Monday, April 8, 2019


މުސްލިމް އުންމަތަށް ޖެހިފައިވާ ހާލާމެދު މިއަދު ވިސްނަނީ ކިތައް މީހުންތޯއެވެ؟ މުސްލިމް އަޙުންނާ އުޙްތުންގެ ވޭން އިހްސާސް ކުރެވެނީ ތިބާއަށް ކިހާވަރަކަށްތޯއެވެ؟ މިއަދު އަޅުގަނޑުމެން ކިތަންމެ ދުރުގައި ތިއްބަސް މުސްލިމް އަޙުންނާ އުޙްތުން އުޅެމުންދާ ހާލު ބަލާލެވެއެވެ. ނަމަވެސް އެއުރެންނަށް ލިބެމުންދާ އަނިޔާތައް ދިފާއުކުރުމަށް ތެދުވަނީ މަދު ބައެކެވެ.
އަހަރެންގެ ނަމަކީ ނޫހްއެވެ. އަހަރެންނަކީ ސީރިޔާގައި ވަރަށް އުފަލާއެކު އަހަރެންގެ މަންމައާ ބައްޕަ އަދި ކޮއްކޮ ގޮވައިގެން ދިރިއުޅެމުން އައި ރައްޔިތެކެވެ. ހުރިހާ ޙަރަދެއް ބަލަހައްޓާދެނީ އަހަރެންނަށް ލިބެމުން އައި އާމްދަނީއިންނެވެ. ނަމަވެސް އުފާވެރި ދުވަސްތަކަށް ބަނަކަންވެސް އަންނާނެއެވެ. އެގޮތުން ހުޅަނގުގެ ކުފުރު ޑިމޮކްރެސީއޭ ކިޔުނު ވިހަ ސީރިޔާގެ ރައްޔިތުންނަށް ޖެހިއްޖެއެވެ. މީސްތަކުން ބައިބައިވެ މުޒާޙަރާތައް ގިނަވެއްޖެއެވެ. ތަންތަން ލޫޓުވުމާ ފޭރުން ގިނަވެ މީސްތަކުން ބަނޑަށްވެސް ޖެހެން ފަށާފިއެވެ. މިކަންތައްތަކުގެ ސަބަބުން އަހަރެންގެ ވަޒީފާވެސް ގެއްލިއްޖެއެވެ. އޭގެ ދުވަސްކޮޅެއްފަހުން އިވެންފެށީ އެކި ދިމަ ދިމާލިން ބަޑީގެ އަޑެވެ. ދާޙިލީ ހަނގުރާމަވެސް ފެށިއްޖެއެވެ. އަހަރެންގެ ލޯބިވާ ބައްޕާ އަދި ކޮއްކޮއާ މަންމަ އެ ހަމަލާތަކުގެ ޝިކާރައަކަށްވުމުގެ ކުރިން ސީރިޔާ ދޫކޮއް ދިޔުމަށް ދަތުރުފެށީމެވެ. ކޮންމެ ފަސް ކިލޯ މިޓަރަކުން ޗެކްޕޮއިންޓްތައް އަޅާ ހަތިޔަރުއެޅި މީސްމީހުން އެ ޗެކްޕޮއިންޓްތައް ކައިރީ ފޯރިމަރަން ތިބެއެވެ. ބައެއްފަހަރު ބައްޝާރުގެ އަނިޔާވެރި ސިފައިނާވެސް ދިމާވެއެވެ. އެމީހުންގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެއީ އިންސާނުންބާއޭވެސް ހިތައް އަރައެވެ. އަންހެނެއް ފިރިހެނެއް ނުބަލައެވެ. ޖަހަން ވެއްޖެނަމަ ޖަހާ ވައްޓާލާ އައުގުރާނަ ގޮވައެވެ. ކުޑައްޖެނަމަ ހުރީހާ އެންމެންވެގެން ބަޑިތައް އެކުއްޖާއާ ދިމާލަށް ދިއްކޮއްފައި މައުލޫމާތު ހޯދަން މަސައްކަތްކުރެއެވެ.
