ޒިޔާދުއަށް ހޭލެވުނީ ބާލިދީއަކަށް ފެންތިކިތަޅާ އަޑަށްށެވެ. ކަނުބަނދެވިފައިވާ ޒިޔާދުގެ ދެއަތްވަނީ ފުރަގަހުން ބަނދެވިފައެވެ. ދެފައިވެސްވަނީ ބޭނދިފާއިން ގޮނޑިއާލާ އެއްސިފައެވެ. ހާސްވެ ކަންބޮޑުވުން އިސާހިތަކު ޒިޔާދުގެ ހަތް ފަތަހަކޮށްލިއެވެ. އޭނާ އެފަދަ ހާލެއްގާ އިންނަޖެހުނީ ކީއްވެކަން ޙުދު އޭނާއަކަށްވެސް ނޭނގެއެވެ.
ޒިޔާދު : މީހެކޭ…. މީހެކޭ މަ ސަލާމަތްކުރޭ….. މީހެކޭ
އަޑަކުން : އާ…. ޒިޔާދު ހޭލެވިއްޖެދޯ
ޒިޔާދު : ކާކުތީ؟ ކީއްވެ އަހަރެންނަށް މިހެން ހެދީ؟
އަޑަކުން : (ކުޑަކޮށް ހީލާފަ) ކަލެޔަށް ރަނގަޅަށް އެނގޭނެ ކަލޭ މިތަނަށް ގެނެވުނު ސަބަބު
ޒިޔާދު : އަޖައިބެއް މަ ކީއްތަ ކުރީ؟
އަޑަކުން : އަހަރެންނަށް އެނގޭގޮތުގަ ކަލޭތީ ވަރަށް ގިނަ އަންހެންކުދިންގެ ހިތް ކަތިލާފަވާ މީހެއް. މިއަދު އޭގެތެރެއިން ތިން ކުއްޖަކުވަނީ މި ދުނިޔެ ދޫކޮށް ގޮސްފަ. ހާއްސަކޮށް ކަލޭ ރައްޓެހިވަނީވެސް ބަލި ކުދިންނާ. އެކުދިންނަށް އޯގާތެރިވާ ކަމަށްހެދިގެން ކަލޭ އެމީހުން ފަރާތުން އެތަށް ނާޖައިޒް ފައިދާއެއްވަނީ ނަގާފަ.
ޒިޔާދު : ކޮންބަޔެއްގެ ވާހަކަ ތި ދައްކަނީ؟ މަ ތިހެންނެއްނޫޅެން
އަޑަކުން : 2008 އާތިފާ ސައީދު ހިތުގެބަލި ހުންނަކުއްޖެއް. ހިތުގެ ފުންމިނުން އެކުއްޖާ ކަލޭދެކެވީ ލޯބި ފުނޑު ފުނޑުކޮށްލުމަށްފަހު ފިލައިގެން އުޅުނީ އެންމެ ފަހަށް އެކުއްޖާ އެ ހިތާމާގަ 2010 ގަ މިދުނިޔެ ދޫކޮށްދިޔައީ
ޒިޔާދު : ކަލޭ ތި ހަދަނީ ދޮގު… ކަލޭ ތީ ކާކު…… މަ އޭނާއަށް އެހެންނެއް ނުހަދަން
އަޑަކުން : އަހަރެން ދެކުނިން އެމަންޖެ އުޅުން ހާލު ކަނީކީނޫން ބޮނީކީނޫން އެންމެ ފަހަށްކުރި ފޯންކޯލްއާ މެސެޖްވެސްވަނީ ކަލެޔަށްކޮށްފަ މިއީ ދޮގެއްތަ؟
ޒިޔާދު : (ހާސްވެފަ) އަހަރެންނަކަށް ނޭނގެ
އަޑަކުން : އަދިވެސް ކަލޭ ދޮގުތަ ހަދަން ގަސްތުތިކުރަނީ. އަދިވެސް ކިޔާދޭންވީތަ؟
ޒިޔާދު : ހުއްޓާލާ…. މަ ދޫކޮށްލާ އޭރުން ކަލޭ ބުނިވަރަކަށް ފައިސާދޭނަން
އަޑަކުން : 2011 އާމިނަތު ނަޒްމާ ދެ ކިޑްނީ ފެއިލްވެފާވާ ކުއްޖެއް. ކަލޭ އޭނާ ކައިރި އާދޭސްކޮށް ރޮއެގެން ހިތް ފަތަހަކުރީމެންނު. އަދި އެއަށްފަހު ކަލޭއަށް ވާވަރަށް ހިތްފުރުނީމާ އޭނާގެ ލޯބިވެސް މުގުރާލީމެއްނު. އެކުއްޖާ ކުރި އާދޭސް އަޑެއް ނާހާ ފެނުނީމަ ދަންނަ ކަމަށްވެސްނުހަދާ އެންމެ ފަހަށް މަގުމަތީ އެކުއްޖާ ފަލީހަތްވެސްކުރީމެއްނު. 2014 ގަ ނަޒްމާވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފަ. ކަލޭގެ ސަބަބުން
