މަސްތުވާތަކެތީގަ ޖެހި ޒުވާން ޖީލު ހަލާކުވެއްޖެއެވެ. މަސްތުވާތަކެތި ވިއްކާން ވިޔަފާރިކުރާ މީހުން މުއްސަނދިވެ ގިނަވެއްޖެއެވެ. ހުރީހާ ބާރެއް ފޭރިގަނެފިޔެވެ. އަމަން އަމާންކަން ނަގާލާފިޔެވެ. ހެވެއް ނުބައެއް ބެލުމެއްނެތި ސީދާ ދުނިޔޭގެ ލައްޒަތަށް ގޮސް އެބައިމީހުން ހުސްވެ ނިމިއްޖެއެވެ. އާހިރަތަށް ނުވިސްނި އެބައިމީހުންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.
ކަރީމްއަކީ ރާއްޖެތެރޭ ޒުވާނެކެވެ. ކުރާ މަސައްކަތަކީ މަސް ހިއްކާން ވިއްކުމެވެ. ރަނގަލު އާމްދަނީއެއް އަބަދުވެސް ލިބެމުންދިޔައެވެ. އޭގެން ދެކޮޅު ޖެހެއެވެ. ކަރީމްގެ މިންނަތް މަސައްކަތުން ގިނަ ބަޔަކަށް އޭނާގެ އެހީ ލިބެމުންދިޔައެވެ. އެކަމުގެ ސަބަބުން އޭނާގެ ގަދަރު ރަށުތެރޭވަނީ ވަރަށް ބޮޑަށް އުފުއްލިފައެވެ. ނަމަވެސް ކަރީމްގެ ކޮއްކޮ އަހުސަންއަކީ އޭގެ އިދިކޮޅެވެ. ކުރާ މަސައްކަތެއްނޯވެއެވެ. އަބަދު ރައްޓެހިންނާއެކު ރަށުތެރޭ އެނބުރެނީޔެވެ. މީހުންނަށް ފުރައްސާރަކޮށް އުނދަގޫ ކުރުމަކީ އޭނާ އަބަދުވެސް ކުރާހިތްވާކަމެކެވެ. އޭނާއާ ބެހޭގޮތުން އެތައް ޝަކުވާއެއް ކަރީމްއަށް ލިބި އެތައް ފަހަރަކު ނަސޭހަތްދިނެވެ. ނަމަވެސް އޭނާ ގޮތްދޫނުކުރެއެވެ.
އެހެން ދުވަސްތަކެކޭވެސް އެއްގޮތައް ކަރީމް މިއަދުވެސް މަސައްކަތުދިޔައެވެ. ވަރަށް ބުރަކޮށް އުޅެލާފަ އައިސް ލިބުނު ފައިސާކޮޅު ކަބަޑަށްލުމަށްފަހު ފެންވަރާލަންވަނެވެ. އިރުކޮޅެއް ކޮއްލާފަ ނުކުތްއިރު ކަބަޑުހުރީ ހުޅުވާފައެވެ. ކަރީމް ގޮސް ބަލާލިއިރު ފައިސާތަކެއްނެތެވެ. އަވަސް އަވަހަށް ރީތިވެލާން ބޭރަށް ނުކުންނަން ދިޔައިރު އަހުސަން ޖޯލީގަ އިންތަން ފެނިގެން އަހުސަން ކައިރީގޮސް އިށިނެވެ.
