Saturday, February 8, 2020

އަނިޔާވެރިންނަކީ އެކި ސިފަސިފައިގައި ތިބޭ ބައެކެވެ. ބޭރުފުށުން ކިތަންމެ ހެޔޮވިޔަސް މީހާގެ އަސްލު އެނގޭނީ ތިމާ އެންމެ ބޭނުންޖެހޭ ދުވަހުއެވެ. ނަމަވެސް އޯގާތެރިންވެސް ވަކި މަދެއްނޫނެވެ. ގިނަފަހަރު އެ އޯގާތެރިންނަށް ފުރަގަސް ދިނުމުގެ ސަބަބުން ވާ ގެއްލުން އަދި ވަކިން ބޮޑެވެ. ވިސްނޭއިރު އޮންނަނީ ވަގުތުވެސް ފާއިތުވެފައެވެ.
ލިޔުޝާއަކީ މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ކުއްޖެކެވެ. ވަޒީފާއަށްދަމުން ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓަމުންދާ މުރާލި ކުއްޖެކެވެ. ލިޔުޝާގެ ރަހްމަތްތެރި އާތިފާއަކީ މަންމައާ ބައްޕަގެ ރަންދަރިޔެކެވެ. ކޮންމެ ކަމެއް ކޮއްދޭންވެސް ނޯކަރެއް ހުންނާނެއެވެ. ކިޔަވަންދަނީ ނަމެއްގައެވެ. ކްލާހުގައި އެހާމެ ސަކަރާތްބޮޑެވެ. އަދި ފޮނި ކަނޑާލެއްވެސް އެހާގިނައެވެ. ފިރިހެން ކުދިންގެ ހިތް ކަތިލުމަކީ އޭނާ އެންމެ ގަޔާވާ އެއްކަމެވެ.
ކްލާހަށްދާން ގަޑިޖެހޭތީވެ ލިޔުޝާ ހުރީ ވަރަށް އަވަސް އަރުވާލަފައެވެ. ގޭތެރޭ ހުރިހާ ކަމެއް ނިންމާލުމަށްފަހު ފެންވަރާލައިގެން ކްލާސްހަށް ދާން ނުކުމެ ބާރު ބާރަށް ހިނގަންފެށިއެވެ. ވަކި ހިސާބަކަށް ދެވުނުތަނުން ސައިކަލެއް ފަހަތުން ބަރުގަނޑު އަޅާލިއެވެ. ފަހަތަށް ބަލައިލިއިރު އާތިފާއާ އޭނާ މިހާރު ރައްޓެހިވެގެން އުޅޭ އާދިލް އަދި އިތުރު އެހެން ފިރިހެން ރައްޓެއްސަކު ތިއްބެވެ.
އާތިފާ : ލިޔުޝާ. ގަޑި ޖެހެނީނު
ލިޔުޝާ : އާނ އެހެންވެ ބާރަށް މިދަނީ
އާތިފާ : އާދިލް ރަހުމަތްތެރިޔާ މުރާގެ ފަހަތަށް އަރަންވީނު އޭނާ އޭރުން ގެންގޮސްދޭނެ
ލިޔުޝާ : ނޫނޭ މަ ދާނީ ހިނގާފަ
އާތިފާ : ލިޔުޝާ ތިހާ ފޮނިވާކަށް ނުވާނެ ހަމަ ކީއްވާނީ އެސޮރު ފަހަތަށް އެރިއްޔާ
ލިޔުޝާ : ނޫނޭ އާތީ. ޝުކުރިއްޔާ
އާދިލް : ( ލިޔުޝާ ދިޔުމުން ) ހާދަ ފޮނިވެސް އަންހެނެކޭ ދޯ. އާތީ ބުނިވިއްޔަ މުރާއަށް އޭނާ ސެޓްވާނެޔޭ
އާތިފާ : އެއީ އަދި އާކޮޅުވީމަ. ހާސްނުވެބަލަ އަދި މުރާ ފަހަތަށް އަރާ ދުވަަސް އަންނާ ދެން ހިނގާބަލަ ކޮފީއެއް ބޯލަންދާން. އޭރުންތާ ބޮޑަށް އެވާހަކަ ދެއްކޭނީވެސް
ކްލާސް ފެށުނުއިރުވެސް އާތިފާއެއް ނާދެއެވެ. ނަމަވެސް ލިޔުޝާ އެކަމާ ކަންބޮޑެއްނުވެއެވެ. ގަޑިއަށް އާދެވުނީތީ އޭނާ ހުރީ ވަރަށް އުފާވެފައެވެ. އިރުގަނޑެއްފަހުން ކްލާސްތެރެޔަށް އައިސް އެވަނީ އާތިފާއެވެ. އައި ގޮތަށް އައިސް ލިޔުޝާ ކަންފަތްބުޑަށް ތިރިވެލާފައި މުރާ ސަލާމްބުންޏޭ ބުނެލިއެވެ. ލިޔުޝާ އެކަމަށްވެސް ދިނީ ބީރު ކަންފަތެކެވެ. މީހަކާ ރައްޓެހިވުމަށްވުރެ ލިޔުޝާ ބޭނުންވީ ކިޔަވާށެވެ. އާތިފާ މޭޒުގައި އިށީންދެލިތަނުން ޓީޗަރއަށް އާތިފާ ފެނިގެން ގަޑި ބަލާލުމަށްފަހު ބޯ ހޫރުވާލިއެވެ. ކްލާސް ނިމި ގަޑި ޖެހުމުން އެންމެންވެސް ގެއަށްދާން ތެދުވިތަނުން އާތިފާ ކައިރި ޓީޗަރ މަޑުކޮއްލަން އެދުނެވެ. އެންމެން ދިޔުމުން ޓީޗަރގެ ވާހަކަ ފަށައިގަތެވެ.