ޒިޔާދު : (ހާސްވެ މޫނުމަތިން ދާހިއްލާހާލު) ކަލެޔަށް ކިހިނެއް ތިވަރަށް މައުލޫމާތު ލިބުނީ… ކަލޭތީ ކާކު… ޔަގީނޭ ހަމިއްޓެކަން…. ކަލޭ މަށާ ގާތްކޮށްއުޅެމުން މަށަށް ކީއްވެ ތިހެން ތިހަދަނީ
އަޑަކުން : ހަމިއްޓެ؟ އޭނާ ތިޔޮށްތީނު ކަލޭ ކައިރީގަ ކަތިލެވިފަ
ޒިޔާދު : ދޮގު ތި ހަދަނީ
އަޑަކުން : ފާގަ އެއްޗެއް ޖޭހޭހެން ހީވޭތަ؟
ޒިޔާދު : (ފާގަ ފެން ޖެހޭހެން ހީވެގެން) އާނ
އަޑަކުން : އެއީ ހަމިއްޓެގެ ލޭ
ޒިޔާދު : ޔާރައްބީ….. ނުވާނެ ތިޔައީ ދޮގު
އަޑަކުން : 2016 މައިމޫނާ ހުސެން ތެލެސީމިޔާ ކެރިޔަރެއް. ކަލޭ އޭނާ ފަހަތުން އާދޭސްކޮށްގެން ކައިވެނިކުރާނަމޭ ކިޔާގެން އެތައް ދުވުމެއްދުވި. އެންމެ ފަހަށް އެކުއްޖާގެ ފަރާތުން ނާޖައިޒް ފައިދާނެގުމަށްފަހު ކަލޭ އޭނާ ދޫކޮށްދިޔައީ އަދި އޭނާގެ ފޮޓޯތައް ލީކްކޮށްލާ ފަލީހަތްކޮށްލީ އޭގެ ސަބަބުން އެކުއްޖާ އަމިއްލައަށް ފުރާނަ ދުއްވާލީ ކަނޑުފެތިގެން.
ޒިޔާދު : ކަލޭ ތީ ކާކުތަ؟ ކަލެޔަށް ކިހިނެއް ތިވަރަށް އެނގެނީ؟
އަޑަކުން : އަމިއްލަ ސިކުނޑިން ވިސްނާފިއްޔާ އެނގޭނެ މަމީ ކާކުކަން. ދެން ބައްދަލްވާނީ މާދަމާ
ޒިޔާދު : މަޑުކޮށްބަލަ…. ނުދޭބަލަ… މަ ދޫކޮށްލާ ހެޔޮނުވާނެ

ޒިޔާދު ހާސްވުމާ ކަންބޮޑުވުމަށް ގެނބިގެން ދިޔައެވެ. އެއްސިފާވާ ގޮނޑިން ސަލާމަތްވުމަށް އޭނާ ތެޅިފޮޅެންފެށިއެވެ. އެތައް އިރަކު މިހެން އުޅެނިކޮށް ގޮނޑިއާއެކު ޒިޔާދު ވެއްޓުނު ބޮނޑީގަ ބޯ ތަޅުންގަނޑުގާ ޖެހުނުލެއް ބާރުކަމުން ހޭނެތިއްޖެއެވެ.
ޒިޔާދުއަށް ހޭލެވުނީ މުޅި މީހާ ގަޔަށް ފެންއެއްޗެއް ޖެހިތަނުންނެވެ. މިފަހަރު ދެލޯމަތީ ބަނދެވިފާވާ ފޮތިގަނޑުވަނީ ނެގިފައެވެ. ނަމަވެސް ގޮނޑިޔާލާ ހަމަވަނީ ވަރުގަދައަށް އެއްސިފައެވެ. އަނދިރިކަން ގަދަ ތަނެއްގާ ބަނދެވިފާއިން ޒިޔާދުއަށް އަލިކަމެއްލިބެނީވެސް ޒިޔާދު ކުރިމަތީގަ އިން ހުދު ބޯޑަށް އެޅުވިފާވާ އަލިންނެވެ. އެ ބޯޑުގާވަނީ ތިން އަންހެންކުދިންގެ ފޮޓޯ ހަރުކުރެވިފައެވެ. އަދި ޒިޔާދު އެކުދިންނާއެކު ވާ ފޮޓޯތައްވެސްވަނީ ހަރުކުރެވިފައެވެ. ހަމައެކަނި ފޮޓޯއެއްނޫނެވެ. ކޮށްފާވާ ހުރިހާ މެސެޖެއްގެ ކޮޕީތައްވެސްމެއެވެ.