ކޮންމެއަކަސް އެތައް ޗެކްޕޮއިންޓްއެއް ހުރަސްކުރެވިއްޖެއެވެ. އަހަރެންގެ ލޯބިވާ ސީރިޔާއަށް ބަލަމުން ދުއްވިއިރު އަހަރެންގެ ލޮލަށް ހަލާކުވެ ވީރާނާވެފައިވާ އިމާރާތްތައް ފިޔަވާ އެހެން އެއްޗެއް ނުފެނެއެވެ. ލޮލުން ކަރުނަ ބާލާ ހާލުގައި ދުވަމުންދަނިކޮއް ކާރަށް ވަޒަނެއް އަރާފިއެވެ. އިސާހިތަކު އެންމެން ކާރުން ފައިބާ ހަލާކުވެފައި ހުރި އިމާރާތަކުން ހިމާޔަތް ހޯދުމަށް ދުއްވައިގަތެވެ. ރަހްމެއްނެތް ބަޑިޖަހަމުން ދިޔަ މީހާ އެތައް ވަޒަނެއް އޭނާ ފިލާ އޮތްތަނުން އަހަރެމެންނާ ދިމާލަށް ފޮނުވާލިއެވެ. ނަމަވެސް ރެކެމުން ގޮސް އަހަރެމެންނަށް އިމާރާތްތެރެއަށް ވަދެވުނެވެ. ނަމަވެސް ބައްޕައެއް ނެތެވެ. ބައްޕަ ކޮބާތޯ ބަލާލަން އަހަރެން އެ އިމާރާތުގައި ހުރި ކުޑަދޮރަކުން ބަލާލީމެވެ. ބައްޕަގެ ފަޔަށް ވަޒަނެއް އަރައިގެން ވަނީ އިމާރާތަ ދިހަ ފޫޓު ދުރަށް ވެއްޓިފައެވެ. އަހަރެން ނުކުންނަން އުޅުމުން އަހަރެންގެ ފައިބުޑަށް ވަޒަނެއް އެރިއެވެ. އެކަމުގެ ސަބަބުން ނުކުންނަން އެހާ ރައްކާތެރި ވަގުތެއް ނޫންކަން އެނގުނެވެ. ބައްޕަގެ ފައިން އަޅާ ވޭނުގެ ސަބަބުން ގުޑާނުލެވިފައި އޮތެވެ. އަހަރެން ބައްޕަ ކައިރި ފިރުކިފަ އަންނަން ބުނެލީމެވެ. ބައްޕަ ވަރަށް ހާލުން ފިރުކެން ފެށިއެވެ. ނަމަވެސް އެ ފުރާނަ މިދުނިޔެއާ ވަކިވެގެން ދިޔައީ ރަހްމެއްނެތް ބަޑިޖަހަމުން ދިޔަ މީހާގެ އަމާޒަކަށް ވެގެންނެވެ. އަހަރެން ކުރިމަތީ އަހަރެންގެ ބައްޕަ ގަތުލް ކޮއްލީއެވެ.