ޓީޗަރ : އާތިފާ މިއަދުވެސް ތި އައީ ގަޑިޖެހިގެންނު
އާތިފާ : ލައްބަ. އެހެންވެސް ވާނެ އަޅުގަނޑު ބޮލުގަ ރިއްސާތީ ބޭސް ކައިގެން ޖައްސާލުމަށްފަހު އައީ
ޓީޗަރ : އާތިފާ ނޫނީ ހާޒިރީ ދަށް ކުއްޖަކު މި ކްލާހަކުނެތް. ކިޔަވަނީކީވެސް ނޫން ގިނަފަހަރު ފެންނަނީ ސަކަރާތް ޖަހާތަން. އަހަރެން ރަނގަޅުކަމުން މިއަދު އާތިފާ މިތާ ބަހައްޓާފައި ތިހުރީ. ކުރިޔަށް އޮތީ އިމްތިހާންކަން ހަންދާންކުރާތި. ވީމާ ސީރިއަސްކޮއް ކިޔެވުމައިގެން އުޅެބަލަ
އާތިފާ : އުޅޭނަން. ދެން އަޅުގަނޑު ގޮސްލިޔަސް ވަރިހަމަތަ؟
ޓީޗަރ : އަހަރެން މިދޭ ނަސޭހަތް ރަނގަޅަށް އަޑުއަހާ. ފާއިތުވި ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއްނޫން އެކަމުގެ ސަބަބުން މާދަމާ ހިތާމަ ކުރަން ޖެހިދާނެ. ދެން އަވަހަށް ގޮސްލާ އެނގޭ ހާޒިރީ ރަނގަޅު ކުރާނެކަމަށް އުންމީދުކުރަން
ކްލާހުން އާތިފާ ނުކުމެގެން އައި އިރު ލިޔުޝާއާ ދިމާވިއެވެ. ލިޔުޝާ ކައިރިއަށް ހުއްޓިލިތަނުން ލިޔުޝާ ފަށައިގަތެވެ.
ލިޔުޝާ : ކީކޯ ޓީޗަރ ބުނީ އަނެއްކާ
އާތިފާ : ހާޒިރީގެ މައްސަލަ
ލިޔުޝާ : އާތިފާ ތިކަން ރަނގަޅުވާނީ ކޮންދުވަހަކުން
އާތިފާ : ކިޔެވުން ނިމޭ ދުވަހު. ދެން ތިޔެއްނޫނޭ. މުރާ ސަލާމްބުނިއޭ
ލިޔުޝާ : އަހަރެންގެ އެއްވެސް ޝާއުގުވެރިކަމެއްނެތް
އާތިފާ : ކީއްވެ؟ އޭނާ ކިހާ ސަޅިތަ. އުޅެނީވެސް ސިފައިންގޭގަ އަދި އެހާވެސް ފިޓު
ލިޔުޝާ : ބުނަން އާތިފާ. އަހަރެންނަށް ކިޔެވުން މާ މުހިންމު އާތިފާ ތިހެން އަދި ފިރިހެނެއްގެ ވާހަކަ ދެއްކިޔަސް އަހަރެން މީ ތާކުން ފެންނަހާ މީހަކާ ވާހަކަ ދައްކާމީހެއްނޫން
އާތިފާ : އެއްރޭ އޭނާއާ އެކު ގޮސްލަބަލަ ވާ ގޮތްބަލަން ހަމަ ޔަގީނުންވެސް އަންނަނީ ހިތްހަމަ ޖެހިގެން
ލިޔުޝާ : މަށެއް ނޫޅެން އާތިފާ ދައްކާ މީހަކާ ވާހަކަ ދައްކާކަށް.