އަޑަކުން : ރަނގަޅަށް ނިދުނުތަ؟ ބަނޑުހާތަ؟
ޒިޔާދު : އަހަރެން ވަރަށް ބަނޑުހާ
އަޑަކުން : އެހެންވިއްޔާ ކަލޭ ކުރިމަތީ ތިހިރަ ބޯޑުން ބަނޑުފުރާ ކަލޭގެ ހިތްފުރިގޮތަށް
ޒިޔާދު : (ރުޅިއައިސްފަ) ކަލޭތީ ކާކުހޭ؟ މަ ދޫކޮށްލާށޭ
އަޑަކުން : (ހެމުން) ކަލޭތީ ކާކުހޭ މަ ދޫކޮށްލާށޭ
ޒިޔާދު : (އިތުރަށް ރުޅިގަދަވެފަ) މަ މީ ލޭމައްޗަށްދާ މީހެއް މަށަށް ކަމެއްވެދާނެ މަ ދޫކޮށްލާ
އަޑަކުން : އޯ… ޒިޔާދުވެސް ބަލި ދޯ….. ދެން ކަލޭ ކީއްވެ އެކުދިންގެ ހިތް ހަލާކުކުރީ؟ އެކުދިންނަކީވެސް ބަލި ކުދިންނޭ. އެކުދިން މިދުނިޔެ ދޫކުރީ ކަލެޔާހެދި.
ޒިޔާދު : ކަލޭ ބޭނުމީ ކޮންކަމެއް؟
އަޑަކުން : މަ ބޭނުމީ ކަލޭގެ ހިތް ފުރުވަން އަދި ބަނޑުވެސް ފުރުވަން. ކުރިމަތީގަ ތިހިރަ ހުރިހާ އެއްޗެއް ކާންދީގެން
ޒިޔާދު : (ހާސްވެފަ) ތިހެން ނުހަދާ އަހަންނަށް
އަޑަކުން : އެންމެ ރަނގަޅު… އެ ނުކަންޏާ ކަލޭގެ ކަނައަތްފަޅިގަ ބެހެއްޓިފާހުރި އެއްޗެހި ކާން ޖެހޭނީ

ޒިޔާދު އޭނާގެ ކަނާއަތް ފަޅިއަށް ބޯ އަނބުރާލިތަނުން ފެނިގެން ދިޔައީ ފަނޑު އަލިކަމެއް ލިބިފާވާ މޭޒެކެވެ. އެ މޭޒުމަތީގަ ތިން ފުޅި ބެހެއްޓިފާ ހުއްޓެވެ. ފުރުތަމަ ފުޅީގަވަނީ ކިސަޑުފެނެވެ. ދެވަނަފުޅީގަވަނީ ކުރަފިތަކެކެވެ. ތިންވަނަފުޅީގަވަނީ ފުޅައަޅާފަވާ ކާއެއްޗިއްސެވެ. މި މަންޒަރު ފެނުމުން ޒިޔާދު ވަރަށް ބިރުގަތެވެ.
އަޑަކުން : މީރުހެން ހީވަނީ ކޮންއެއްޗެއް؟
ޒިޔާދު : ކަލޭތީ މޮޔައެއް
އަޑަކުން : އަދި ނިމުނީކީނޫނޭ. ވައަތުފަޅީގަ ހުންނާނެ ވަކިން މީރު އެއްޗެހި

ޒިޔާދު އޭނާގެ ވައަތުފަޅިއަށް ބޯ އަނބުރާލިއިރު ފަނޑު އަލިކަމެއް ލިބިފާވާ މޭޒެއް ބެހެއްޓިފާ ހުއްޓެވެ. އެ މޭޒުމަތީގާ ތިން ތަށި ހުއްޓެވެ. ފުރުތަމަ ތަށީގާވަނީ ޖަންގްޝަން ނަޖިހެވެ. ދެވަނަ ތަށީގަވަނީ އިންސާނެއްގެ ހޮޑެވެ. ތިންވަނަ ތަށީގަވަނީ ކުޑަކުމުދާތަކެއްޗެވެ. މި މަންޒަރު ފެނުމުން ޒިޔާދު ވަރަށް ފަކުރުގަނެ ބިރުގަތެވެ.