ބައްޕަ ނިޔާވެފައި އޮތް މަންޒަރު ބަލަން ހުރި މަންމަ އަހަރެންކައިރީގައި ކުރިޔަށް ދިޔުމަށް ހިއްވަރު ދިނެވެ. އަހަރެންނާ މަންމަ އަދި ކޮއްކޮ ފައި މަގުގައި އިމާރާތްތަކުގެ ހިމާޔަތުގައި ރެއާ ދުވާލު ފައިމަގުގައި ދަތުރުކުރީމެވެ. ކާ އެއްޗެއް ނުލިބޭތާ ހަތަރު ދުވަސްވީއެވެ. ކޮއްކޮގެ ގައިގެ ވަރު ނެތެން ފަށައިފިއެވެ. އަހަރެންގެ ކޮނޑަށް ކޮއްކޮ އަރުވައިގެން މަންމަ އެއްތުން ހިފަހަށްޓައިގެން އަހަރެން ހިނގީމެވެ. މިގޮތުގައި އުޅެނިކޮއް ކުޑަ ބަހެއް އައިސް އަހަރެމެންނާ އަރާ ހަމަކުރިއެވެ. އެ ބަހުގެ ދޮރު ހުޅުވާލީ ބައްޝާރުގެ ހަތިޔާރުއެޅި ސިފައިންނެވެ. އެމީހުން އަހަރެމެންގެ ހާލު އޮޅުން ފިލުވައި ފެނާ ކާބޯތެކެތި ދިނުމަށްފަހު އެމީހުންނާއެކު ދިޔުމަށް އެދުނެވެ. އެމީހުންނާއެކު ދިޔުމަކީ މިވަގުތު އެންމެ ރަނގަޅުގޮތްކަމަށްފެނީ އެމީހުންގެ ބަހަށް އަހަރެމެން އެރީމެވެ. ބާރު ސްޕީޑްގައި ދުއްވައިފާދަމުން ވަކި ހިސާބަކަށް ހުއްޓާ އަހަރެންނާ ކޮއްކޮއާ ދިމާލަށް ބަޑި ދިއްކުރުމަށްފަހު ބަހުން ފޭބުމަށް އަމުރުކުރިއެވެ. ނުފައިބާފިނަމަ މަރާލާނެކަމަށް ބުނިއެވެ. އަހަރެމެން ބިރުން ފޭބީމެވެ. ނަމަވެސް މަންމަ ފޭބިއަކަށް ނުދިނެވެ. އެފަކީރު ކަރުނަ އަޅާ ރޮނީއެވެ. އެފަކީރުގެ ރުއިމާ އަހަރެމެންގެ އާދޭހަށް ނުބަލާ އެމީހުން މަންމަ އެމީހުންނާއެކު ގެންދާތާކަށް ގެންދިޔައެވެ. އަހަރެންނާ ކޮއްކޮ އެކަނި ވީއްޔެވެ. ކޮއްކޮ ރައްކާތެރިކުރުމަށް އަހަރެން ނިޔަތްގަތީމެވެ. އެކުއްޖާ އުރައިގެންނާ ފައި މަގުގައި އަހަރެން ހަފްތާއެއް ވަންދެން ދަތުރުކުރީމެވެ. ކާއެއްޗެއް ނުކައި ބޯނެ ފެންފޮދެއް ނުލިބި ދަތުރުކުރަނިކޮއް އަހަރެމެން ދަތުރުކުރި މަގަށް ބޮން އަޅާފިއެވެ. ކޮއްކޮ ސަލާމަތްކުރަން އެކުއްޖާ އަތުގައި ހިފާ ދުއްވައިގަތީމެވެ. ވެއްޓެމުން އައި ބޮންތައް ގޮވައި އަހަރެމެން ދެމީހުން ދުންގަނޑުތެރެއަށް ފޮރުވިގެން ދިޔައެވެ. ދުންގަނޑުތެރެއިން އަހަރެން ކޮއްކޮގެ އަތުގައި ހިފައުގެން ނުކުތީމެވެ. ނަމަވެސް ކޮއްކޮ އާދަޔާ ޙިލާފަށް ލުއިހެން ހީވެ ފަހަތްބަލާލީމެވެ. އަހަރެންގެ އަތުގައި އޮތީ އެ މައުސޫމް ކުއްޖާގެ ހަށިގަނޑާ ވަކިވެގެން އައިސްފާވާ އަތެވެ. ލޮލުން ކަރުނަ އޮހޮރި ހަޅޭއް ފަޅޭއް ޖަހާ މޮޔަ މީހެއްހެން އަހަރެން ކޮއްކޮ ހޯދުމަށް ދުއްވައި ގަތީމެވެ. ގާތައް ހާވަމުން ގޮސް އަހަރެންނަށް ކޮއްކޮގެ ހަށިގަނޑު ފެނުނެވެ. އަހަރެންގެ ލޯބިވާ ކޮއްކޮވަނީ ބުރި ބުރިވެފައެވެ.