ކަރީމް : ކޮއްކޯ. ބޭބެގެ ކޮޓަރިން ވައްކަން ކޮއްފި
އަހުސަން : އޭނ. ހަމަ ތެދެއްތަ؟
ކަރީމް : އާނ ކޮއްކޯ. ބޭބެ ވަރަށް މުހިއްމު ކަމަކު އެއްކުރާ ފައިސާތަކެއް އެއީ
އަހުސަން : ދެން އަހަރެން ކިހިނެއް ހަދަންވީ
ކަރީމް : ކޮއްކޮއަށް ރަށު އެންމެން އެނގޭނެ ބަލާދީބަލަ
އަހުސަން : އެންމެ ރަނގަޅު
އަހުސަން ގެއިން ނުކުމެގެންގޮސް އޭނާގެ ރައްޓެހިންތިބޭ ތަނަށްދިޔައެވެ. އަދި ބާރު ބާރަށް ހިނިގަނޑެއްޖަހާލާފަ ފައިސާތައް ޖީބުންނަގާ ރައްޓެހިންނަށް ދައްކާލިޔެވެ.
އަހުސަން : މިއަދު ރެޑްބުލް މަގޭ ހަރަދު
ޝަމީލް : ކަލޭ ކޮންތާކުން ހޯދި ފައިސާއެއް؟
އަކްރަމް : ޔަގީނޭ ބޭބެގެ ފައިސާތައް ކަޓުވާލީކަން
އަހުސަން : ކޮބާ މައްސަލައަކީ؟ ކަލޭމެނަށް ރެޑްބުލް ލިބޭންނު
ޝަމީލް : ރެޑްބުލްއަށްވުރެ މާ ސަޅިއެއްޗެއް އެބޮތް ކަލެޔަށް ބޯން ކެރެންޏާ ދީފާނަން
އަހުސަން : ކޯންޗެއް؟
ޝަމީލް : (އޮޅާފައޮތް އެއްޗެއް ދެމުން) ރެޑްބުލްއަށްވުރެ ޑަބަލް ސަޅިވާނެ. ޓްރައިއެއް ޖަހާލާބަލަ
އަހުސަން ޝަމީލް ދިން އޮޅާފަ އޮތް އެތީގާ ރޯކޮއްލާން ދަމާލިޔެވެ. އެޔާއެކު އޭނާ ފުރުތަމަ ފަހަރަށް މަސްތުވާތަކެތި ރަހަބެލުނެވެ. މިކަން އޭނާއަށްވީ ވަރަށްވެސް ސަޅި ކަމަކަށްށެވެ. އިތުރަށް ބޯލަން އުޅެނިކޮށް އަހުސަން އަތުން ޝަމީލް އެ އަތުލުމަށްފަހު އަގުދިނުމަށް ބުންޏެވެ. އަހުސަން އަތުގާހުރި ފައިސާއިން އެޔަށް އަގު ދެއްކުމަށްފަހު އެ ހިފާގެން ގޮސް އޭނާގެ ކޮޓަރިޔަށްވަދެ އެ ބޭނުންކުރަންފެށިޔެވެ. އޭނާއަށް ވަރަށްވެސް އެކަން ސަޅިކަމަކަށްވިޔެވެ. އަދި އިތުރަށް އެ ހޯދުމަށް އޭނާ ނިންމިޔެވެ.
