Tuesday, November 3, 2020

 


މަސްތުވާތަކެތީގަ ޖެހި ޒުވާން ޖީލު ހަލާކުވެއްޖެއެވެ. މަސްތުވާތަކެތި ވިއްކާން ވިޔަފާރިކުރާ މީހުން މުއްސަނދިވެ ގިނަވެއްޖެއެވެ. ހުރީހާ ބާރެއް ފޭރިގަނެފިޔެވެ. އަމަން އަމާންކަން ނަގާލާފިޔެވެ. ހެވެއް ނުބައެއް ބެލުމެއްނެތި ސީދާ ދުނިޔޭގެ ލައްޒަތަށް ގޮސް އެބައިމީހުން ހުސްވެ ނިމިއްޖެއެވެ. އާހިރަތަށް ނުވިސްނި އެބައިމީހުންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

ކަރީމްއަކީ ރާއްޖެތެރޭ ޒުވާނެކެވެ. ކުރާ މަސައްކަތަކީ މަސް ހިއްކާން ވިއްކުމެވެ. ރަނގަލު އާމްދަނީއެއް އަބަދުވެސް ލިބެމުންދިޔައެވެ. އޭގެން ދެކޮޅު ޖެހެއެވެ. ކަރީމްގެ މިންނަތް މަސައްކަތުން ގިނަ ބަޔަކަށް އޭނާގެ އެހީ ލިބެމުންދިޔައެވެ. އެކަމުގެ ސަބަބުން އޭނާގެ ގަދަރު ރަށުތެރޭވަނީ ވަރަށް ބޮޑަށް އުފުއްލިފައެވެ. ނަމަވެސް ކަރީމްގެ ކޮއްކޮ އަހުސަންއަކީ އޭގެ އިދިކޮޅެވެ. ކުރާ މަސައްކަތެއްނޯވެއެވެ. އަބަދު ރައްޓެހިންނާއެކު ރަށުތެރޭ އެނބުރެނީޔެވެ. މީހުންނަށް ފުރައްސާރަކޮށް އުނދަގޫ ކުރުމަކީ އޭނާ އަބަދުވެސް ކުރާހިތްވާކަމެކެވެ. އޭނާއާ ބެހޭގޮތުން އެތައް ޝަކުވާއެއް ކަރީމްއަށް ލިބި އެތައް ފަހަރަކު ނަސޭހަތްދިނެވެ. ނަމަވެސް އޭނާ ގޮތްދޫނުކުރެއެވެ.

އެހެން ދުވަސްތަކެކޭވެސް އެއްގޮތައް ކަރީމް މިއަދުވެސް މަސައްކަތުދިޔައެވެ. ވަރަށް ބުރަކޮށް އުޅެލާފަ އައިސް ލިބުނު ފައިސާކޮޅު ކަބަޑަށްލުމަށްފަހު ފެންވަރާލަންވަނެވެ. އިރުކޮޅެއް ކޮއްލާފަ ނުކުތްއިރު ކަބަޑުހުރީ ހުޅުވާފައެވެ. ކަރީމް ގޮސް ބަލާލިއިރު ފައިސާތަކެއްނެތެވެ. އަވަސް އަވަހަށް ރީތިވެލާން ބޭރަށް ނުކުންނަން ދިޔައިރު އަހުސަން ޖޯލީގަ އިންތަން ފެނިގެން އަހުސަން ކައިރީގޮސް އިށިނެވެ.

ކަރީމް : ކޮއްކޯ. ބޭބެގެ ކޮޓަރިން ވައްކަން ކޮއްފި
އަހުސަން : އޭނ. ހަމަ ތެދެއްތަ؟
ކަރީމް : އާނ ކޮއްކޯ. ބޭބެ ވަރަށް މުހިއްމު ކަމަކު އެއްކުރާ ފައިސާތަކެއް އެއީ
އަހުސަން : ދެން އަހަރެން ކިހިނެއް ހަދަންވީ
ކަރީމް : ކޮއްކޮއަށް ރަށު އެންމެން އެނގޭނެ ބަލާދީބަލަ
އަހުސަން : އެންމެ ރަނގަޅު

އަހުސަން ގެއިން ނުކުމެގެންގޮސް އޭނާގެ ރައްޓެހިންތިބޭ ތަނަށްދިޔައެވެ. އަދި ބާރު ބާރަށް ހިނިގަނޑެއްޖަހާލާފަ ފައިސާތައް ޖީބުންނަގާ ރައްޓެހިންނަށް ދައްކާލިޔެވެ.