އަޑަކުން : ވީމާ ކޮންއެއްޗެއް ކާނީ؟
ޒިޔާދު : ނުކާނަން އެކައްޗެއްވެސް
އަޑަކުން : ޕިސް ޕިސް ޕިސް… ޒިޔާދު… އެޔޮށް މީރުކޮށް ކާންހެދީމަ ތިއުޅެނީ ނުކާން. ނުކަންޏާ އަހަރެންނަށް ރަނގަޅު ބަނޑަށް މަރުވާނު. އެކަމުވެސް މިއަދު ކޮންމެވެސް އެކައްޗެއް ކަލެޔަށް މަ ކާންދޭނަން

އިރުކޮޅަކުން މުޅިތަން އަނދިރިވެގެން ދިޔައެވެ. ދެން އިވެންފެށި ފަހަތުން މީހަކު އަންނަ އަޑެވެ. އެމީހަކު ގޮސް ކަނައަތިފަޅީގަ ހުރި މޭޒުން ފުޅިތައް ތަޅުވާލިއަޑު އިވުނެވެ. އަދި އެއްޗެހިތަކެއް ޗަސްކުރާއަޑު އިވުނެވެ. ދެން އެމީހަކު ދިޔައީ ވައަތުފަޅިއަށްށެވެ. ގޮސް ވައަތުފަޅި ހުރި މޭޒު ތަށިތަކުގާ ސަމްސަލެއް ކާއްތާލިއަޑު އިވިނެވެ. އެއަށްފަހު އެމީހަކު އައިސް ޒިޔާދު ކުރިމަތީ ހުރި ބޯޑުން ކަރުދާސް ނިއުޅާ އަޑު އިވުނެވެ. ދެން އެމީހަކު ދިޔައީ ޒިޔާދުގެ ފުރަގަހަށްށެވެ. އެމީހާ ޒިޔާދުގެ ނިއްކުރީގަ ހިފަހައްޓާ ބޯ މައްޗަށް ނެގުމަށްފަހު އަނގަމައްޗަށް އެމީހާ ގެނޭ އެއްޗެހި އޮއްސާލުމަށްފަހު ގަދަކަމުން ޒިޔާދުއަށް އެތަކެތި ކާންދިނެވެ. އެއާއެކު ވަގުތުން ޒިޔާދު ހޮޑުދުއްވާލިއެވެ. އަދި ތެޅި ފޮޅެންފެށިއެވެ. އަދި އެތައް އިރަކު ހޮޑުލިޔެވެ. ލައިގެންހުރި ހުރިހާ އެއްޗެއް ހަރާބުވީއެވެ.
އަޑަކުން : ކޮބާ މީރު ދޯ؟ ބަނޑު ފުރިއްޖެތަ؟
ޒިޔާދު : (އޯކަށް ދެމެމުން) ކަލޭ….. ކަލޭތީ މޮޔައެއް. އަހަރެން ކަލޭ މަރާލާނަން
އަޑަކުން : (ހެމުން) ޒިޔާދު އަހަރެން މަރާފި…. ޒިޔާދު އަހަރެން މަރާފި… ދެން އިހަށް ގޮސްލީ

ކާންދެވުނު އެއްޗެއްގެ ސަބަބުން ޒިޔާދުގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. ބޭރަށް ހިނގަންވެސް ފަށާފިއެވެ. އަމިއްލަ ގަޔަށް ބޮޑުކަމު އެތައް ފަހަރަކު ދެވިއްޖެއެވެ. މިއީ ދުވަހަކުވެސް އޭނާ ދެކޭނެފަދަ ދުވަހެއްކަން އޭނާ ހީވެސް ނުކުރެއެވެ.
އިރުގަނޑެއްފަހު ފަހުން އަނެއްކާވެސް މީހަކު ފުރަގަހުން އަންނަ އަޑު އިވުނެވެ. އެމީހަކު އައިސް ޒިޔާދު ގަޔަށް އިންޖެކްޝަންއެއް ހަރާލިޔެވެ. އެއަށްފަހު އެމީހަކު އަނބުރާދިޔައެވެ.
