ޖުނާންއަކީ އުމުރުން ނަވާރަ އަހަރުގެ ޒުވާނެކެވެ. ލަވަޔާ މިޔުޒިކް އަދި ދުނިޔެވީ އުފަލަކީ އޭނާގެ ހިތްހަމަ ޖެހުމެވެ. ޖުނާންގެ ،މައިން ބަފައިންނަކީ ފޯރުންތެރި ބަޔެކެވެ. މިކަމުގެ ސަބަބުން ޖުނާން ވަޒީފާއަކަށް ދާކަށް ނުޖެހެއެވެ. މަންމައާ ބައްޕައަށް ލިބޭ އެއްޗަކުން ކައިބޮއެ ހަދާލައިގެން ގޭގައި ހުންނަ ޖުނާންއަށް މައިންބަފައިން ދެނީ އެންމެ ނަސޭހަތެކެވެ. ބަންގި ގޮވުމުން މިސްކިތަށްދާށެވެ. ނަމަވެސް ބޯހަރު ޖުނާންއަށް އެކަންވަނީ ބޮޑު ކަމަކަށްށެވެ. އަގުބޮޑު ކާރުގައި ދުރު ތަންތަނަށް ދެވޭއިރު ގެޔާ ޖެހިގެން ހުންނަ މިސްކިތަށް ހިނގާލާފައި ނުދެވެއެވެ.
އެއްދުވަހަކު ރައްޓެހިންނާއެކު ދިގު ދަތުރެއް ނިންމާފައި ޖުނާން އައިސް ފެންވަރައިގެން ޖައްސާލުމާއެކު ނިދިއްޖެއެވެ. އެއިރު ހުރީ އިޝާއަށް ގޮވަން ކައިރިވެފައެވެ. އިރުކޮޅަކުން ޖުނާންގެ ބައްޕަ އައިސް ގޮވަންފެށިއެވެ. ޖުނާން މިތެދުވަނީޔޭ ބުނީމަވެސް ބައްޕަ ދިޔައީ ގޮވަމުންނެވެ. އަނެއްކާވެސް މިތެދުވަނީޔޭ ކިޔާފައި ޖުނާން ތެދުވަން ހިފާލިއެވެ. ނަމަވެސް ހަށިގަނޑު ހަމަ ހިލާ ގުޑާނުލިއެވެ. އެއިރުވެސް ޖުނާންގެ ބައްޕަ ދިޔައީ ޖުނާންއަށް ގޮވަމުންނެވެ. ޖުނާންގެ ހިތަށް ބިރުވެރިކަން ވަންނަންފެށީ ބައްޕަ ދުވެފައިގޮސް މަންމަ ގޮވައިގެން އައިސް ޖުނާންއަށް ގޮވަން ފެށުމުންނެވެ. ދަރިފުޅާ ތެދުވެބަލާށެ އެތައް ފަހަރު ކަރުނަ އަޅާހާލު މަންމަ ދިޔައީ ގޮވަމުންނެވެ. ވާނުވާ ނޭންގިފައި އޮތް ޖުމާންވެސް ރޮވެން ފަށައިފިއެވެ. އިރުކޮޅަކުން ފެނުނީ ކޮޓަރިއަށް އެމްބުލާންސްގައި އިންނަ އެނދާއެކު ދެމީހަކު ވަތްތަނެވެ. އަދި ޖުނާން އެނދަށް ލައިގެން ގެންގޮސް އެމްބިއުލާންސަށް އެރުވިއިރު ފަހަތުން މައިބަފައިންވެސް ކާރަށް އަރާތަން ފެނުނެވެ. އެމްބުލާންސް ދޮރުޖަހައި އިމަޖެންސީގައި ޖުނާން ހޮސްޕިޓަލަށް ގެންދަން ފަށައިފިއެވެ. އެމްބިއުލާސް ތެރޭގައި އިން ދެމީހަކު ދިޔައީ ޖުނާންގެ ހަށިގަނޑަށް ބަލަހައްޓައިގެންތިބެ އެކަކު އަނެކަކާ ވާހަކަ ދައްކަމުންނެވެ. އެހިނދު ޖުނާން އެމީހުންނަށް ގޮވަންފެށިއެވެ. އަހަރެންނަށް މިއޮތީ ކިހިނެއްވެފާހެއްޔެވެ. މިހެން ގޮވިގޮވުމުގެ އަޑުވެސް ހަމަ ހިލާ އެމީހުންގެ ކަންފަތުގައި ނުޖެހުނެވެ.
އެމްބިއުލާންސް އައި ތަނަކަށް އައިސް މަޑުކޮއް ދޮރު ހުޅުވުނުތަން ޖުނާންއަށް ފެނުނެވެ. އެއިރު ދޮރު ކައިރީގައި މައިންބަފައިން ތިއްބެވެ. އެނދަށް ލެވިފައިވާ ޖުނާން ގެންގޮސް އިމަޖެންސީ ރޫމްއަށް ވެއްދުނެވެ. ހަށިގަނޑަށް އެތައް އެއްޗެހިތަކައް ގުޅިއްޖެއެވެ. އިރުކޮޅަކުން މައިންބަފައިން ހާޒިރުކޮއް ޑޮކްޓަރު ދެކޮޅަށް ބޯ ހޫރުވާލިތަން ޖުނާންއަށް ފެނުނެވެ. އަދި މަންމަ ބައްޕަ ގައިގާ ބާރަށް ބައްދައިގަނެ ރުއިތަންވެސް ފެނުނެވެ. ދެން ފެނިގެން ދިޔައީ ޖުނާން މުޅި ހަށިގަނޑު ހުދު ފޮތިގަނޑަކުން ނިވާކުރެވުނުތަނެވެ. އެވަގުތު ޖުނާން ބާރުބާރަށް ރޮއެގަތެވެ. ޖުނާން މިއޮތީ މަރުވެފައިކަން އޭނާއަށް އެނގުނެވެ. ހުރި ހިތާމައެއްގެ ބޮޑުކަން އޭނާއަށް އިހުސާސްކުރެވުނެވެ. ވަގުތުގެ ބޭނުން ހޮޔޮގޮތުގައި ނުހިފި ދުނިޔެ ދޫކޮއް ދާންޖެހިއްޖެކަން މިއަދު އޭނާއަށް އެނގިއްޖެއެވެ.