މުޅި އާއިލާ އަހަރެންނަށް ގެއްލި އެކަނިވެރިއަކަށް ވެއްޖެއެވެ. ރޭގަނޑު ނިދެނީކީނޫނެވެ. ހުވަފެނުން އެންމެން ފެންނަނީއެވެ. މިހާލުގައި ދުވަސްތައް ގުނަމުން ދަނިކޮއް ލޮރީއެއްގައި އައި ބަޔަކު އަހަރެންނާ ދިމާވިއެވެ. އެމީހުން އަހަރެންނަށް ކާނާއާ ފެން ދިނެވެ. އެއަށްފަހު އެމީހުންގެ ކޭންޕްއަށް އަހަރެން ގެންގޮސް އެމީހުންގެ އިސްވެރިޔާއާ އަހަރެން ބައްދަލް ކުރުވިއެވެ. އަދި ކޭމްޕްގެ އެންމެން އަހަރެން ވަށާ އިށީނެވެ. އިސްވެރިޔާ އަހަރެންގެ ވާހަކަތައް އަޑުއަހައި އެކަމާ އެނާ ހިތާމަ ކުރިއެވެ. އަދި އޭނާ އަހަރެން ބަލަހަށްޓާނެކަމަށް ވައުދުވިއެވެ. އަދި އޭނާގެ ލަޝްކަރުގައި ހިމެނުމަށް އަހަރެންނަށް ތަމްރީން ދިނެވެ. ތަމްރީންތައް ނިންމާފައި އަހަރެންނަށް އަހަރެންގެ ބަޑި ހަދިޔާކުރިއެވެ. އެއަށްފަހު ފުރުތަމަ ހަނގުރާމައަށް އަހަރެން ނުކުތީމެވެ. ބައްޝާރުގެ ލަޝްކަރުގެ އަތްދޮށުގައި އޮތް އަވަށެއް މިނިވަންކުރީމެވެ. ހަނގުރާމަ ނިމުމުން ގެތައް ފާސްކުރަމުން ދަނިކޮއް އަހަރެންގެ ލޮލުގައި އަޅާގަތީ ޕާކްކޮއްފައި އޮތް ބަހެކެވެ. ވަގުތުން އަހަރެންނަށް އެ ބަސް އެއީ އަހަރެންގެ މަންމަ ގެންދިޔަ ބަސްކަން އެނގުނެވެ. އަހަރެން ގޮސް އެ ބަހުގެ ތެރެ ބެލިއިރު ކަމަކުދާކަށްނެތެވެ. އަހަރެންގެ ލޯބިވާ މަންމަގެ އިއްފަތްވަނީ ނަގާލާފައެެވެ. އެފަކީރުގެ އުރަމަތިވަނީ ތޫނު އެއްޗަކުން އިރާލާފައެވެ. ގައިގާ އެންމެ ލޭފޮދެއްވެސް ނެތެވެ. މުޅި މީހާގެ ހަށިގަނޑުގައިވަނީ ވަޅި ދަމާފައެވެ. އަހަރެންގެ ބޮލުގައި އަތްއަޅާ ބާރަށް ރޯންފެށުމުން އިސްވެރިޔާ އައިސް އަހަރެން އެތަނުން ދުރަށްލާ ބައްދައިގަތެވެ. ފެންނާނެކަމަށް އުންމީދުކޮއްގެން ހުރި އާއިލާ މެންމްބަރުވެސް މިވަނީ ގަތުލްކޮއްލާފައެވެ. މިއަދު އަހަރެންގެ ހަމަ އެކަކުވެސް ނެތެވެ. މިއަދު އަހަރެންގެ އެކުވެރިޔަކީ އަދި އާއިލާ އަކީ އަހަރެން އަތުގައި އޮތް ހަތިޔާރެވެ. މި ހަތިޔާރު އަހަރެންގެ ފުރާނަ ހުރިހާ ދުވަހަކު އުފުއްލާނަމެވެ. އަދި ދުޝްމަނުންނަށް ހުރި ބިރުވެރިކަމަކަށް އަހަރެން ވާނަމެވެ. އަހަރެންގެ އާއިލާއަށްޓާކާ އަހަރެން ބަދަލް ހިފާނަމެވެ. އަދި الله سبحان و تعالىٰ އަށްޓަކައި ޖިހާދު ކުރާނަމެވެ.