އަޑަކުން : ޒިޔާދު ހާދަ ހަޑިކޮށް ތިހުރީ
ޒިޔާދު : (މާނޭވާލަމުން) ކަލޭ ކޮން އިންޖެކްޝަންއެއް އަހަރެން ގަޔަށް ތިޖެހީ
އަޑަކުން : (ހެމުން) ގަޔަށް ގުއިރުން ހުއްޓުވަން
ޒިޔާދު : ކަލޭ……. ކަލޭ…… ކަލޭ އަހަރެން މަރާލަބަލަ
އަޑަކުން : އޭރުން ކިހިނެއް ސުޒާނާއަށްވާނީ؟
ޒިޔާދު : ކަލޭ ސުޒާނާއާ ނުބެހޭތި
އަޑަކުން : އާނ ސުޒާނާ… 2018 ޖެނުއަރީ ފަހެއް. ކަލޭ އޭނާގެ ހިތް އަތުލަން މަސައްކަތްފެށިދުވަސް ބަރާބަރު ދެ މަސްތެރޭ އެތައް އާދޭހެއްކޮށްގެން އޭނާގެ ހިތްއަތުލާފި. ނަމަވެސް ސުޒާނާއަކީވެސް ބަލިކުއްޖެއް އެހެންނޫންތަ؟ މެޑިކަލް ރިކޯޑް ދައްކާގޮތުން އޭނާގެ ހިތުގަ ލޯވަޅެއް އިނދޭ. މީގެ ހަފްތާއެއްކުރިންނެއްނު ކަލޭ އޭނާ ކައިރި އިންނަންއެހީ. އެހުމަށްފަހު ނާޖައިޒްފައިދާ ނަގަން މަސައްކަތްކުރުމުން އެކުއްޖާ ކަލޭ ކައިރިން ސަލާމަތްވާން މަސައްކަތްކުރީ ނަމަވެސް ކަލޭ އޭނާ އިއްފަތް ނަގާލީމެއްނު. ގަދަކަމުން ބެހުނީމެއްނު. އެއީވެސް އިތުރަށް ކަލެޔަށް ހިތްޖައްސަން ކުރުވިކަމެއްނު. މިއީ ދޮގެއްތަ؟
ޒިޔާދު : ނޫން. އަހަރެން އެއްބަސްވަން.
އަޑަކުން : ކަލޭ އެހެންވިއްޔާ މިނިވަންވާން ވަރަށް ކައިރިވެއްޖެ. އަބަދުވެސް ތެދު ހަދަންޏާ މިނިވަންވާލެއް އަވަސްވާނެ. ދެން އިހަށް ގޮސްލީ.

ނަޖިހާއެކު ފޯވެފާވާ ޒިޔާދު ކެތްތެރިކަން ކޮޅުންލިޔެވެ. ސަލާމަތްވާން އޭނާ މަސައްކަތްފެށިއެވެ. ގޮނޑި ކޮޅުކޮޅަށް ހަލުވަމުންގޮސް އެންމެ ފަހަށް ގޮނޑިއާއެކު އޭނާ ވެއްޓިއްޖެއެވެ. އަތުގާ އައްސާފާ އޮތް ވާގަނޑު މޮހަން މަސައްކަތްފެށިއެވެ. ވަރަށް އިރުން އެކަން ކާމިޔާބުވުމުން ދެން ފާގަ ހުރި ވާގަނޑު މޮހާލިޔެވެ. އެއަށްފަހު އަނދިރިގަނޑުތެރޭ ހިނގަނިކޮށް އެއްޗެއްގަ އަޅާގަނެފާ ޒިޔާދު ވެއްޓިއްޖެއެވެ. އެއީ ކޮން އެއްޗެއްތޯ ބަލަން ޒިޔާދު ބޭނުންވެގެން އަތް ކާތަނިކޮށް އިންސާނެއްގެ މޫނުގާ އަތްޖެހުނެވެ. އެއާއެކު ބިރުން ސިހިގެން ދިޔައެވެ. އިރުކޮޅަކުން މީހަކު އަންނަ އަޑު އިވިގެން ކަނައަތުފަޅީ ހުރި މޭޒު ހޯދައިގެން އެތަނުން ބިއްލޫރި ފުޅިއެއް ހަލާލުކޮށްލުމަށްފަހު އަންނަ މީހާއަށް ހަމަލާދޭން ޒިޔާދު ތައްޔާރުވިއެވެ. އިރުކޮޅަކުން ފީ އަޑެއް އިވިފާ ދޮރެއް ހުޅުވުނުއަޑު އިވިގެންދިޔައެވެ. އެތެރެޔަށް އައި މީހާއާ ދިމާލަށް ޒިޔާދު ދުވެފާގޮސް ހަލާކުކޮށްފާވާ ބިއްލޫރި ފުޅި އެމީހާގެ ކަރަށް ގަންބާލިގޮތަށް މަރާލިޔެވެ. އެއާއެކު މުޅިތަން ދިއްލިގެން ދިޔައެވެ. ޒިޔާދު ހަމަލާދީ މަރާލެވިފާވަނީ އޭނާގެ ލޯބިވެރިޔާ ސުޒާނާއެވެ. އެއާއެކު ޒިޔާދުގެ ހިތްފަޅައިގެންދިޔައެވެ. އަދި އަޑުން އަޑުނަގާ ރޯންފެށިއެވެ. އެތައް އިރަކު ރުއިމަށްފަހު ރަނގަޅަށް ތަނަށް ނަޒަރު ހިނގާލިއެވެ. އެއީ ސުޒާނާމެން ގޭ ސިޓިންގްރޫމްއެވެ. އެއަށްފަހު މަރުވެފާވާ މީހާއަށް ނަޒަރު ހިނގާލިއެވެ. އެއީ އޭނާގެ ގާތް އެކުވެރިޔާ ހަމިއްޓެއެވެ. އޭނާ އޮތީ ބަންޑުންނެވެ. އޭނާ ގައިން ނުކުމެފަވާ ލޭތައްވަނީ ހިކިފައެވެ. ކުއްލިއަކަށް އިވުނީ މީހަކު ވާހަކަދައްކަންފެށިއެވެ.