ޖުނާންގެ ހަށިގަނޑުގައި އޮތް ފޮތިގަނޑު ނެގިއިރު އޭނާ މިއޮތީ ހިނަވާ ގެއަށް ގެނެވިފައެވެ. އަތުގައި އޮތް މޮޅު ރޯލެކްގަޑި ހިނަވާ މީހާ ނެގިތަން ފެނުނެވެ. އެއަށްފަހު ލައިގެން އޮތް އަންނައުނު ބޭލިއްޖެއެވެ. މުޅި ގަޔަށް ފެންއަޅަން ފަށައިފިއެވެ. އިރުކޮޅަކުން ހުދުފޮތި ގައިގާ އޮޅާލާފިއެވެ. އަދި ކާފޫރު އުނގުޅާފިޔެވެ. މިހާރު ޖުނާން މިއޮތީ މޫނުދައްކަން ބޭއްވިފައެވެ. ގާތް ރަހްމަތްތެރިންނާ އާއިލާމީހުން ޖުނާންގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލަން އަންނަންފަށައިފިއެވެ. މޫނު ބަލާ ކޮންމެ މީހަކަށް ޖުނާން ދިޔައީ އާދޭސްކުރަމުންނެވެ. އޭނާ ސަލާމަތް ކުރުމަށްށެވެ. ނަމަވެސް ހަމަ ހިލާ އަޑެއް އެކަކަށްވެސް ނީވުނެވެ. މޫނު ބަލާ ނިމުމުން ސަންދޯލަށް ޖުނާން ލެވިއްޖެއެވެ. ކަށުނަމާދަށް މިސްކިތަށް ގެންދެވުނެވެ. އެއީ މުޅި އުމުރުގައިވެސް ޖުނާން ނުވަންނަން އުޅުނު ތަނެވެ. މިއަދު އެތަނަށް އޭނާ އެވެއްދުނީ އޭނާގެ މައްޗަށް ނަމާދުކުރާށެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއޭ މިހާރު ޖުނާން ހިތަށް އަރައެވެ. އެއިރު ނަމާދުކުރެވުނުނަމައޭ ހިތަށް އަރާ ރޮއެ ހޭރެންފެށިއެވެ. ނަމަވެސް ހަމަ ހިލާ އެކަކަށްވެސް ޖުނާންގެ ރުއިމުގެ އަޑު ނުއިވެއެވެ. އެންމެ ފަހަށް ކޮނެފައިވާ ކަށްވަޅަށް ޖުނާންގެ ހަށިގަނޑު ގެންދެވެން ފަށައިފިއެވެ. އަޑުގެ ނެތްކޮޅަށް ތިމަންނަ ނުގެންދާށޭ ކިޔާ ހަޅޭއްލަވަން ޖުނާން ފެށިއެވެ. ނަމަވެސް އެއަޑު ހަމަ އެކަކަށްވެސް ނީވެއެވެ. އެންމެ ފަހަށް ކަށްވަޅަށް ތިރިކުރެވިއްޖެއެވެ. އެންމެ ފަހަށް ވަޅުވެސް ލެވިއްޖެއެވެ. މައިންބަފައިންނާ ރައްޓެހިންގެ ފަހު ފިޔަވަޅުތަކުގެ އަޑު ޖުނާން އެހިއެވެ. އިރުކޮޅަކުން ބިރުވެރި އަޑެއް އިވުނެވެ. އެއަޑުން ކުރި ސުވާލުތަކަށް ޖަވާބު ނުދެވުމާއެކު ޖުނާންގެ ގެ ސަންދޯކްގައި ހުޅު ހިފައި މީހާ އެއްކޮއް އަނދަންފަށައިފިއެވެ.
ޖުނާންއަށް ހޭލެވުނީ ހަޅޭއްލަވަމުންނެވެ. އެހިނދު ކޮޓަރިއަށް ވަތް މައިންބަފައިންވެސް ކޮއްޕާލާފައި ދުވަމުން ގޮސް އެރީ މިސްކިތަށްށެވެ. މީހާ ހުރީ ބިރުން ތުރުތުރު އަޅައެވެ. އެންމެ ފުރުތަމަވެސް ތައުބާގެ ނަމާދުކުރިއެވެ. އަދި މުދިންބެ ހޯދައި ހުރިހާ އެއްޗެއް ކިޔައިދިނެވެ. މުދިންބެ ޖުނާންގެ ބުރަކަށީ ފިރުމާލާފައި ތިޔަ ހުވަފެނުގައި ފެނިގެން ތިޔަ ދިޔައީ މަރުގެ ތުންފަތްމަތީގައި ތިބާ ވީ ހާލުކަން ބުނެލިއެވެ.
No comments:
Post a Comment