އާތިފާ : ހިޔާލު ބަދަލްވެއްޖެއްޔާ މަކައިރި ބުނެލާތި އޭރުން މުރާގެ ނަމްބަރު ދޭނަން
ކޮލެޖުން ލިޔުޝާ ނުކުތްއިރު އާތިފާ ގޮސް އާދިލްގެ ސައިކަލަށް އަރަނީއެވެ. އެއިރު މުރާވެސް އެމީހުންނާއެކު އެތާ ހުއްޓެވެ. މުރާ ލިޔުޝާއާ ދިމާލަށް އަތްނަގާލިއެވެ. ނަމަވެސް ބެލުމެއްނެތި ލިޔުޝާ ހިނގައިގަތީ ގެޔާ ދިމާލަށްށެވެ. ގެޔާ ހަމަޔަށް އާދެވުނުއިރު މުރާ ލިޔުޝާގެ ފަހަތުން އައިސް ހަމަކޮއްލިއެވެ.
މުރާ : ލިޔުޝާ
ލިޔުޝާ : ކިހިނެއްވީ؟
މުރާ : ގޮވާލީނުން
ލިޔުޝާ : ބުނަން ރަނގަޅު ވާހަކައެއް އަހަރެން އެއްވެސް ޝައުގުވެރިކަމެއް މުރާއަކަށް ނެތް. މުރާމެން ހީކުރަނީ ދޯ ސިފައިންގެ މީހެކޭ ބުނީމަ ކޮންމެ އަންހެން ކުއްޖަކުވެސް ހޭބަލިވާނެޔޭ. އަހަރެން މި މަސައްކަތް ކުރަނީ ކިޔަވަން އަހަރެންނަށް އުނދަގޫ ނުކުރާތި މީގެ ފަހުން. އަދި ބުނަން އާތިފާ ކައިރީ ބުނެލާތި މުރާ މަ ފަހަތުން ފޮނުވުމަކީ އޭނާއަށް ހެދުނު ވަރަށް ބޮޑު ގޯހެކޭ.
މުރާ : ތިވަރަށް ފޮނިވާކަށް ނުވާނެ
ލިޔުޝާ : މިއީ ފޮނިވުމެއްނޫން މިއީ މަގޭ އުސޫލު
ގެޔަށްވެދެ ލިޔުޝާ އާތިފާއަށް ވަގުތުން ގުޅިއެވެ. އަދި ވާވަރަށް އެއްޗެހި ކިޔާލުމަށްފަހު ފޯނު ބޭއްވިއެވެ. ލިޔުޝާ ފޯނުން ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ތިބި ލިޔުޝާގެ މައިން ބަފައިން އައިސް ލިޔުޝާއަށް ހިތްވަރުލައިދިނެވެ. އަދި ބައްޕަ ކޮންމެ ދުވަހަކުވެސް ލިޔުޝާ ގެންގޮސްދޭނެކަމަށް ބުނިއެވެ.