އަހުސަން : މިއަދު ރެޑްބުލް މަގޭ ހަރަދު
ޝަމީލް : ކަލޭ ކޮންތާކުން ހޯދި ފައިސާއެއް؟
އަކްރަމް : ޔަގީނޭ ބޭބެގެ ފައިސާތައް ކަޓުވާލީކަން
އަހުސަން : ކޮބާ މައްސަލައަކީ؟ ކަލޭމެނަށް ރެޑްބުލް ލިބޭންނު
ޝަމީލް : ރެޑްބުލްއަށްވުރެ މާ ސަޅިއެއްޗެއް އެބޮތް ކަލެޔަށް ބޯން ކެރެންޏާ ދީފާނަން
އަހުސަން : ކޯންޗެއް؟
ޝަމީލް : (އޮޅާފައޮތް އެއްޗެއް ދެމުން) ރެޑްބުލްއަށްވުރެ ޑަބަލް ސަޅިވާނެ. ޓްރައިއެއް ޖަހާލާބަލަ

އަހުސަން ޝަމީލް ދިން އޮޅާފަ އޮތް އެތީގާ ރޯކޮއްލާން ދަމާލިޔެވެ. އެޔާއެކު އޭނާ ފުރުތަމަ ފަހަރަށް މަސްތުވާތަކެތި ރަހަބެލުނެވެ. މިކަން އޭނާއަށްވީ ވަރަށްވެސް ސަޅި ކަމަކަށްށެވެ. އިތުރަށް ބޯލަން އުޅެނިކޮށް އަހުސަން އަތުން ޝަމީލް އެ އަތުލުމަށްފަހު އަގުދިނުމަށް ބުންޏެވެ. އަހުސަން އަތުގާހުރި ފައިސާއިން އެޔަށް އަގު ދެއްކުމަށްފަހު އެ ހިފާގެން ގޮސް އޭނާގެ ކޮޓަރިޔަށްވަދެ އެ ބޭނުންކުރަންފެށިޔެވެ. އޭނާއަށް ވަރަށްވެސް އެކަން ސަޅިކަމަކަށްވިޔެވެ. އަދި އިތުރަށް އެ ހޯދުމަށް އޭނާ ނިންމިޔެވެ.

ދުވަހެއް ދުވަހަކަށް އަހުސަން ދިޔައީ މަސްތުވާތެތީގާ ދެވިހިފަމުންނެވެ. އެޔާ ނުލާ ހަމަ ނުވެސް އުޅެވެނީއެވެ. ފައިސާ ލިބޭނެ ގޮތެއް ނެތިފާ ހުރުމުން ގޭތެރެއިން ކުރަމުން އައި ވައްކަންތައް ފުޅާކޮށް އެކި މީހުން ގެއިން ވައްކަންކުރިޔެވެ. އަދި ނިމުނީކީނޫނެވެ. މަގު ފޭރުންވެސް ފަށާގަތެވެ. މީހުންނަށް ބިރު ދައްކަންވެސް ފެށިޔެވެ. މީހާ ހުންނަނީ ހަމައިން ނައްޓާފައެވެ. ދެލޯ އަބަދު ހުންނަނީ ބޮޑުވެފައެވެ. މަސްތުވާތެކެއްޗާނުލާ ލޮލުފިޔަވެސް ޖަހާނުލައެވެ. އެންމެ ފަހަށް އަހުސަންގެ ކަންތައް ބޮޑުވެގެން ކަރީމް އޭނާ ފުލުހުންނާ ހަވާލުކުރިޔެވެ. ނަމަވެސް ގިނަދުވަސްތަކެއްނުވެ ދޫކޮށްލިޔެވެ. ރަށަށް އައި ގޮތައް ދެންފެށީ މަސްތުވާތަކެތި ވިޔަފާރިކުރާށެވެ. މުޅި ރަށް އޭނާގެ ކޮންޓްރޯލްދަށަށްގެނެސް ޒުވާނުން ހަލާކުކުރަންފެށިޔެވެ. ފަނަރަ ސޯޅަ އަހަރުގެ ކުދިންނަށް ދަޅާ އެއްޗެހިދީގެން މަސްތުވާތަކެތި އެކުދިންލައްވާ އުފުއްލިޔެވެ. ދުވަސްގަނޑަކަށްފަހު އަހުސަންވީ ރަށުގާހުރި އެންމެ މުއްސަނދި މީހާއަށްށެވެ. ދުވާލެއްގެ މައްޗަށް ލިބޭ ފައިސާ އެތައް ގުނައަކަށް ގިނަވެގެންދިޔައެވެ. އެޔާއެކު އޭނާއަށް ދުނިޔެ ރަންވެގެންދިޔައެވެ. މަސްތުވާތަކެތި ގަދަޔަށް ބޭނުންކުރަންފެށިޔެވެ. މި މަންޒަރު ފެނިފާ އަހުސަންގެ ބޭބެ ކަރީމް އެއްދުވަހަކު އޭނާއާ ބައްދަލްކުރިޔެވެ.

