހިތްހަމަޖެހުމާއެކު ޒުލޭހާ ރަށުގައި ދިރިއުޅެންފެށިއެވެ. މަންމަގެ އެހީއާނުލާ އަމިއްލައަށް ފުރޮޅުލީ ގޮނޑީގައި ތަންތަނަށް ދަތުރު ކުރަން ފެށިއެވެ. އަދި އެތައް އަވަޓެރިންނަކަށް ކޮންމެ ދުވަހަކު ޒިޔާރަތްކުރެއެވެ. ރަށުގައި ހިނގަމުންދާ ހަރަކާތްތަކުގައި އެހީތެރިވުމަށް ޒުލޭހާ ދިޔައީ ގަވައިދުން ބައިވެރިވަމުންނެވެ. މިހެން އުޅުމުގެ ތެރޭގައި އެރަށަށް މުބާރާތް ކުޅެން އައިސް ހުރި ޒުވާނަކާ ދިމާވިއެވެ. ޒުލޭހާއަކީ އެންމެނާ ގުޅޭ ކުއްޖެއްކަމުން އިސްވެ އެޒުވާނާއާ ވާހަކަދަކަން ފެށިއެވެ. އަދި ދެމީހުންގެ މެދުގައި ރަހްމަތްތެރިކަން އުފެދި އެކަކު އަނެކަކު ފެނުމުން ހީ ސަމާސާ ކޮއްހަދައެވެ. ކޮންމެއަކަސް ރަށުތެރޭގައި އެދެމީހުން އެކުގައި އުޅޭތީ އަޅުވައި ކިޔަންވެސް ފެށިއެވެ. މި ޙަބަރު ޒުލޭހާ މަންމައަށް އިވުމުން ޒުލޭހާއާ އެއްރޭ ވަރަށް ގަދައަށް ވާހަކަދެއްކިއެވެ. ނަމަވެސް ދަރިފުޅުގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމަށްޓަކާ އެގުޅުން ކުރިއަށް ގެންދިޔުމަށް މަންމަ ހުއްދަދިނެވެ. މި އުފާވެރި ޙަބަރު ޒުލޭހާ އެޒުވާނާއާ ދިމާވުމުން ބުނިއެވެ. ޒުވާނާ އެއްވެސް ޖެހިލުމެއްނެތި އުފަލާއެކު ޒުލޭހާ ގޮތުގައި ޒުލޭހާ ބަލައިގަނެ އުޅެންފެށިއެވެ.
މިހާރު އެޒުވާނާ ދަނީ ޒުލޭހާއަށް ވެވުނު އެހީއެއްވަމުންނެވެ. ރަށުން ބޭރުގައި ހުއްޓަސް ބަރާބަރަށް ޒުލޭހާއަށް ޙަބަރުވެއެވެ. އަދި ޒުލޭހާގެ ރަށަށް އާދެވުމުން ޒުލޭހާއާއެކު އެތައްވަގުތެއް ހޭދަކުރެއެވެ. އޭނާގެ އޯގާތެރިކަމާ އަޅާލުމުގެ ސަބަބުން ފުރުތަމަ ފަހަރަށް ޒުލޭހާގެ ހިތް ފަތަހަ ކޮއްފިކަން ޒުލޭހާއަށް އެނގިއްޖެއެވެ. އެހެންކަމުން ޒުލޭހާ އިސްވެ އެޒުވާ ގާތުން ކައިވެންޏަކަށް އެދުނެވެ. ޒުވާނާ އުފަލާއެކު ކައިވެނި ކުރަން ގަބޫލްވިއެވެ. އަދި ޒުލޭހާއާއެކު އުފާވެރި ދުވަސްތައް ކުރިއަށް ގެންދިޔައެވެ.