އަޑަކުން : ޕިސް ޕިސް ޕިސް…. ޒިޔާދު ކީއްތިކުރީ…..
ޒިޔާދު : (ހާސްވެފަ) މީ މަކުރިކަމެއްނޫން މީ ކަލޭކުރިކަމެއް
އަޑަކުން : ޕޮލިހުން އެބަ އާދޭ
ޒިޔާދު : ރަނގަޅު މަ އޭރުން ހުރިހާ އެއްޗެއް ކިޔާދޭނަން
އަޑަކުން : އެމީހުން ގަބޫލްކުރާނެހެންހީވޭތަ؟ ކަލޭ އާއިލާ މީހުން ގަބޫލްކުރާނެހެން ހީވޭތަ؟ ކަލޭ އަމިއްލަ އަތުން ކަލޭ ލޯބިވެރިޔާވެސް މަރާފި
ޒިޔާދު : (ރުޅިގަދަވެފަ) މަށެއް ނޫން
އަޑަކުން : ދެން އޮތީ ދެ ގޮތެއް އެއްގޮތަކީ ކަލޭ އަމިއްލައަށް ދަންޖެހިގެން މަރުވުން އެހެންނޫނީ މުޅި ދުނިޔެއަށް ކަލޭ ފަލީހަތްވުން ފޮލިހުން އަންނާނެ ދިހަ މިނެޓްތެރޭ

ޒިޔާދު ވަރަށް ބޮޑަށް ހާސްވިއެވެ. އަދި ދެކޮޅަށް ތެޅެންފެށިއެވެ. އޭނާ ފަލީހަތްވާން އޭނާ ބޭނުމެއްނުވިއެވެ. އޭނާ އަތުން އޭނާ ލޯބިވެރިޔާވަނީ މަރުވެފައެވެ. ބޯ ހާސްވެފާއިން ޒިޔާދުއަށް ބިންމަތީގަ އޮތް ބޮޑު ފޮތިގަނޑެއް ފެނުނެވެ. އެ ފޮތިގަނޑު ފަންކާގަ އެއްސުމަށްފަހު އޭނާ ކަރުގާ އަވަސްއަވަހަށް ފޮތިގަނޑުން މަޅިއެއްހަދާ ބާރަށް އައްސާލުމަށްފަހު ގޮނޑިއެއް ގެނެސް އޭގެ މައްޗަށް އެރިއެވެ. އެންމެ ފަހު ފަހަރަށް މުޅި ތަނަށް ނަޒަރު ހިނގާލުމަށްފަހު ޒިޔާދު ހުރި ގޮނޑިން އޭނާ ފުންމާލިއެވެ. މަރަށް ތެޅިތެޅި އޮތް ޒިޔާދުއަށް ފެނިގެންދިޔައީ ދޮރުން މީހަކު ވަދެގެން އައިތަނެވެ. އެއީ ޒިޔާދު އެންމެ ފުރުތަމަ ރައްޓެހިވި އާތިފާ ސައީދުގެ ބޭބެކަމަށްވާ ހުސިން އަހްމަދްއެވެ. އޭނާ އައިސް ޒިޔާދު ފައިދަށަށް ގޮނޑި އަލުން ލިޔެވެ. އެއަށްފަހު ހިނިތުންވެލިއެވެ. ހުސިން އަހްމަދު ފަހަތުން ހަތަރު ފުލުހުންވެސްވަނެވެ. އަދި ވަގުތުން ޒިޔާދު ހައްޔަރުކުރިއެވެ.