ކަރީމް : ކޮއްކޮ ކިހިނެއް ތިއުޅެނީ؟
އަހުސަން : މަ އުޅޭނީ މަ ބޭނުން ގޮތަކަށް އެނގިއްޖެ ކަލެޔަށް ލިބުނުދުވަހު ކަލޭ އުޅެމުން އައީ ކަލޭ ބޭނުންގޮތަކަށްނު
ކަރީމް : އަހަރެން އުޅުނީ ހަލާލު ފައިސާ ހޯދައިގެން ކަލޭ ތިއުޅެނީ ހަރާމް ފައިސާ ހޯދާން ތިކަން ހުއްޓާލަން އުޅޭ
އަހުސަން : ކަލޭ ތީ ކާކު މަށަށް ނަސޭހަތްދޭން. ނުކުމޭ މިގެއިން. އަހަރެންނަކީ މުއްސަންޖެއް އަހަރެން ބޭނުން އެއްޗެއް އަހަރެން ބޯނަން. އެއީކީ ކަލޭޔާ ބެހޭކަމެއްނޫން. އަހަރެން ކަށްވަޅަށް ދަންދެންވެސް މި ބޭނުންކުރާނަން. އަހަރެން ހުއްޓެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ
ކަރީމް : ކޮއްކޯ ހުއްޓާލާ ތި ބުނެވޭ އެއްޗަކުން ކަލެޔަށް އަޒާބެއްވެސް އަތުވެދާނެ
އަހުސަން : ނުކުމޭ ހަމަ މިހާރު ނުކުމޭ ކަލެޔާ ކޮން ބެހޭކަމެއް. މަގޭ ދިރިއުޅުމަށް ވަންނަން ހަދާނެކަމެއްނެތް ނުކުމޭ

ކަރީމް ގައިގާ ތަޅާގަނެގެން ގެއިން ނެރެ އެއްލާލުމަށްފަހު އަހުސަން އޭނާގެ ސޯފާގާ ޖައްސާލިގޮތައް މަސްތުވާތަކެތި ނޭފަތުތެރެޔަށް ދަމާލުމަށްފަހު ދެފަހަރު ލޯމަރާލިޔެވެ.

ކަރީމް ގެޔަށްގޮސް ގައިންތާހިރުވެގެން ނަމާދަށް ދިޔުމަށްޓަކާ ގެއިން ނުކުތްތަނުން އަހުސަންގެ އެކުވެރި ޝަމީލު ދުވަމުން އައިސް ކަރީމް ކުރިމައްޗަށް ހުއްޓި މާނޭވާލާންފެށިޔެވެ. ޝަމީލްގެ މޫނުމަތިން ފެންނަމުންދިޔައީ ބިރުވެރިކަމާ ހާސްކަމެވެ.

ކަރީމް : ޝަމީލް. ހާދަ ހާސްވެފަ ކިހިނެއްވީ އަނެއްކާ؟
ޝަމީލް : ކަރީމްބޭ. ކަމަކުދާކަށްނެތް. ކަލޭ ކޮއްކޮ އެބޮތް މަރުވެފަ
ކަރީމް : އޭނ؟ މަރުވެފައޭ
ޝަމީލް : އާނ ބޭބޭ. އޭނާ މަރުވެފާ އޮތްގޮތް ހާދަ ބިރުވެރިޔޭ. މަ އެ މަންޒަރު ފެނުމުން ބިރުން އެގެއިން ނުކުމެގެން މިއައީ
ކަރީމް : ހިނގާބަލަ މަ ގޮވާގެންދާން
ޝަމީލް : ގޮސްފާނަން އެކަމު މަށަށްވާ ލާހިކެއްނޫން އެގެޔަށް ވަންނާކަށް

ކަރީމްއާއެކު ޝަމީލްވެސް އަހުސަންމެންގޭދޮށަށް ދިޔުމަށްފަހު ޝަމީލް ބޭރުގާ މަޑުކުރިޔެވެ. ކަރީމް އޭނާގެ ކޮއްކޮގެ ގެޔަށް ވަދެގެންދިޔައިރު މުޅި ގެއިންދުވަނީ ކުނިވަހެވެ. ކަރީމް ސިޓިންރޫމްއަށް ވަތްއިރު އަހުސަން ސޯފާމަތީގާ އިންގޮތައްއިނެވެ. ހަރުވެފައެވެ. މޫނުމަތިން ފެންނަނީ ބިރުވެރިކަމާ އެއްވެސް އުންމީދެއްނެތްތަނެވެ. ދޫވަނީ ބޭރަށް ނުކުމެ ދެބުރިވެފައެވެ. މޫނުމަތިވަނީ ކަޅުވެފައެވެ. ބައެއް ތަންތަން ވިރި ދުޅަވެފައެވެ. އަތުގެ އިނގިލިތައްވަނީ ބަނޑިބަނޑިވެފައެވެ. މީހާގެ ގައިގެ ހަމުގެކުލަވަނީ އަޅިނޫކުލައަކަށް ބަދަލްވެފައެވެ. ދެލޯވަނީ ބޮޑުވެ ނުކުމެފައެވެ. ކުރިމަތިން އެ ފެނުނު ބިރުވެރިކަމެއްގެ ބޮޑުކަމުންނެވެ. އޭނާ އިން ސޯފާކުރިމަތީ އޭނާ ބޭނުންކުރާ މަސްތުވާ ސާމާނަ ފައިސާތައް ހުރިގޮތައް ހުއްޓެވެ. ކަރީމް އޭނާގެ ކޮއްކޮގެ ފުރާނަނެތް ހަށިގަނޑުގާ ބެޑްޝީޓެއްއަޅާ ފޮރުވާލިޔެވެ. އޭނާގެ ކޮއްކޮ ނިމިގެން ދިޔަގޮތާމެދު ހިތާމަކުރަންފެށިޔެވެ. ކޮންފަދަ ނުބައި ނިމުމެއްތޯއެވެ.

