އުމަރުއަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ޒުވާނެކެވެ. ކާން ބޯން ކުރާ މަސައްކަތަކީ ވަޑާންކުރުމެވެ. ލިބޭ އާމްދަނީއިން އަނބި ދަރިންނަށް ކިރިޔާ ދެކޮޅުޖެހޭވަރުވެއެވެ. ލިބޭ އާމްދަނީއިން އެންމެ މަދުވެގެން ފަންސާސްރުފިޔާ ކޮންމެ މަހަކު އުމަރު ސަދަގާތްކުރެއެވެ. މިކަމުގެ ސަބަބުން ދިރިއުޅުން ދަތިވިޔެއްކަމަކު އޭނާއަށް ހިތްހަމަޖެހުން ލިބެއެވެ.
މިއަދުވެސް އުމަރު ވަޒީފާއަށް ދާން ނުކުތީ އަތުގައި އެއްވެސް އެއްޗެއް ނެތިއެވެ. މަހުގެ ފަހު ކޮޅުކަމުން އަތްމަތި ވަރަށްވެސް ދައްޗެއްވެ. ލޯބިވާ އަނބި މީހާ ދިން ބިސްކޯދްއަކާ ކަޅުސަޔެއް ބޯލައިގެން އިސްޖަހާލައިގެން ވަޑާންގެއާ ދިމާލަށް ގޮސް މަސައްކަތް ފަށައިގަތެވެ. މަސައްކަތުގައި ބުރަކޮއްއުޅެ މެންދުރު ބަންގިއަށް ހުއްޓާލުމަށްފަހު މިސްކިތައްދިޔައެވެ. ނަމާދުކޮއްލައިގެން ފޭބިތަނުން ގާތް ރައްޓިއްސަކާ ދިމާވިއެވެ. ހާލު އަހުވާލު އޮޅުން ފިލުވާލުމަށްފަހު ވަޑާންގެއާ ދިމާލަށް ހިނގައިގަތްތަނުން ރަހުމަތްތެރިޔާ އުމަރުއަށް މެންދުރު ކެއުމަށް ދައުވަތުދިނެވެ. ދައުވަތު ގަބޫލްކޮއް އުމަރު ކެއުމަށް ދިޔައެވެ. ކައި ނިމުނުތަނުން ރަހްމަތްތެރިޔާ އުމަރަށް ފައްސަތޭކަ ރުފިޔާ ދިއްކޮއްލިއެވެ. އަދި އަނބި ދަރިންނަށް ދިން ހަދިޔާއެކޭ ބުނެލިއެވެ. އެއަށްފަހު ރަހްމަތްތެރިޔާ ކުންފުންޏެއް ހުޅުވަން އުޅޭ ވާހަކަ އުމަރު ކައިރީ ބުނެލިއެވެ. އެކުންފުންޏަށް އުމަރު ފަދަ މަސައްކަތްތެރި މީހަކު ބޭނުންވާ ވާހަކަ ބުނެލިއެވެ. އަދި ރަނގަޅު އިނާޔަތެއް ދޭނެކަމަށް ބުނެލިއެވެ. މިކަމާ އުމަރު ވަރަށްވެސް އުފާވިއެވެ. އަދި ރަހްމަތްތެރިޔާއަށް އިންތިޒާރުކުރާނެ ވާހަކަ ބުނެލުމަށްފަހު ދެމީހުން ވަކިވިއެވެ.