މައިންބަފައިންގެ ބަސްތަކުން ލިޔުޝާހުރީ ވަރަށް އުފާވެފައެވެ. އަދި އެމީހުންނާއެކު ވަގުތުތައް ހޭދަކޮއް ނިންމާލާފައި ގޮސް ނިދަން ކޮޓަރިއަށްވަނެވެ. ކޮޓަރިއަށް ހޫނުވާތީ ވައި ވައްދާލަން ކުޑަދޮރު ހުޅުވާލިއެވެ. ޖެހެމުން ދިޔައީ ފިނި ވައިރޯޅިތަކެވެ. އިރުކޮޅެއްފަހުން ގުގުރާ ވިދަންފެށިއެވެ. އިސާހިތަކު ބޯ ވާރޭވެސް އޮއްސާލާފިއެވެ. ނިދާލުމުގެ ކުރިން މީސްމީޑިއާ ހާވާލަން ލިޔުޝާ ނިންމިއެވެ. ޑާޓާ ޖައްސާލުމާއެކު އެތައް މެސެޖްތަކަކާ އަދި ފްރެންޑް ރިކުއެސްޓްއެއް އަންނަންފެށިއެވެ. އައިސްފާހުރި ފްރެންޑް ރިކުއެސްޓްތައް ބަލާލުމުން މުރާގެ ފްރެންޑް ރިކުއެސްޓް ފެނިގެންދިޔައެވެ. ލިޔުޝާ ވަގުތުން އޭނާ ބްލޮކްކޮއްލިއެވެ. އެއަށްފަހު އައިސްފާ ހުރި މެސެޖްތަކަށް ބަލާލިއެވެ. އޭގެތެރޭގައި ގިނައީ ކްލާސްކުދިންގެ މެސެޖެވެ. އަދި ލިޔުޝާ އެންމެ ގަޔާވާ އެކަކު ކަމުގައިވާ ފާއިޒްގެ މެސެޖްތަކެވެ. ފާއިޒްއަކީ މަޖާ މިޒާޖެއްގެ މީހެކެވެ. ލިޔުޝާއަށް ކަމުދާ ހުރިހާ ސިފަޔެއްވެސް ހުންނަމީހެކެވެ. އާދައިގެ ވަޒީފާއެއްގައި އުޅޭ ފާއިޒްއަކީ އެއް ކައިވެނިކޮއް ދަރިޔަކު ހުރި މީހެކެވެ. ނަމަވެސް ލިޔުޝާ އެކަމަކާ އަޅާނުލައެވެ. ފާއިޒްގެ ސަބަބުން އެތައް އެހީއެއް މިއަދު ލިޔުޝާއަށްވަނީ ލިބިފައެވެ. ކިޔެވުމުގެ ހުރިހާ ކަމެއްގައި އެންމެ އެހީތެރިވަމުން އަންނަ އެކަކީ ފާއިޒްއެވެ. މިރޭ ފާއިޒް ކޮއްފައި އިން މެސެޖްގައިވަނީ ލިޔުޝާގެ ނަމްބަރު ލިބިދާނެތޯ އަހާލާފައެވެ. އެ މެސެޖްއަށް ޖަވާބު ދިނުމުގެ ގޮތުން ލިޔުޝާ ފާއިޒްއަށް ސަމާސާ ކޮއްލިއެވެ. އަދި ނަމްބަރު ލިބޭނީ ދަރިފުޅާ ލިޔުޝާއާ ބައްދަލްކޮއްދިނީމަކަމަށް ޖަހާލިއެވެ. ފާއިޒް އޮފްލައިންގަ އިނީތީ ލިޔުޝާވެސް މެސެޖް ފޮނުވާލުމަށްފަހު ނިދިއެވެ.
ޖެހިގެން އައި ދުވަހު ފަތިހު ލިޔުޝާ ހޭލައިގެން އެންމެ ފުރުތަމަވެސް ބަލާލީ ފާއިޒްގެ ޖަވާބެއް އައިސްފައިންތޯއެވެ. ޖަވާބުވަނީ އައިސްފައެވެ. އޭގައި ވަނީވެސް ސަމާސާ ގޮތަކަށް ލިޔެވިފައެވެ. ލިޔުޝާއާ ބައްދަލްކުރުމަށް ސާލްޓް ކެފޭގައި އެފޮއިންޓްމެޓް ހެދިފައިވާކަމެވެ. އަދި ކްލާސް ނިންމާފައި ފާއިޒްގެ ނަމްބަރަށް ގުޅާލަދިނުމަށްށެވެ. ލިޔުޝާ ވީ އުފަލުން އެވަގުތަށް އިންތިޒާރުކުރަންފެށިއެވެ. ވަގުތު ދާލެއް ލަސްކަމުން ބައެއްފަހަރު ލިޔުޝާ ފޫހިވެސްވެއެވެ. އެދުވަހު ކްލާހުގައި ކިޔަމުން ދިޔަ އެއްޗެއްވެސް މާ ރަނގަޅަކަށް ނަގައި ނުގަނެވުނެވެ. ސިކުނޑިވަނީ ފާއިޒްއާ ބައްދަލްވުމުން ލިބޭނެ އުފާވެރި ވަގުތުތަކަށް ގެއްލިފައެވެ. މިހެން އިންދާ ކްލާހުގެ ގަޑި ނިމިއްޖެއެވެ. ލިޔުޝާ އަވަސް އަވަހަށް ތެދުވެގެން ހިނގައިގަތެވެ. މޫނުގައި ބޮޑު ހިނިތުންވުމަކާއެކުއެވެ. ލިޔުޝާ ގޮސްގޮސް ހުއްޓާ ކުރިމައްޗަށްއެރީ އާތިފާއެވެ.