– ނިމުނީ –

މީދަލަކީ އަބަދުވެސް އިންސާނުންނަށް އުނދަގޫ ޖައްސާ އެއްޗެކެވެ. މިސޮރުމެންގެ ސަބަބުން ނުރައްކާތެރި އެތައް ބަލިތަކެއް ފެތުރެން މެދުވެރިވެއެވެ. ބައެއްފަހަރު އެންމެ މީދަލެއްގެ ސަބަބުން މުޅި ހަޔާތް ބަރުބާދުވެއެވެ.
ހަސަނަކީ ދަނޑުވެރިއެކެވެ. މީހުން އޭނާއަށް ވަނަމަކަށް ތުނޑު ހަސަނު ކިޔާއުޅެއެވެ. ހަސަނުގެ ދަނޑުތަކުން އެތައް މޭވާއެއް ކޮންމެ އަހަރަކު އުފައްދާ އެތައް ފައިދާއެއް ވައްދާލައެވެ. މިކަމާ ހަސަނުއާ އޭނާގެ އާއިލާ ތިބެނީ ވަރަށްވެސް އުފަލުންނެވެ. ކޮންމެ އަހަރަކުވެސް ހަސަނު ދަނޑުތައް ދޫކޮއް ދަތުރެއް އާއިލާއާއެކު ކޮއްލައެވެ. މިފަހަރުވެސް ފަޅު ރަށަކަށް ދާން އޭނާ ނިންމިއެވެ. ދަތުރުގެ ހުރިހާ ކަމެއް ތައްޔާރުކޮއްފައި ބޮއްކުރަލަށް އެންމެން އަރާ ކައިރީގައި އޮތް ފަޅުރަށަށް ފުރިއެވެ. ރަށަށް ލެފުމާއެކު އެންމެން މޫދަށް އެރި ސަކަރާތްޖަހާ ދުވަހުގެ ކުޅިވަރުތަކައިގެން އަވަދިނެތި އުޅުނެވެ. މިގޮތުގައި ވަގުތުތައް ހޭދަވަމުންގޮސް އިރުއޮއްސެން ކައިރިވެއްޖެއެވެ. ހަސަނު ފުރުމުގެ ކުރިން ވަލުތެރޭން ދަރުތައް އެއްކޮއްލުމަށް ވަލަށް ވަނެވެ. ދަރު އެއްކުރުމުގައި އުޅެނިކޮއް ފައި ބުޑުން މީދަލެއް ދުއްވައިގަތެވެ. އެދިޔަ ގޮތައްގޮސް ހަސަނު އެއްކޮއްފައި ހުރި ދަރު ބޮނޑިތެރެއަށްވަނެވެ. މިކަމާ ހަސަނު ބޮލަށް އުދަގީވެގެންގޮސް ދަރުބޮނޑި މޮހާލިއެވެ. އަދި މީދާ ފެނުމާއެކު ދަރު ބުރިއަކުން ދެތިން ފަހަރަކު އޭގެ ބޮލުގައި ޖެހިއެވެ. ޖެހުމާއެކު އެ މީދާ ދުވެފައިގޮސް ވަލުތެރެއަށް ވަނުމުގެ ކުރިން ހަސަނާ ދިމާލަށް އެނބުރިފައި އަނގަ ވަރަށް ބޮޑަށް ހުޅުވާލާ އޭގެ ދަތްތައް ދައްކާލިއެވެ. އަދި އިރުގަނޑެއް ވަންދެން ބަލަން އޮވެފައި ލޯމައްޗަށް ގެއްލުނެވެ. ހަސަނު މިކަމާ މާ ބޮޑު ފިކުރެއްނުކޮއް ބޮއްކުރަލަށް ދަރުތައް އަރުވައިގެން އާއިލާއާއެކު ރަށަށް ފުރިއެވެ.