ތަހްގީގްކުރާ ކޮޓަރީގަ ހުސިން ދިޔައީ ޒިޔާދުއާ ފުލުފުލުން ސުވާލުތައްރަމުންނެވެ. އަދި ކަން ހިނގާ ދިޔަގޮތް ކިޔާދިނުމަށް އަމުރުކުރިއެވެ. ޒިޔާދު އޭނާއަށް ދެވުނު އެންމެ ފުރިހަމަ ގޮތަކަށް ޖަވާބުދިނެވެ. ޒިޔާދުގެ ވާހަކަތައް ނިމުމުން ބޭރުގާ ހުރި ފުލުހަކަށް ހުސިން އިޝާރާތްކޮށްލިއެވެ. އެއާއެކު ކޮތަޅަކަށް ލާފަވާ ޓޭޕް ރިކޯޑަރެއް ހިފައިގެން އެމީހަކުވަނެވެ. ޓޭޕް ރިކޯޑަރު މޭޒުމަތީ ބޭނދުމަށްފަހު އޭތީގަވާ ޓޭޕް ޕްލޭކޮށްލިއެވެ. އޭގާވަނީ ސުޒާނާ ރޭޕްކުރިކަމަށް ޒިޔާދު އެއްބަސްވެފާވާކަމެވެ.
ހުސިން : ޒިޔާދު ކަލޭ ގަދަކަމުން ބަދްއަޙްލާގީ އަމްލް ހިނގިކަމާ އަދި އެއަށްފަހު އެކުއްޖާ އެކަން ފަލީހަތްކޮށްފާނެތީ ކަލޭ އޭނާ މަރާލީކަން މިއޮތީ އެނގިފަ
ޒިޔާދު : މަށެއްނޫން
ހުސިން : ފައިލްއެއްނަގާ މޭޒުމައްޗަށް އެއްލާފަ. އަހަރެންނަކީ ފޮރެންސިކް އެންމެ މަތީ އެކަކު އަދި އަހަރެންނަކީ މިތަނުގެ އެންމެ އިސް މީހާ ތިޔަ ފައިލްގަވަނީ ކަލޭގެ ޑީއެންއޭ ދިމާވާކަމަށް (އިތުރު ގަނޑެއް ނަގާފަ) މިއީ ކަލޭގެ ޔޫރިން ޓެސްޓް ކަލޭ މަސްތުވާ ތަކެތި ބޭނުން ކުރިކަން އެބަހުރި އެނގެން އަދި އިތުރު ހެކި ދައްކަންވީތަ ކެމެރާއިން

ތަހްގީގް ކުރާ ކޮޓަރީގަ އިން ޓީވިން ހުސިން ސެކިއުރިޓީ ކެމެރާއިން ނެގިފާހުރި މަންޒަރުތައް ދައްކާލިއެވެ. އޭގެން ފެންނަނީ މަސްތުގެ ހާލުގާހުރި ޒިޔާދުގޮސް ސުޒާނާމެންގޭ ދޮރުމަތީ މަޑުކޮށްގެންހުރި އޭނާގެ އެންމެ ގާތް އެކުވެރިޔާ ހަމިއްޓެ ގޮވައިގެން އެގެޔަށް ވަންނަތަނެވެ. އޭގެ އެއްގަޑިއިރުފަހު ސުޒާނާ ގެއަށް އައިސް ވަންނަތަން ކެމެރާއަށް އަރާފައިދެއެވެ.
ކުއްލިޔަކަށް ކަންތައް ހިނގާ ދިޔަގޮތް ޒިޔާދު ލޯމައްޗަށް ފެނިގެންދާންފެށިއެވެ.