ދެތިން މަސް ފާއިތުވީއިރުވެސް ރަހުމަތްތެރިޔާގެ ޙަބަރެއްނުވިއެވެ. އެކަމާ އުމަރު މާޔޫސްވެގެން އަނބި މީހާ ކައިރީ އެ ޝަކުވާކުރިއެވެ. އަނބިމީހާ ދިނީ ވަރަށްވެސް މުހިންމު ޖަވާބެކެވެ. އުމަރުގެ ވަޑާންކުރުމުގެ ހުނަރު އަމިއްލަ މަސައްކަތެއް ގޮތުގައި ފަށައިގަތުމަށްށެވެ. އަނބި މީހާގެ ބަސް ގަބޫލްކޮއް އުމަރު މީސް މީޑިޔާގައި ވަޑައިންކޮއްދޭވާހަކަ ޖަހާލިއެވެ. ގިނަ ދުވަސްތަކެއްނުވެ ފުރުތަމަ މީހާ ގުޅާލިއެވެ. އެމީހާގެ ގެޔަށް އުމަރުގޮސް އެމީހާ ބުނި ކަމެއް ކޮއްދިނުމުން އުޖޫރައެއްގޮތުގައި ފައްސަތޭކަ ރުފިޔާ ލިބުނެވެ. އެގެއިން ދިޔުމުގެ ކުރިން އުމަރު ކޮއްފައިހުރި މަސައްކަތުގެ ފޮޓޯއެއް އޭނާ ނަގާލުމަށްފަހު މީސްމީޑިއާއަށްލިޔެވެ، އެއަށްފަހު ލިބުނު އުޖޫރަ މާރުކޮއް ފަންސާސް ރުފިޔާ ސަދަގާތްކުރިއެވެ. އަދި ބާކީ ލާރި އަނބި މީހާއާ ހަވާލުކުރިއެވެ.
ފުރުތަމަ މަސައްކަތް ލިބުނުތާ ހަފްތާއެއްފަހުން މީހަކު އުމަރުއަށް ގުޅާފައި އޭނާގެ ވަޑާމުގެ މަސައްކަތް ރީތިވާހަކަ ދައްކާލުމަށްފަހު މަސައްކަތެއް އޮތްވާހަކަ ބުނެލިއެވެ. އުމަރު އެމީހާ ގެ ގެޔަށް ގޮސް އެމީހާ ބުނި ތަނެއްގައި ވަޑާމުގެ މަސައްކަތްކޮއް ނިންމާލިއެވެ. މިފަހަރު އުޖޫރައެއްގޮތުގައި އުމަރުއަށް ލިބުނީ ދެހާސް ރުފިޔާއެވެ. އުމަރު މިކަމާ ވަރަށް އުފާކުރިއެވެ. އަދި ފައިސާ މާރުކޮއް ދުވިސައްތަ ރުފިޔާ ސަދަގާތްކުރިޔެވެ. އަދި ބާކީ އަނބި މީހާއާ ހަވާލުކުރިއެވެ.
ދުވަހަކަށްވުރެ ދުވަހަށް އުމަރުއަށް ފޯނު އަންނަލެއް ގިނަވިއެވެ. މަސައްކަތް ލިބޭލެއް ގިނަކަމުން ވަޒީފާވެސް ދޫކޮއްލިއެވެ. ކޮންމެ މަސައްކަތެއްގެ އުޖޫރައިން އުމަރު ދިޔައީ ސަދަގާތްކުރަމުންނެވެ. މިގޮތުގައި ދުވަސްތައް ދަމުންގޮސް މިހާރު އުމަރުއަކީ އަމިއްލަ ކުންފުއްޏެއް ހިނގަމުންދާ މީހެކެވެ. ކައިރީ އަބަދުވެސް މަސައްކަތު މީހުން ތައްޔާރަށް ތިބެއެވެ. އެމީހުންގެ މުސާރަވެސް އެންމެ ތަންފުކެއް ލަސްނުކޮއް އުމަރު އެމީހުންނަށް ދޭތީ އެމީހުން ތިބެނީ ވަރަށް އުފާވެފައެވެ. ކޮންމެ މަހަކު ކުންފުންޏަށްވާ ފައިދާއިން އުމަރު އަބަދުވެސް ސަދަގާތްދެއެވެ. މިއަދު އުމަރުއަކީ ގިނަ މީހުން ދަންނަ ލޯބި ވަރަށް ބޮޑަށް ލިބިފައިވާ މީހެކެވެ.
No comments:
Post a Comment