 


އަޒީޒްއާ އޭނާގެ ރަހްމަތްތެރިންނަކީ ވަގުންނެވެ. މަކަރާ ހީލަތުގާ އަރާތިބި ބަޔެކެވެ. އިންޓަނެޓް މެދުވެރިކޮށް ވައްކަން ކުރާނެ ގޮތްތައް ދަސްކޮށްގެން އެތައް ބަޔެއްގެ މުދަލަށް އެމީހުންވަނީ ގެއްލުންދީފައެވެ. މިކަން އެމީހުންނަށްވަނީ މަޖާ ކަމަކަށްށެވެ.

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް އަޒީޒްމެން ރާވަމުންދިޔައީ އެމީހުންގެ ދުވަސް ގެންދާނެގޮތެވެ. މިއަދު އަޒީޒްމެން ރާވާފާ އޮތީ އެންމެ ފުރުތަމަވެސް ސަލާން ޖަހަން ނުކުންނަންށެވެ. އޭޓީއެމްތައް ދޮށަށްގޮސް އެތާ މަޑުކޮށް އެތަނަށް ވަންނަ މީހުންގާތުން ފައިސާދޭންކިޔަންށެވެ. މި މަގުސަދުގާ ނުކުމެ ދެބަޔަކަށް އެމީހުން ބެހިގަތެވެ. އެއްބަޔަކު ހެންވޭރަށް އަނެއްބަޔަކު މާފަންނަށްށެވެ. އޭޓީއެމްތައް ކައިރިޔަށްގޮސް މެންދުރުވަންދެން ސަލާންޖަހަން ތިބުމަށްފަހު ލިބުނު ފައިސާއިން ހޮޓަލަށް އެންމެންގޮސް އެތަނުގާ ބެހިގަނެ އެކި މީހުންގާތުން ސައިދޭން ކިޔަންފެށިޔެވެ. މިހެން އުލުމުގެތެރޭގާ މުސްކުޅި ބަޔަކާ ޖެހި ކުޑަވަރެއްގެ ހަމަނުޖެހުމެއް ހޮޓާތެރޭހިނގާ އަޒީޒްމެން އެތަނުން ނުކުންނަން މަޖްބޫރުވިޔެވެ. ދެންވެސް ވަކި ދުލެއް ނުދިނެވެ. އެހެން ހޮޓާތަކަށްވަދެ އެމީހުންގެ ކުޅިވަރު ކުރިޔަށް ގެންދިޔައެވެ. މިގޮތައް ހަވީރުވަންދެން އުޅުމަށްފަހު އެންމެންވެސް ގެޔަށްދިޔައެވެ.

ޖެހިގެން އައި ދުވަހު އަޒީޒްގެ ރަހްމަތްތެރިޔެއްކަމަށްވާ ސުޒޭން އޭނާ ހޯދަން އައިސް ދެމީހުން އެކުގާ ސައިކަލް ދުއްވާލަންދިޔައެވެ. ދިޔަ މަގުމަތީ އަންހެން ކުދިންނާ ފޮށި ޖެއްސުންކުރަންފެށިޔެވެ. މިހެން ދަމުންގޮސް ހިނގާފާ ދިޔަ މެދު އުމުރުގެ އަންހެނެއްގެ ދަބަސް ސައިކަލްގަ އައި ގޮތައް ޖަހާގަނެގެން ދެމީހުންދިޔައެވެ. އެ އަންހެން މީހާ ވަރަށް ބާރަށް ހަޅޭއްލަވަމުން ރޮއެހޭރެމުންދިޔައެވެ. އަޒީޒްއަށް އެ އަޑު އިވުން އިރުވެސް ހިތަކަށް އެއްވެސް އަސަރެއް ނުކުރިޔެވެ. ދެމީހުންގޮސް އަޒީޒްމެންގެޔަށްވަދެ ދަބަސް ހާވަމުންދިޔައެވެ. އެންމެ ފުރުތަމަވެސް ފެނުނީ މެދުފަންތީގެ ފޯނެކެވެ. އޭތީގެ ޑިސްޕްލޭވަނީ އަރިމަތިން ތަޅާންގޮސްފައެވެ. ޑިސްޕްލޭގާ ތުއްތު ކުއްޖެއްގެ ފޮޓޯއިނެވެ. އަޒީޒް އެ ފޮޓޯއަށް މާ ބޮޑު ސަމާލުކަމެއްނުދީ ފޯނު ބޭއްވުމަށްފަހު ދަބަހުން އަންހެން މީހާ ވޮލެޓް ހޯދާ ނެގުމަށްފަހު އެ ހާވާލިޔެވެ. އޭގާ އޮތީ ފަންސާސްހާސް ރުފިޔާއާ ދެ އައިޑީކާޑެވެ. އެއީ އަންހެންމީހާގެ އައިޑީ ކާޑާ ތުއްތު ކުއްޖެގެ އައިޑީ ކާޑެވެ. ފަސްހާސް ރުފިޔާ ދެމީހުންނަށް ބަހާލުމަށްފަހު އަންހެންމީހާ ދަބަހާ ފޯނު ވިއްކާލަން ބޭނދުމަށް އަޒީޒް ނިންމިޔެވެ.