ކައިވެސްޏަށް 4 މަސްވީއެވެ. ޒުލޭހާމެން އުފަލުގައި ވަގުތުތައް ގުނަމުން ދަނިކޮއް އެގޯޗަށް ސަލާމް ގޮވަމުން އަންހެނަކު ވަނެވެ. ސަލާމް ބަލައިގަނެ ޒުލޭހާ އެއީ ކާކުތޯ ކީއްކުރަން އައި މީހެއްތޯ އޮޅުން ފިލުވިއެވެ. އެ އަންހެން މީހާ ކިޔާދޭންފެށިއެވެ. ” އަހަރެންނަކީ ކަލޭ ތި އިނދެގެން އުޅޭ މީހާގެ އަނބި. އޭނާ އަހަރެންނަށް ފިލައިގެން އުޅޭތާ އެތައް ދުވަހެއްވެއްޖެ. ކާއެއްޗެއް ލިބެނީކީނޫން ބޯ އެއްޗެއް ލިބެނީކީ ނޫން އެންމެ ފަހަށް އަހަރެންނަށް ޙަބަރު ލުބުނީ އޭނާ މީހާކާ އިންކަން އެހެންވެ ވަރަށް ދުވަސް ވަނެދެން ހޯދަނިކޮއް މި އެނގުނީ މިރަށު މީހަކާ އިނދެގެން އުޅޭކަން އެހެންވެ އަހަރެން އައީ މި އޭނާ ބަލާ ”
ލޮލުން ކަރުނަ އޮހިރޭ ހާލު އިނދެ ޒުލޭހާ ޒުވާނާއަށް ގޮވާ ނެރެ މީ ކިހިނެއްވާ ކަމެއްތޯ އޮޅުންފިލުވިއެވެ. ޒުވާނާ ކިޔާދޭނެފެށިއެވެ. ” އޭނާ އެބުނަނީ މުޅިއަކުން ތެދެއްނޫން. ރަނގަޅު އަހަރެންނަކީ އޭނާގެ ފިރިމީހާ. އެކަމު އޭނާ ކާނެ އެއްޗެއް ބޯނެ އެއްޗެއް ނުދީއެއް ނުބަހައްޓަން. އަހަރެން އޭނާއަށް ފިލަން ޖެހުނީ އޭނާގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވީމަ. އަހަރެން ޒުލޭއާ ދިމާވިފަހުން ނަފްސާނީ ބަލިމަޑުކަންވެސް ރަނގަޅުވީ އަހަރެން ބޭނުމެއްނޫން އެންބުރި ދާކަށް ”
ފުން ނޭވާއެއް ލުމަށްފަހު ޒުލޭހާ ބުނެލިއެވެ. ” އަހަރެން އެންމެ މިއަދު ދެރަވީ އަހަރެންނަށް އޮޅުވާލައިގެން ކައިވެނި ކުރީތީ. ދެ އަތްބަށް އިންނަށް ބުނި ނަމަވެސް އަހަރެން ހުރީ އިންނަން ތައްޔާރަށް. ނަމަވެސް މިއަދު މި ދިމާވީ ވަރަ ދެރަކޮއް. ތިކޮޅުން ނިންމާ ގޮތެއް ނިންމުން ތީ ތި ދެފަރާތުގެ ކަމެއް އަހަރެންނަށް ރަނގަޅު މިވަގުތު އަހަރެން އެކަނި ކޮއްލާފައި ދިޔައީއާ ނަމަވެސް ދިޔަޔަސް އަހަރެންގެ އާދޭހަކީ ތިޔަ ދެމީހުން ސުލްހަވެރި ކަމާއެކު އުފަލުގައި ދިރި އުޅޭށެވެ. އަހަރެން ވަރިކޮއްފައި ނަމަވެސް އުފަލުގައި ތިދެމީހުން އުޅޫމަކީ އަހަރެންނަށް ލިބޭނެ ހިތްހަމަ ޖެހުމަކަށްވާނެ. ” މިހެން ބުނުމަށްފަހު އެޒުވާނާގެ މޫނަށް ހިތާމައާއެކު ބަލާލިއެވެ. އަދި ރޮވޭ ހާލު ޒުލޭހާ ގެއަށްވަނެވެ.
ބޭރުގައި ހިނގަމުންދާ ޒުވާބުގެ ކުޅިބެލުމަށް ރަށު ރައްޔިތުން ޖަމާވިއެވެ. ޒުވާނާއާ އޭނާގެ އަނބި މީހާ ދިޔައި އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އެންމެ ފަހަށް އެޒުވާބު ހުއްޓުވުމަށް ނުކުތީ ޒުލޭހާއެވެ. ޒުލޭހާ ނުކުމެ އެންމެ ފުރުތަމަވެސް ދިޔައީ ޒުވާނާގެ އަންހެނުންނަށް ނަސޭހަތްތެރިވާށެވެ. އަދި ޒުލޭހާއާ ޒުވާނާއާ ދޭތެރޭ ކަންތައްތައް ހިނގިގޮތް ތަފްސީލުކޮއް ކިޔާދީ ދެފައިބުޑަށް ވެއްޓިގަނެ ދެމީހުން ސުލްހަވުމަށް އާދޭސްކުރިއެވެ. މިމަންޒަރުފެނިފައި ރަށު ރައްޔިތުންނަށް ކެތްނުވިއެވެ. ވަރުގަދަ 10 ފަހުލަވާނުން ނުކުމެ ޒުވާނާއާ އޭނާގެ އަންހެނުން ރަށުން ބޭލިއެވެ. އަދި ރަށު ރައްޔިތުން ޒުލޭހާ ހިތްހަމަޖައްސާދޭން ނަސޭހަތްދެމުން ދިޔައެވެ. ނަމަވެސް ޒުލޭހާގެ ހިތައް ލިބިފައިވާ އަނީޔާ މާ ބޮޑެވެ. އެކަމުން އެނާއަށް ފަސޭހަކަމާއެކު އަރައި ނުގަނެވޭނެކަން އެނގެއެވެ. ޒުވާނާ ދޭތެރެއަކުން އެހެން އުޅެލާފައި ގުޅައެވެ. ނަމަވެސް ޒުލޭހާ އަބަދުވެސް އޭނާއަށް ކުރަނީ އާދެހެވެ. ހެޔޮގޮތުގައި ދިރިއުޅެންށެވެ އަދި ޒުލޭހާ މަތިން ހަނދާން ނައްޓާލުމަށްށެވެ.
– ނިމުނީ –