ޒިޔާދުއާ ހަމިއްޓެ ސުޒާނާމެންގޭ ސިޓިންގްރޫމްގަ
=======================
ޒިޔާދު : ކޮބާ ނޫސްވެރިކަން ކިހިނެއްދަނީ
ހަމިއްޓެ : ރަނގަޅު ބުރޯ
ޒިޔާދު : ކޮބާ ކަލޭ ގެންގުޅޭ ބާ ޓޭޕް ރިކޯޑަރުގަނޑު
ހަމިއްޓެ : އެ ހިފާނެއްނު ދެން އަބަދުވެސް އުޅޭނީ
ޒިޔާދު : ހޫނ މަށަށް ތިކަން އެނގޭ
ހަމިއްޓެ : ބުރޯ ކިހިނެއް މިރޭ ހަދާނީ އެމަންޖެއަށް
ޒިޔާދު : ހަމަ ރޭޕް
ހަމިއްޓެ : އެމަންޖެ އަންނާނެ ގަޑިޔެއްވެސް ނޭނގޭނު
ޒިޔާދު : އަންނަންދެން ކަމެއް ކުރީމަ ވީނު
ހަމިއްޓެ : (ޖީބުން މަސްތުވާތަކެތި ނަގާފަ) މިއީ އެންމެ ފަހުގެ. ވަރަށް ބާރުގަދަވާނެ މީހާއަށް އެކި ގޮތްގޮތްވާނެ ބައެއްފަހަރު މީހަކު ވާހަކަދައްކާހެންވެސް ހީވާނެ. ރީއްޗަށް ބުނާނަމަ ހެލޫސަނޭޝަންސް ފެނުން އެކަށީގެންވޭ. ރަނގަޅުވާނީ އިހަށް އައްސައިގެން މި ޓެސްޓްކުރިއްޔާ
ޒިޔާދު : އޯކޭ.. މަމީ ކަލޭގެ ހޮސްޓެޖްއެއް. އަވަސްކުރޭ
ހަމިއްޓެ : (ގުޅަތައް ފެންތައްޓަކަށް އަޅަ ގިރުވާލާފަ) އަން
ޒިޔާދު : ދެން ކޮށްބަލަ ހޮސްޓެޖުންނާ ކުރާކަހަލަ ސުވާލުތައް. ޓޭޕް ރިކޯޑަރުގަނޑު ޖައްސާތި
ހަމިއްޓެ : (އެތައް އިރަކަށްފަހު އެންމެ ފަހު ސުވާލަކަށް ޓޭޕްރިކޯޑަރު ޖައްސާލަމުން) އާނ ސުޒާނާ… 2018 ޖެނުއަރީ ފަހެއް. ކަލޭ އޭނާގެ ހިތް އަތުލަން މަސައްކަތްފެށިދުވަސް ބަރާބަރު ދެ މަސްތެރޭ އެތައް އާދޭހެއްކޮށްގެން އޭނާގެ ހިތްއަތުލާފި. ނަމަވެސް ސުޒާނާއަކީވެސް ބަލިކުއްޖެއް އެހެންނޫންތަ؟ މެޑިކަލް ރިކޯޑް ދައްކާގޮތުން އޭނާގެ ހިތުގަ ލޯވަޅެއް އިނދޭ. މީގެ ހަފްތާއެއްކުރިންނެއްނު ކަލޭ އޭނާ ކައިރި އިންނަންއެހީ. އެހުމަށްފަހު ނާޖައިޒްފައިދާ ނަގަން މަސައްކަތްކުރުމުން އެކުއްޖާ ކަލޭ ކައިރިން ސަލާމަތްވާން މަސައްކަތްކުރީ ނަމަވެސް ކަލޭ އޭނާ އިއްފަތް ނަގާލީމެއްނު. ގަދަކަމުން ބެހުނީމެއްނު. އެއީވެސް އިތުރަށް ކަލެޔަށް ހިތްޖައްސަން ކުރުވިކަމެއްނު. މިއީ ދޮގެއްތަ؟

ބާރުގަދަ މަސްތުވާތަކެތީގެ ސަބަބުން ޒިޔާދު ކޮންޓްރޯލުން ނެއްޓިއެވެ. އައްސާފަ އިން ގޮނޑިން ވާގަނޑުތައް ނައްޓާލުމަށްފަހު ހަމިއްޓެއަށް ހަމަލާދެމުންގޮސް އޭނާގެ ބަނޑަށް ބިއްލޫރި ފުޅިއެއް ތަޅާލުމަށްފަހު ހަރާލިއެވެ. އަދި ހަމިއްޓެ މަރާލުމަށްފަހު ގޮސް ގޮނޑީގަ އިށީންދް ގަދަޔަށް ހޮޑުލިޔެވެ. އެއަށްފަހު މީހަކު އަންނަ އަޑު އިވިގެން އަނެއްކާވެސް ހަމަލާދޭން ތައްޔާރުވިއެވެ. ދޮރު ހުޅުވާފަވަތް ސުޒާނާގެ ކަރަށް ދުވެފަ އައިސް ތަޅާލާފަވާ ފުޅި ހަރާލިތަނުން ޒިޔާދުއަށް ހޭވެރިކަންވީކަން އޭނާ ހަނދާނަށްއައެވެ.
===============================
އިތުރު ގޮތެއްނެތި ތަހްގީގަށް އެއްބަރުލުންދިނެވެ. ދެމީހުންގެ ގާތިލް ޒިޔާދު އުމުރަށް ޖަލަށް ލެވިގެން ދިޔައެވެ. ފަސްއަހަރު ފަހުން އިވިގެން ދިޔައީ ޒިޔާދުއަށް ކުރެވުނު ކަންތަކާހެދި ކެތްނުވެގެން އަމިއްލައަށް ދަންޖެހިގެން މަރުވި ޙަބަރެވެ.

No comments:
Post a Comment