ދެދުވަސްފަހުން މީސްމީޑިޔާ ހާވަމުންދަނިކޮށް އަޒީޒްއަށް ޕޯސްޓްއެއް ފެނިގެންދިޔައެވެ. އެ ޕޯސްޓްގާވަނީ އެއްކަލަ އަންހެންމީހާއާ ތުއްތު ކުއްޖާގެ ފޮޓޯއެވެ. އެ ޕޯސްޓްގާ ސުރުހީކޮށް ލިޔެފާވާ ލިޔުމެއް އަޒީޒް ލޮލުގާ އަޅާގަތެވެ. " މީގެ ތިން ދުވަސް ކުރިން އަޅުގަނޑުގެ ދަބަސްވަނީ ދެ ޒުވާނަކު ފޭރިގަނެފައެވެ. އޭގާ ފަސްހާސް ރުފިޔާގެ އިތުރުން އަޅުގަނޑުމެން ދެމައިންގެ އައިޑީ ކާރްޑްތައްވާނެއެވެ. އެ ފައިސާއަކީ އަޅުގަނޑުގެ މި ތުއްތު ދަރިފުޅުގެ އޮޕޮރޭޝަންއަށް ބޭނުންވާ ފައިސާއެވެ. އަޅުގަނޑުގެ ދަރިފުޅުވަނީ ހިތުގެ ވަރަށް ބޮޑު ބަލިކަމެއްގައެވެ. އެހެންކަމުން އެ ފައިސާނެތި އެއްވެސް ކަމެއް ވާކަށްނެތެވެ. ހެޔޮނުވާނެ ތި ފައިސާ ގެންދިޔަ މީހުން ކައިރި އާދޭސްކޮށްފާ މި ބުނަނީ އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދިނުމަށް ތި ފައިސާ އަހަރެންނަށް އަނބުރާ ގެނެސްދީ " އެ ޕޯސްޓްގާ ލިޔެވިފާވެއެވެ.

އަޒީޒްގެ ހިތަށް އަސަރުކުރަންފެށީ އެހިސާބުންނެވެ. ވަގެއް ކަމަކު އޭނާއަކީވެސް އިންސާނެކެވެ. ވަގުތުން އޭނާގެ ރަހްމަތްތެރިޔާއަށް ގުޅާ ހުރިހާ އެއްޗެއް ކިޔާދިނެވެ. އެހިސާބުން އޭނާގެ ރަހްމަތްތެރިޔާއަށް ދިން ފައިސާތައް ހިފާގެން އައިސް އަޒީޒްއާ ހަވާލުކުރިޔެވެ. އަޒީޒް އޭނާގެ ރަހްމަތްތެރިޔާގެ އެހީޔާއެކު އަންހެންމީހާ ހޯދުމުގެ މަސައްކަތްފެށިޔެވެ. އެނގުނުގޮތުގާ އެ އަންހެންމީހާ ދިރިއުޅެނީ ހެންވޭރުކޮޅުކަމުން އެހިސާބަށްގޮސް އަންހެންމީހާ ގެޔާ ތަންކޮޅެއް ދުރަށް މަޑުކޮށް އަޒީޒް ޖީބަށް ފައިސާތަކާ އައިޑީ ކާޑްތައް ލައިގެން ހިނގާގަތްތަނުން އެމްބިޔުލާސްއެއް އައިސް އެގޭ ކައިރިއަށް މަޑުކޮށްލިޔެވެ. އެގެއިން އަންހެންމީހާ އޭނާގެ ދަރިފުޅު ކޮނޑަށް ލައިގެން ދުވަމުން ނުކުމެ އެމްބިޔުލާންސްއަށް އެރިތަން އަޒީޒްއަށް ފެނުނެވެ. އަޒީޒް އަވަހަށް ގޮސް އޭނާ ރަހްމަތްތެރިޔާއާއެކު ސައިކަލްގާ އެމްބިޔުލާންސް ފަހަތުން ގޮސް ހޮސްޕިޓަލްއަށްވަނެވެ. އަންހެންމީހާ ދިޔަ ގޮތައްވަނީ އިމަޖެންސީއަށްށެވެ. އޭނާގެ ދަރިފުޅު ސަލާމަތްކޮށްދިނުމަށްއެދި ރޮމުންނެވެ. މި މަންޒަރުން އަޒީޒް ވަރަށް ހިތްދަތިވިޔެވެ. ރަހްމަތްތެރިޔާ ފޮނުވާލާފަ އަޒީޒް ހޮސްޕިޓަލްގާ މަޑުކުރިޔެވެ. އަންހެން މީހާ އިމަޖެންސީން ނުކުމެ ގޮނޑީގާ އިށީންދެ ދެ އަތް ބޮލުގާ އަޅާގެންއިންތަން އަޒީޒްއަށް ފެނުނެވެ. އަޒީޒް ކައިރިން ދިޔަ ނަރުސް ކުއްޖަކާ ދެމައިންގެ އައިޑީ ކާޑް ހަވާލުކޮށް ހުރިހާ ކަމެއް ކުރިޔަށްގެންދިޔުމަށް އެނގިޔެވެ.