އާތިފާ : އޮއްހޯ މިއަދު ހާދަ ސްމައިލީ ދުވަހެކޭ. މުރާގެ ކަމެއްތަ؟ އޭނާ މިއަދުވެސް އަންނާނެ
ލިޔުޝާ : މޮޔަވެބަލަ. އާތިފާ އުޅޭހެނެއް ނޫޅޭނެ ކޮންމެ މީހެއް
އާތިފާ : މަ މިއުޅެނީ އުޅެންވާނެގޮތަށް. ސިކުނޑި ބޭނުންކޮއްގެން. ބޭނުން މީހަކު ފެލައިގެން ކައިގެން ރައިޑް ހޯދައިގެން
ލިޔުޝާ : އޭގެ ބަދަލް ފާފަކޮއްގެންނޫންތަ
އާތިފާ : މަގޭ ހަށިގަނޑުގައި އަތްނުލެވޭނެ ކޮންމެ މީހަކަށް އެމީހަކު ވާންވާނީ ވަރަށް ކޮލިފައިޑް ފިޓް ރީތި މީހަކަށް. އަދި އަހަރެންވެސް ގަޔާވާކަހަލަ މީހަކަށް
ލިޔުޝާ : ތިހެން އުޅެނިކޮއް ބޮނޑިއެއް ލިބިދާނެ
އާތިފާ : މަ ސޭފްޓީ ބޭނުންކުރަމޭ ޑާލިންގް
ލިޔުޝާ : ކަމެއްވާނީ ބުނެފަކާއެއްނޫން މާދަން ހިތާމަކުރަން ޖެހިދާނެ
އާތިފާ : އަހަންނަށް ނަސޭހަތްލާދޭނެ ފެންވަރެއް ލިޔުޝާ ގަޔަކުނެތް ތިޔަ ދާތާކަށް އަވަހަށްދޭ
ލިޔުޝާ : މަ ގޮސްދާނަން އެކަމު މަ މިދިން ނަސޭހަތް ތިޔަ ސިކުނޑީގައި ބަހައްޓައިގެން އުޅޭތި
ކޮލެޖުން ނުކުތްއިރު އާތިފާއާއެކު އާދިލް މަޑުކޮއްލައިގެންއިނެވެ. އެމީހުންނާއެކު މުރާވެސް އިނެވެ. ނަމަވެސް އެމީހުންނަށް ބެލުމެއްނެތި ލިޔުޝާ ޓެކްސީއަކަށް ގުޅާލިއެވެ. އަދި ޓެކްސީ އައުމުން ޓެކްސީއަށް އަރައި ސާލްޓްކެފޭއަށް ގެންގޮސްދިނުމަށް އެދުނެވެ. އެއަށްފަހު ފާއިޒްއަށް ފުރުތަމަ ފަހަރަށް ލިޔުޝާ ގުޅާލިޔެވެ. ފާއިޒް ފޯނު ނެގުމުން ލަދުރަކިގޮތަކަށް ލިޔުޝާ ވާހަކަ ދައްކަންފެށިއެވެ.
ލިޔުޝާ : އައްސަލާމް އަލައިކުމް
ފާއިޒް : ވާލައިކުމް ވައްސަލާމް.
ލިޔުޝާ : މިދަނީ ސާލްޓް ކެފޭއަށް
ފާއިޒް : އާނ އަވަހަށް އާދޭ ބިލްވެސް ކަނޑާދޭގޮތަށް އަންނާތި
ލިޔުޝާ : (ހިނިއައިސްފަ) އަދި މުސާރަވެސް ނުލިބޭ ދެން ކިހިނެއް ބިލްވެސް ދައްކާނީ
ފާއިޒް : (ހިނިއައިސްފަ) ދެން އައިމާ އެނގޭނު
ސާލްޓްކެފޭ ކައިރިއަށް ލިޔުޝާ ފޭބުމަށްފަހު ލިފްޓުން އެންމެ މައްޗަށް އެރިއެވެ. އަދި ފުރުތަމަ ފަހަރަށް ފާއިޒްއާ ދިމާވިއެވެ. ފާއިޒް ވަގުތުން އޭނާގެ އަންހެން ދަރިފުޅު ނޫރާއަށް ތައާރަފްކޮއްދިނެވެ. ނޫރާއަކީ ބާރަ އަހަރުގެ ކުއްޖެވެ. ރީތި ދޮން ހަމަކާ ފަން އިސްތަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. ތިން މީހުން މޭޒުގައި އިށީނުމަށްފަހު ކާއެއްޗެއްސައް އޯޑަރުދިނެވެ.