ރަށަށް ލެފުނީ އިރުއޮއްސި އަނދިރިވުމުންނެވެ. ހަސަނުއާ އޭނާގެ އާއިލާ ދަތުރު ވަރުބަލިވެފައި ހުރުމުން ކައިގެން އަވަހަށް ނިދަން އޮށޯނަން ނިންމިއެވެ. ނަމަވެސް ހަސަނު އޭނާގެ ދަނޑުތައް ކުޑަކޮއް ބަލައިލާފާ ނިދަން ނިންމިއެވެ. ދަނޑިތަކު ތެރެއަށް ހަސަނު ނުކުމެ ފަހަރަކު ދަނޑެއްގެ މޭވާތައް ހުރި ހާލަތްތައް ބަލާލިއެވެ. އަނެއް ދުވަހު ބިންނަން ތައްޔާރުވެފައި ހުރި މޭވާތައް ފާހަގަ ކުރުމަށްފަހު އޭނާ ނިދަން ގެއަށް ވަނެވެ.
ހެނދުނު އިރުއެރުމާއެކު ހަސަނު ދަނޑުތަކުން މޭވާ ބިންނަން ނުކުތެވެ. ނަމަވެސް އޭނާ ސިއްސައިގެން ދިޔައީ އެތައް މޭވާތަކެއް ހަލާކުވެފައިވާތަން ފެނުމުންނެވެ. އެކި މޭވާތައް އެކި ގޮތްގޮތައްވަނީ ކައިފައެވެ. ބަލާބެލުމަށް މީ މީދަލެއްގެ އުނދަގޫކަން ހަސަނަށް ފާހަގަވިއެވެ. ކުއްލިއަކަށް ހަނދާންވި ފަޅު ރަށުން ފެނުން މީދާ މަތިންނެވެ. އަނެއްކާ އެމީދާ ހަސަނަށް ނޭގި ދަރުތަކުތެރެއަށް ދެވަނަ ފަހަރު ވަދެގެން އައީބާއޭ ހިތައްއެރިއެވެ. ހަސަނުއާ އޭނާގެ އާއިލާ ދަނޑުތައް ހަލާކުކުރަމުން ދިޔަ މީދާ ހޯދުމުގެ މަސައްކަތް މުޅި ދުވަހު ކޮއްގެންވެސް ކާމިޔާބީއެއް ނުލިބި ނިންމާލަން ޖެހުނެވެ.
އިރުއޮއްސުމާއެކު މަސައްކަތް ހުއްޓާލާ އެންމެން ނިދަން ވަނެވެ. ހަސަނަށް ދަންވަރު ހޭލެވުނީ އޭނާގެ މަންމަ ހަޅޭއްލަވާގަތް އަޑަށްށެވެ. މަންމަގެ ކޮޓަރިއަށް ވަތްއިރު މުޅި ކަރުވަނީ އިރާލާފައެވެ. ލޭތައް ހޯސްލާފަ ފާބާތަން ބަލަން ހުރި ހަސަނު ބުރުން ބޭރަށް ނުކުމެ ހަޅޭއްލަވާގަނެ މީހުން އެއްކުރިއެވެ. މަންޒަރު ދެކުނު ކޮންމެ މީހަކު ނިކުތީ ބިރުން ފިއްކަނޑައިގެން ދާ ހާލުގައެވެ. ކަށުކަމާކެމީގެ ކަންތައް އަވަސްކޮއް މަންމަ ވަޅުލުމަށް ފަހު ހަސަނާ އޭނާގެ އަންހެނުންނާ ދަރިފުޅު ތިބެނީ ވަރަށް ބިރުންނެވެ. ހުރިހާ ދަނޑަކަށް ކޮންމެ ދުވަކު އެ މީދާ އެތައް ގެއްލުމެއް ދެއެވެ. މިގޮތަށް ދުވަސްތައް ވޭތުވެގެންގޮސް އަންހެނުންނާ ދަރިފުޅު