ދުރުގާ ބަލަން ނުހުރެ ވަރަށް ހިތްވަރުކޮށްލާފާ އަޒީޒް ގޮސް އަންހެންމީހާ ކައިރީގާ އިށީނެވެ. އަންހެންމީހާ ކާކުތޯ ބަލާލަން ބޯހިއްލާލިޔެވެ. އެހިނދު އަޒީޒް ލޮލުން ކަރުނަ ފައިބަންފެށިޔެވެ.

އަޒީޒް : ދައްތާ އަހަރެންނަށް މައާފްކުރޭ
އަންހެންމީހާ : ތިޔައީ ކާކު؟
އަޒީޒް : އަހަރެންނަކީ ދައްތަގެ ދަބަސް ގެންދިޔަ މީހާ. އަހަރެން ދައްތަގެ އައިޑީ ކާޑްތައް ނަރުހުންނާ ހަވާލުކޮށްފިން މިހާރު އެމީހުން އެބައުޅޭ ހުރިހާ ކަމަކާ. އަދި އަހަރެން ޖީބުގާ ދައްތަގެ ފައިސާތައް އެބަހުރި
އަންހެންމީހާ : ދޮގު ނުހަދާ ބުނެބަލަ. ކީއްވެ މިތަނަށް ތިއައީ؟
އަޒީޒް : އަަހަރެންގެ ހިތަށް ކެތްނުވެގެން. އެ ތުއްތު ކުއްޖާ ސަލާމަތްކުރަން
އަންހެންމީހާ : މާތް ﷲ ގެ ކުޅަދުންވަންތަކަން. އަހަރެން ކަލެޔަށް މައާފްކޮށްފިން
އަޒީޒް : (އަންހެންމީހާގެ ފައިސާ ހަވާލުކުރަމުން) އަހަރެންގެ މި އުޅުން އިރާދުކުރެއްވިއްޔާ އިސްލާހްކުރާނަން.

އެދުވަހަށްފަހު އަޒީޒް އޭނާގެ އުޅުން އިސްލާހްކުރުމުގެ މަސައްކަތްފެށިޔެވެ. އާދައިގެ ވަޒީފާއެއް ހޯދާގެން ވަޒީފާއަށް ގޮސް ހަލާލް އާމްދަނީ ހޯދަންފެށިޔެވެ. އަޒީޒްގެ އުނދަގޫ މިހާތަނަށް ޖެހުނު މީހުން ކިބައިން މައާފް ހޯދިޔެވެ. ފަސްވަގުތު ނަމާދުކޮށް ހެޔޮމަގަށް ގޮވާލަންފެށިޔެވެ. އަދި ދިމާވި ތުއްތު ކުއްޖާއަކީ އަބަދުވެސް އަޒީޒްގެ އެންމެ ގާތް އެކަކު ކަމަށް ހެދިޔެވެ. އެކުއްޖާއަށް އަޒީޒް މަސައްކަތްކޮށްގެން ލިބޭ އާމްދަނީއިން އަބަދުވެސް ބައިއަޅަމުން ގެންދިޔައެވެ

 


ލިބޭ ކޮންމެ މުއްސަނދިކަމަކީ އެމީހަކު އަމިއްލަޔަށް ހޯދާ އެއްޗެއްނޫނެވެ. އެއީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަމުން އިންސާނާ އިމްތިހާންކުރެވެއެވެ. އަދި އެ މުއްސަނދިކަން އެމީހާ އަތުން ގެންދެވެއެވެ. ނުވަތަ އެ މުއްސަނދިކަމުގާ އޭނާގެ އަޖަލު ހަމަވަންދެން ބަހައްޓައެވެ.

ޒަރީރުއަކީ ނިކަމެތި އާއިލާއަކުން އައިސް ހުރި ޒުވާނެކެވެ. އޭނާ ދިރިއުޅެމުންދަނީ އޭނާގެ މާމަ ކައިރީ ދުބާއީގައެވެ. ހަނަފަސް ސަހަރާއާ ވަރަށް ގާތުގާ ހުންނަ ގެޔެއްގައެވެ. ޒަރީރު ވަޒީފާއަށް ދާން ބޭނުންކުރަނީ މާމަގެ ކާރެވެ. ހަލާކުވެ ދަބަރު ޖަހާފާވާ ކާރުގަނޑުގާ ކޮންމެ ދުވަހަކު އޭނާ މަސައްކަތު ގޮސްފާ އައިސް އެ ހެދުމުގެ މަސައްކަތްކުރެއެވެ. ލިބޭ ކުޑަ އާމްދަނީއިން ދެކޮޅު ގިނަފަހަރު އުޅެންޖެހެނީ ނުޖެހިގެންނެވެ. މިހެން އުޅެނިކޮށް މާމާ ބޮޑު ބައްޔެއްވެ ނިޔާވެއްޖެއެވެ. މާމާ ދިރިއުޅުނު ތަން މިހާރުވަނީ ޒަރީރުއަށް ހިބަކޮށް ދީފައެވެ.