ދުވަހެއް ދުވަހަކަށް އަހުސަން ދިޔައީ މަސްތުވާތެތީގާ ދެވިހިފަމުންނެވެ. އެޔާ ނުލާ ހަމަ ނުވެސް އުޅެވެނީއެވެ. ފައިސާ ލިބޭނެ ގޮތެއް ނެތިފާ ހުރުމުން ގޭތެރެއިން ކުރަމުން އައި ވައްކަންތައް ފުޅާކޮށް އެކި މީހުން ގެއިން ވައްކަންކުރިޔެވެ. އަދި ނިމުނީކީނޫނެވެ. މަގު ފޭރުންވެސް ފަށާގަތެވެ. މީހުންނަށް ބިރު ދައްކަންވެސް ފެށިޔެވެ. މީހާ ހުންނަނީ ހަމައިން ނައްޓާފައެވެ. ދެލޯ އަބަދު ހުންނަނީ ބޮޑުވެފައެވެ. މަސްތުވާތެކެއްޗާނުލާ ލޮލުފިޔަވެސް ޖަހާނުލައެވެ. އެންމެ ފަހަށް އަހުސަންގެ ކަންތައް ބޮޑުވެގެން ކަރީމް އޭނާ ފުލުހުންނާ ހަވާލުކުރިޔެވެ. ނަމަވެސް ގިނަދުވަސްތަކެއްނުވެ ދޫކޮށްލިޔެވެ. ރަށަށް އައި ގޮތައް ދެންފެށީ މަސްތުވާތަކެތި ވިޔަފާރިކުރާށެވެ. މުޅި ރަށް އޭނާގެ ކޮންޓްރޯލްދަށަށްގެނެސް ޒުވާނުން ހަލާކުކުރަންފެށިޔެވެ. ފަނަރަ ސޯޅަ އަހަރުގެ ކުދިންނަށް ދަޅާ އެއްޗެހިދީގެން މަސްތުވާތަކެތި އެކުދިންލައްވާ އުފުއްލިޔެވެ. ދުވަސްގަނޑަކަށްފަހު އަހުސަންވީ ރަށުގާހުރި އެންމެ މުއްސަނދި މީހާއަށްށެވެ. ދުވާލެއްގެ މައްޗަށް ލިބޭ ފައިސާ އެތައް ގުނައަކަށް ގިނަވެގެންދިޔައެވެ. އެޔާއެކު އޭނާއަށް ދުނިޔެ ރަންވެގެންދިޔައެވެ. މަސްތުވާތަކެތި ގަދަޔަށް ބޭނުންކުރަންފެށިޔެވެ. މި މަންޒަރު ފެނިފާ އަހުސަންގެ ބޭބެ ކަރީމް އެއްދުވަހަކު އޭނާއާ ބައްދަލްކުރިޔެވެ.
ކަރީމް : ކޮއްކޮ ކިހިނެއް ތިއުޅެނީ؟
އަހުސަން : މަ އުޅޭނީ މަ ބޭނުން ގޮތަކަށް އެނގިއްޖެ ކަލެޔަށް ލިބުނުދުވަހު ކަލޭ އުޅެމުން އައީ ކަލޭ ބޭނުންގޮތަކަށްނު
ކަރީމް : އަހަރެން އުޅުނީ ހަލާލު ފައިސާ ހޯދައިގެން ކަލޭ ތިއުޅެނީ ހަރާމް ފައިސާ ހޯދާން ތިކަން ހުއްޓާލަން އުޅޭ
އަހުސަން : ކަލޭ ތީ ކާކު މަށަށް ނަސޭހަތްދޭން. ނުކުމޭ މިގެއިން. އަހަރެންނަކީ މުއްސަންޖެއް އަހަރެން ބޭނުން އެއްޗެއް އަހަރެން ބޯނަން. އެއީކީ ކަލޭޔާ ބެހޭކަމެއްނޫން. އަހަރެން ކަށްވަޅަށް ދަންދެންވެސް މި ބޭނުންކުރާނަން. އަހަރެން ހުއްޓެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ
ކަރީމް : ކޮއްކޯ ހުއްޓާލާ ތި ބުނެވޭ އެއްޗަކުން ކަލެޔަށް އަޒާބެއްވެސް އަތުވެދާނެ
އަހުސަން : ނުކުމޭ ހަމަ މިހާރު ނުކުމޭ ކަލެޔާ ކޮން ބެހޭކަމެއް. މަގޭ ދިރިއުޅުމަށް ވަންނަން ހަދާނެކަމެއްނެތް ނުކުމޭ
ކަރީމް ގައިގާ ތަޅާގަނެގެން ގެއިން ނެރެ އެއްލާލުމަށްފަހު އަހުސަން އޭނާގެ ސޯފާގާ ޖައްސާލިގޮތައް މަސްތުވާތަކެތި ނޭފަތުތެރެޔަށް ދަމާލުމަށްފަހު ދެފަހަރު ލޯމަރާލިޔެވެ.