ފާއިޒް : މިއޮތީ ބައްދަލްވެފައި. ދަރިފުޅާވެސް ދިމާވެފައި
ލިޔުޝާ : ވަރަށް އުފާވެއްޖެ
ފާއިޒް : އަހަރެންވެސް
ނޫރާ : ބައްޕާ އަޅުގަނޑު ބައްޕަމެން ވާހަކަ ދައްކާލަން ވަގުތުދީފަ ހެޔޮތަ ކެފޭ އެތެރެ ބަލައިލަން ދިޔަޔަސް
ފާއިޒް : ދަރިފުޅު ބޭނުންތާކަށް ދާންވީ އެކަމު މީހަކާ ވާހަކަ ނުދައްކާތި އެނގޭނު ފާޑުފާޑު މީހުން އުޅޭނެކަން
ނޫރާ : ލައްބަ. ލިޔު ދައްތަ އިހަށް ނޫރާ ގޮސްލީ އެނގޭ
ލިޔުޝާ : (ނޫރާ ދިޔުމުން) ހާދަ ސްމާޓް ކުއްޖެއް
ފާއިޒް : ( އިސްދަށަށް ޖަހާލާފައި) އާނ. އޭނާ އެންމެ ބޮޑަށް ބޭނުންވަނީ އަހަރެންނަށް އުފަލެއް ލިބެން އަދި އޭނާއަށް ރަނގަޅު މަންމައެއް އެ އިހުސާސްތައް ހުންނާތީ އޭނާ އެ ދިޔައީ. މިތާ އިންނަމަ އެނގޭނެ ބޮޑެތިމީހުން ދައްކާ ވާހަކަތައް ނުދެއްކޭނެކަން
ލިޔުޝާ : އެކަން އެނގޭ. ވަރަށްވެސް އުފާވެއްޖެ ފާއިޒްގެ އެހާ ވިސްނުންތޫނު ދަރިޔަކު ހުރީތީވެސް
ފާއިޒް : ދެން އެންމެ ރަނގަޅު މިއަދަށްފަހު ދެން ލިޔުޝާއާ ބައްދަލްވާނީ ކޮންއިރަކުން
ލިޔުޝާ : ފާއިޒްއަށް ފެންނަ ދުވަހަކުން ހަމަ ބައްދަލްވާނެ އަހަރެން ބިޒީނޫނީއްޔާ
ފާއިޒް : އާނ. ލިޔުޝާގެ ކިޔެވުމަށް އަހަރެންގެ ސަބަބުން އެއްވެސް ބުރައެއް ލިބޭކަށް ނޭދެން
ލިޔުޝާ : އިރާދަކުރެއްވިއްޔާ ނުލިބޭނެ
ކާތެކެތި އައުމުން ނޫރާވެސް އަވަސް އަވަހަށް މޭޒުކައިރިއަށްއައެވެ. އަދި ލިޔުޝާއާ ސަމާސަކޮއް ވަރަށް ގަޔާވެގެން ވަހަކަ ދައްކާހެދިއެވެ. އެ މަންޒަރުފެނި ފާއިޒްގެ ހިތަށްވެސް ވަރަށް އުފާވެރިކަން ލިބިގެންދިޔައެވެ.
ފާއިޒްއާ ލިޔުޝާގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ވަރުގަދަވަމުންނެވެ. އެންމެ ފަހަށް މައިންބަފައިންނާ ހަމައަށްވެސް ލިޔުޝާ އަމިއްލައަށް އެޙަބަރުދިނެވެ. އެކަމާ ލިޔުޝާ މައިބަފައިންވެސް ވަރަށް އުފާކުރިއެވެ. އަދި ފާއިޒްއާ އޭނާގެ ދަރިފުޅުވެސް އެގެޔަށް ގިނައިން ގެނައުމަށް އެދުނެވެ. އުފާވެރި ދުވަސްތައް ގިނަވެ އެ އިތުރު އުފާވެރި ދުވަހެއްވެސް އައިސްފިއެވެ. ލިޔުޝާއާ ފާއިޒްގެ ކައިވެނިދުވަހެވެ. ނޫރާ އުފަލުން ފުމެނީއެވެ. އެ ނިކަމެތި ހިތަށް އުފާވެރިކަން އިހުސާސްވީތީއެވެ. ބައްޕައަށް ހެޔޮ މީހަކު ލިބުނީތީއެވެ.