އެއްދުވަހަކު ޒަރީރު ގޭތެރޭ މަސައްކަތެއް ކުރަމުންދަނިކޮށް ގޭ ކައިރި ކޮންނަން ޖެހިއްޖެއެވެ. މަސައްކަތު ސާމާނު ހިފާގެން ޒަރީރު އެތައް އިރެއްވަންދެން ކޮންނަންފެށިޔެވެ. މިހެން އުޅެނިކޮށް އޭނާ ކޮންނަމުންދިޔަތަނުން ކުއްލިޔަކަށް ތެޔޮ އަރަން ފަށާފިޔެވެ. މިކަމާ އޭނާ ވަރަށް ހައިރާންވިޔެވެ. އަދި އުފާވެސްކުރިޔެވެ. އާމްދަނީ ހޯދުމަށް މަގެއް ފެނުނީތީޔެވެ. އަވަސް އަވަހަށް އެތަނުގާ އެއްދުވަސްތެރޭ ވަޅެއް ރާނާ ބަންދުކޮށްގެން ތެޔޮ ވިއްކަންފެށިޔެވެ. ދުބާއީގެ ގަވާދު އިންނަގޮތުން އެމީހަކު ހޯދި ތެޔޮވަޅަކީ އެމީހެއްގެ މިލްކެއްކަމުން ސަރުކާރަށް ފޯމް ހުށެހެޅުމުން ހުއްދަވެސް ވަރަށް އަވަހަށް ލިބިގެންދިޔައެވެ. އެއާއެކު އެންމެ ފުރުތަމަވެސް އެ ސަރަހައްދު އެއްކޮށް ފެންސް އަޅާ ބަންދުކޮށް ވަރުގަދަ ގޭޓެއްލިޔެވެ. ދުވަސްކޮޅަކުން އަތްމަތި ތަނަވަސްވުމާއެކު ސަރަހައްދުގެ ބޮޑު ބަޔެއް ގަނެލިޔެވެ. އަދި އެތަނުގާ ހުރި ޒަރީރުގެ މާމަގެ ގެ ތަޅާލުމަށްފަހު ފެންވަރުގެ ބޮޑު ގެޔެއް އެޅިޔެވެ. އަދި ބާ ދަބަރަށްވެފާ އޮތް ކާރު ގެންގޮސް ގޮނޑަށް އެއްލާލާ އާ ކާރެއްނެގިޔެވެ.