ކަރީމް ގެޔަށްގޮސް ގައިންތާހިރުވެގެން ނަމާދަށް ދިޔުމަށްޓަކާ ގެއިން ނުކުތްތަނުން އަހުސަންގެ އެކުވެރި ޝަމީލު ދުވަމުން އައިސް ކަރީމް ކުރިމައްޗަށް ހުއްޓި މާނޭވާލާންފެށިޔެވެ. ޝަމީލްގެ މޫނުމަތިން ފެންނަމުންދިޔައީ ބިރުވެރިކަމާ ހާސްކަމެވެ.
ކަރީމް : ޝަމީލް. ހާދަ ހާސްވެފަ ކިހިނެއްވީ އަނެއްކާ؟
ޝަމީލް : ކަރީމްބޭ. ކަމަކުދާކަށްނެތް. ކަލޭ ކޮއްކޮ އެބޮތް މަރުވެފަ
ކަރީމް : އޭނ؟ މަރުވެފައޭ
ޝަމީލް : އާނ ބޭބޭ. އޭނާ މަރުވެފާ އޮތްގޮތް ހާދަ ބިރުވެރިޔޭ. މަ އެ މަންޒަރު ފެނުމުން ބިރުން އެގެއިން ނުކުމެގެން މިއައީ
ކަރީމް : ހިނގާބަލަ މަ ގޮވާގެންދާން
ޝަމީލް : ގޮސްފާނަން އެކަމު މަށަށްވާ ލާހިކެއްނޫން އެގެޔަށް ވަންނާކަށް
ކަރީމްއާއެކު ޝަމީލްވެސް އަހުސަންމެންގޭދޮށަށް ދިޔުމަށްފަހު ޝަމީލް ބޭރުގާ މަޑުކުރިޔެވެ. ކަރީމް އޭނާގެ ކޮއްކޮގެ ގެޔަށް ވަދެގެންދިޔައިރު މުޅި ގެއިންދުވަނީ ކުނިވަހެވެ. ކަރީމް ސިޓިންރޫމްއަށް ވަތްއިރު އަހުސަން ސޯފާމަތީގާ އިންގޮތައްއިނެވެ. ހަރުވެފައެވެ. މޫނުމަތިން ފެންނަނީ ބިރުވެރިކަމާ އެއްވެސް އުންމީދެއްނެތްތަނެވެ. ދޫވަނީ ބޭރަށް ނުކުމެ ދެބުރިވެފައެވެ. މޫނުމަތިވަނީ ކަޅުވެފައެވެ. ބައެއް ތަންތަން ވިރި ދުޅަވެފައެވެ. އަތުގެ އިނގިލިތައްވަނީ ބަނޑިބަނޑިވެފައެވެ. މީހާގެ ގައިގެ ހަމުގެކުލަވަނީ އަޅިނޫކުލައަކަށް ބަދަލްވެފައެވެ. ދެލޯވަނީ ބޮޑުވެ ނުކުމެފައެވެ. ކުރިމަތިން އެ ފެނުނު ބިރުވެރިކަމެއްގެ ބޮޑުކަމުންނެވެ. އޭނާ އިން ސޯފާކުރިމަތީ އޭނާ ބޭނުންކުރާ މަސްތުވާ ސާމާނަ ފައިސާތައް ހުރިގޮތައް ހުއްޓެވެ. ކަރީމް އޭނާގެ ކޮއްކޮގެ ފުރާނަނެތް ހަށިގަނޑުގާ ބެޑްޝީޓެއްއަޅާ ފޮރުވާލިޔެވެ. އޭނާގެ ކޮއްކޮ ނިމިގެން ދިޔަގޮތާމެދު ހިތާމަކުރަންފެށިޔެވެ. ކޮންފަދަ ނުބައި ނިމުމެއްތޯއެވެ.
No comments:
Post a Comment