ކައިވެނީގެ ފޮނި މީރުކަން ދެމަފިރިންނަށް ދިޔައީ އެކި ގޮތްގޮތައް ލިބެމުންނެވެ. އުފާވެރި ދުވަސްތައް ގުނަމުން ދިޔަ ލިޔުޝާއަށް އާތިފާގެ ޙަބަރެއްނުވާތީވެ ކުޑަކޮއް ކަންބޮޑުވިއެވެ. އަދި އޭނާގެ ޙަބަރެއް ބަލައިލަން ގުޅާލިއެވެ.
ލިޔުޝާ : އާތީ. ކޮންތާކު ތިޔަ އުޅެނީ ކްލާހަކަށްވެސް ނާންނަމެއްނު
އާތިފާ : މަ ކެނޑިއްޖޭން. ކިހިނެއްތަ ކައިވެނީގެ ފޮނިކަން
ލިޔުޝާ : ވަރަށް ރަނގަޅު. ހަމަ ކޮބައިތޯ ބަލާލީ
އާތިފާ : ދިމާވެސް ނުވާނަންތަ؟
ލިޔުޝާ : ނޫނޭ ދިމާވެވިދާނެ
އާތިފާ : މަށާ ލިޔުއާ އެކަނި ކޮފީއަކަށްދޯ
ލިޔުޝާ : އާނ ތިކަން ވެދާނެ
އާތިފާ : އެހެންވީމާ މާދަން އާދޭ މިގޭ ކައިރީހުރި ކެފޭއަށް އެއިރުން މަ ދޭނަން ކައިވެނި ހަދިޔާވެސް
ލިޔުޝާ : މައްސަލައެއް ނެތް
ޖެހިގެން އައި ދުވަހު ލިޔުޝާ ފާއިޒް ކައިރި އާތިފާއާ ބައްދަލްކުރާ ވާހަކަ ބުނެލިއެވެ. އަދި ވަގުތު ހޭދަކޮއްލާފައި އަންނާނެ ވާހަކަ ބުނެލުމަށްފަހު އާތިފާމެންގޭ ކައިރިހުރި ކެފޭއަށް ގެންގޮސް ލާދިނުމަށް ފާއިޒް ކައިރި އެދުނެވެ. ދެމަފިރިން ގޮސް އާތިފާއާ ބައްދަލްކޮއް ލިޔުޝާ ކެފޭއަށްލުމަށްފަހު ފާއިޒް ގެއަށް ދިޔައެވެ. އޮލަ ވާހަކައިގައި ދެމީހުން ތިއްބާ ބޯކޮއް ވިއްސާރަ އޮއްސާލާ ގުގުރަން ފަށައިފިއެވެ. ލިޔުޝާ ފާއިޒްއަށް ގުޅާ ކާރެއްގައި އިރުކޮޅަކުން ދާނެވާހަކަ ބުނެލިއެވެ. އެއަށްފަހު ކައިވެނި ހަދިޔާ ކޮބައިތޯ އާތިފާކުރެން އަހާލިއެވެ. ޖަވާބުގައި ހަދިޔާވީ ގޭގައި ކަމަށް އާތިފާ ބުނެލިއެވެ. އެއަށްފަހު ލިޔުޝާ ގޮވައިގެން ވާރޭތެރޭގައި ހިނގާފައި ގޮސް އާތިފާ ގޭ ކައިރިއަށް މަޑުކޮއް ލިޔުޝާ އަތަށް ތަޅުދަނޑި ދިނުމަށްފަހު އާތިފާ ކޮޓަރީ އެނދުމަތީ އިން ހަދިޔާ ހިފައިން އައުމަށް ބުނިއެވެ. ވީ އުފަލުން ލިޔުޝާ އަވަސް އަވަހަށް ގޮސް އާތިފާ ކޮޓަރިއަށް ތަޅުދަނޑިޖަހާ ހުޅުވާލިއެވެ. ކޮޓަރިހުރީ އަނދިރިކޮއްށެވެ. އެތެރެޔަށް ފިޔަވަޅު އެޅިތަނުން މީހަކު ފަހަތުން އައިސް ލިޔުޝާ އަނގަމަތީ އަތް އެޅިއެވެ. އަދި ފޮތިގަނޑަކުން ކަނުބަނދެފައި އެނދުމައްޗަށް ވައްޓާލުމަށްފަހު އަނގަމަތީވެސް ފޮތިގަނޑެއް އެއްސިއެވެ. އެއަށްފަހު ދެ އަތް އެނދުގައި އެއްސުމަށްފަހު ލިޔުޝާގެ އިއްފަތްތެރިކަން ފޭރިގަތެވެ.