ޒަރީރުއަށް ދުވަސްކޮޅަކުން އިންވެސްޓަރުން ލިބެންފެށިޔެވެ. އޭނާއަށް އެމީހުން ފަރާތުން ލިބެމުން އައި ވިޔަފާރީގެ ފައިދާ ވަރަށް ބޮޑުވިޔެވެ. އެހެންކަމުން އަމިއްލަ ދިހަބުރީގެ އިމާރާތެެއްއަޅާ އޮފީހެއްވެސް ހުޅުވިޔެވެ. ލިބެމުން ދިޔަ އާމްދަނީއިން އިތުރަށް ތިން ބިން ގަނެ ހޮޓަލްތައް ހުޅުވާލިޔެވެ. ދުވާލެއްގެ މައްޗަށް ޒަރީރުގެ އެކައުންޓްއަށް އެތައް މިލިޔަނެއް ވަންނަންތަން ފެނުމާއެކު އޭނާ ހައްދުން ނައްޓަންފެށިޔެވެ. ޒަރީރު ކުރިއަރާލެއް އަވަސްކަން ފެނުމާއެކު ދުބާއީގެ ބައެއް މަހުޖަނުން އޭނާއާ ޒާތީވާންފެށިޔެވެ. އެހެންކަމުން ވިޔަފާރީގެ ވާދަވެރިކަން ދިޔައީ ގަދަވެގެންނެވެ. މީހަކު އުސް އިމާރާތެއް އަޅާ ވާހަކަ ޒަރީރުއަށް އިވިއްޖެނަމަ އެޔަށްވުރެ އުސްކޮށް އިމާރާތެއް އަޅަން އޭނާ ޖެހިލުމެއްނުވެއެވެ. ފައިސާ އިސްރާފްކުރަމުންދަނީ އަމަށަކު ވަރަކަށްނޫނެވެ. ޒަރީރު ދުވާލެއްގެ މައްޗަށް މިލިޔަނެއް އިސްރާފްކޮށްލައެވެ. ނިކަމެއްޗެއް ފެނި އެމީހަކު އެހީއަށް އެދިއްޖެނަމަ މޫނު އަނެއް ފަރާތަށް އަނބުރާލައެވެ. ޒަރީރުގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އޭނާ އެންމެ ފަހުގެ ހަތިޔާރުއެޅި ފައުޖުތައް އޭނާގެ އިމާރާތްތަކުގައާ ބިންތަކުގާ ބައިތިއްބައެވެ. ހަށިފާރަވެރިންގެ ގޮތުގާ ޔަހޫދީން ގެންގުޅެންފެށިޔެވެ. އިސްރާއީލްގެ މޮސާޑްއާ އަބަދުވެސް ގުޅުން ބާއްވާ އޭނާއަށް ރައްކާތެރިކަން ދިނުމަށް އެދި އެމީހުންނަށް މިލިޔަނުން ފައިސާދޭންފެށިޔެވެ. ޒަރީރުއާ ވާދަވެރި މީހުން ގަތުލްކުރުމަށް އެތައް ފައިސާއެއް މިނިވަން ހަނގުރާމަވެރި ޖަމާއަތްތަކަށްވެސް ދެމުންދިޔައެވެ. ހެއްދެވި ފަރާތްމަތިން ހަނދާންވެސް ނައްތާލިޔެވެ. ދުނިޔެއަށް ގޮސް ހުސްވިޔެވެ. އުފަލާ މަޖާ އަދި ކަސްބީ އަންހެނުންނާ އަގުބޮޑެތި ކާރުތަކާ މުދާތަކަކީ ޒަރީރުގެ ކޮންމެ ދުވަހެއްގެވެސް އުފަލެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ޒަރީރު ކުއްލިޔަކަށް ބަލިވާންފެށިޔެވެ. ދުނިޔޭގާ ތިބި އެންމެ މޮޅެތި ޑޮކްޓަރުން އޭނާ ގެންނަންފެށިޔެވެ. ކޮންމެ މީހަކުވެސް ޒަރީރުއަށް ބަލާލާފަ ޖެހުނީ ބޯ ހޫރުވާލާށެވެ. ޒަރީރު ހުރީ އެއްވެސް ފަރުވާއެއް ހޯދިފާނެތް ކެންސަރުބަލީގެ ފަހު ސްޓޭޖްގައެވެ. ޒަރީރު ޑޮކްޓަރުންނަށް އާދޭސްކޮށް އެތައް ފައިސާއެއްދޭނެކަމަށް ބުންޏެވެ. ނަމަވެސް ޑޮކްޓަރުންވަނީ އުންމީދު ކަނޑާލާފައެވެ. ދުވަހެއް ދުވަހަކަށް ޒަރީރު ބަލި ބޮޑުވަމުންގޮސް ނުތެދުވެވޭވަރުވެ ކޯމާއަކަށްދިޔައެވެ. މި ކޯމާގާ އޭނާ ދެއަހަރު ހޭދަކުރިޔެވެ. އެންމެ ފަހަށް ޒަރީރު މިދުނިޔެއާ ވަކިވެ ވަޅުލާން ގެންދެވުނެވެ. ޒަރީރު ވަޅުލުމަށްފަހު އިމާމް މީހާ އެތާ ތިބި އެންމެ ކައިރި މަޑުކޮށްލަން ބުންޏެވެ.

އިމާމް : ކުދިންނޭ. ޒަރީރު އަހަރެން ވަރަށް ރަނގަޅަށް ދަންނަން އޭނާއަކީ ކުރިން ވަރަށް ބޮޑު ނިކަމެއްޗެއް. އެކަމު ކުއްލިޔަކަށް ލިބުނު މުއްސަނދިކަމުގާ އޭނާ ހައްދުފަހަނައަޅާ ހާލު އެދިޔައީ މިދުނިޔެއާ ވަކިވެގެން. އޭނާގެ މިލްކިއްޔާތުގާ އެތައް އިމާރާތްތަކާ މުދާ އަދި ފައިސާ އެބަހުރި އެކަމު މިހާރު ތިކުދިން ނިކަން ބަލާލަބަލަ. ކޮބާ އެ މަހުޖަނު؟ ކޮބާ އޭނާގެ އާރާ ބާރު؟ ކޮބާ އޭނާގެ އަރާމް މުއްސަނދި ގެދޮރު؟ ރަނގަޅަށް ބަލާބަލަ މިހާރު އޭނާ އެއޮތީ ކަށްވަޅުގާ. ހަނި ކުޑަ ތަނެއްގާ. އޭނާގެ ގެޔަކީ އެއީ. އޭނާއަށް ގެންދެވޭ ހަމައެކަނި މުއްސަނދިކަމަކީ އޭނާގެ ހެޔޮ އަމަލް. އޭނާ ގެ ހަަމައެކަނި ފެންނަންހުރި އެއްޗަކީ އޭނާގެ ގަބުރު ފާހަގަ ކުރަން ޖެހިފާވާ ދެ މަހާނަ. އިބްރަތެއް ލިބިގަނޭ ކުދިންނޭ. އިހަށް ދުވަހު އޭނާ ހުރީ އާރާ ބާރުގަ މިއަދު އެއޮތީ ނިކަމެތި ހާލުގަ

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...