ގައިގާ ވަރެއްނެތިފައިވާ ލިޔުޝާ އޮތީ ކަރުނައަޅާހާލު އެނދުމަތީ ރޯންށެވެ. އެތައް އިރަކު އޮވެފައި ހިތްވަރުލާފައި ތެދުވިއެވެ. ކޮޓަރިތެރެ އަދިވެސްވަނީ އެއްކޮއް އަނދިރިކަންމަތީގައެވެ. ޖަހާލާ ގުގުރިއާއެކު ވިދާލާ ވިދުވަރަކުންނޫނީ ކޮޓަރިއަށް އަލިކަމެއް ނުލިބެއެވެ. ކަން ވީގޮތް ފިރިމީހާއަށް ކިޔާދީފިނަމަ އޭނާ އެކަން ގަބޫލްކުރާނެބާއޭ ހިތަށްއަރާ އެކި ގޮތްގޮތަށް ވިސްނިއެވެ. ނަމަވެސް ލިޔުޝާއަށް ދިމާވިކަންތަކާމެދު އޭނާވެސް ދެރަވިއެވެ. ލަދުވެސްގަތެވެ. ކޮންމެ ގޮތަކަށް ވާހަކަ ކިޔާދިނަސް ކުއްވެރިވާނީ ލިޔުޝާކަން އެނގެއެވެ. ދެރަވެފައި ހުރި ލިޔުޝާ ހަދާނެގޮސް ހުސްވިއެވެ. އަދި އެ ކޮޓަރި ދިއްލާލިއިރު މޭޒެއްމަތީ ނޯޓް ފޮތަކާ ގަލަމެއް އޮތެވެ. އެ ފޮތް ނެގުމަށްފަހު ލިޔަންފެށިއެވެ.
” ލޯބިވާ ފާއިޒްއެވެ. މިއަދު އަހަރެން މިވާހަކަ ކިޔާދޭނީ ކިހިނަކުންހެއްޔެވެ. އަހަރެންގެ ރަހްމަތްތެރިޔާ އާތިފާގެ ކޮޓަރިޔަށް އަހަރެންވަނީ އަހަރުމެންގެ ކައިވެނި ހަދިޔާ ބަލައެވެ. ނަމަވެސް އަހަރެންނަށް ލިބުނު ހަދިޔާއަކީ އަހަރެންގެ އިއްފަތް ވެއްޔާ މޮޑެލެވުމެވެ. އަހަރެން ތެދަށް މިވާހަކަ ކިޔާދިނަސް އެކަކުވެސް ގަބޫލް ނުކުރާނެއެވެ. ކުއްވެރިވާނީ އަހަރެންނެވެ. އަހަރެންނަށް މައާފްކުރާށެވެ. ފާއިޒްގެ ހަޔާތުގައި މިއަދު އަހަރެންނަކީ އެއްވެސް އަގެއް ހުންނާނެމީހެއްނޫނެވެ. ފާއިޒް އުޅެންޖެހޭނީ ބޮޑު ލަދެއްގައެވެ. ނޫރާވެސް ޖެހޭނީ ލަދެއްގައި އުޅޭށެވެ. ވީމާ މިދުނިޔޭގައި ހުރުމަށްވުރެ އަހަރެން މިދުނިޔެއާ ވަކިވުމަކީ އެންމެ ރަނގަޅުގޮތެވެ. ފާއިޒްދެކެ ވަރަށް ލޯބިވޭ. ”
ނޯޓް ފޮތުގައި ލިޔެ ނިންމުމަށްފަހު އެނދަށްއަރާ ސީލިންގް ފަންކާގައި ބެޑްޝީޓް އޮޅާލިއެވެ. އަދި ކަރުގައި މަޅި އައްސާލުމަށްފަހު އެނދުން ލިޔުޝާ ރޮމުން ފުންމާލިއެވެ. އިރުކޮޅެއްފަހު ނޭވާ ހާސްވެ މަރަށް ތެޅިތެޅިފައި ލިޔުޝާގެ ފުރާނަ މިދުނިޔެއާ ވަކިވެއްޖެއެވެ.

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...