އެމީދަލުގެ ޝިކާރަކަށްވެ ބޮޑު ބައްޔެއްގައި ދުނިޔެ ދޫކޮއް ހަސަނު މުޅިން އެކަނި ވެއްޖެއެވެ. މާޔުސް ވެފައިވާ ހާލު ހަސަނު ގޭތެރޭގައި އިންދާ އެނދު ބުޑުން މީދާ ގޮވާ އަޑުއިވުނެވެ. ހަސަނު ފުޅިބައްތިން އަލިކޮއް އެނދުދަށް ބަލާލުމަށް ގުދުވުމާއެކު މޫނުމަތި ކައިރިން މީދާ ހުރަސްކޮއްލިއެވެ. ސިއްސައިގެން ގޮސް ހަސަނު އަތުން ފުޅިބައްތު ދޫވެ މުޅި ގޭގައި ހުޅު ހިފާފިއެވެ. ހަސަނު ބޭރަށް ނުކުމެ ހުއްޓާ މީހުންތައް ފެން ހިފައިގެން އައިސް އަލިފާންގަނޑު ނިއްވޭތޯ މަސައްކަތްފެށިއެވެ. ނަމަވެސް އެކަން ކާމިޔާބުނުވެ ލޯ ކުރިމަތީ ހަސަނުގެ ގެ އަނދައިގެން ގޮސް ދަނޑުތަކަށްވެސް އަލިފާން ފެތުރި ދަނޑުތައްވެސް ވީރާނާވެއްޖެއެވެ. މިކަމާ ހަސަނު ވަރަށް ދެރަވިއެވެ. މިއަދު އޭނާއަކީ އެކައްޗެއްވެސް ނެތް މިހެކެވެ.
އާ އަޒުމަކާއެކު ދަނޑިތައް އަލުން ހައްދަން އާމްދަނީ ހޯދުމަށް ދަރު ވިއްކުމުގެ ވިޔަފާރި ފެށުމަށް ހަސަނު ވިސްނިއެވެ. އޭނާ އަތުގައި އޮތް ބޮއްކުރާގަނޑަށް އަރައިގެން ކައިރި ފަޅުރަށަށް ދިޔައެވެ. ދަރު ހޮވުމުގައި އުޅުމުގެ ތެރޭގައި ހަސަނު ކުރިމައްޗަށް އައިސް މީދަލެއް ހުއްޓުނުވެ. އޭތީގެ ބޮލުގައި ކެހެރި ކެހިފައިވާ ބޮޑުތަންގަޑެއް އިންތަން ފެނުމުން ހަސަނު އޭނާ އަނިޔާދިން މީދާ މަތިން ހަނދާންވިއެވެ. ނަމަވެސް ޙިޔާލަށް ގެއްލިފައިހުއްޓާ މިދާ ކޮޅަށް ތެދުވެލާފިއެވެ. އަދި އޭތި އިތުރަށް ބޮޑުވަމުން ގޮސް އިންސާނަކާ އެއްވަރަށް ބޮޑުވިއެވެ. އަދި އެޔަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
” ހަނދާންވޭތަ އަހަރެންނަށް ދިން އަނިޔާ. މިއަދު ކަލެއަށް އަހަރެން އޭގެ ބަދަލް މިދިނީ ފިސާރެ ހިތިކޮއް. މިއަދު އަހަރެންގެ އެންމެ ފަހު ޝިކާރައަކީ ކަލޭ ”
މިހެން ބުނުމަށްފަހު މީދަލުގެ ސިފަ ބަދަލްވެގެން ދިޔައީ ރަތް ދެލޯ ލިބިފައިވާ ބިރުވެރި ކަޅު މަޙްލޫގްއަކަށްށެވެ. އެ މަޙްލޫގް އެންމެ ފުރުތަމަވެސް ހަސަނު ކަރުގައި ހިފާ އުފުލާލިއެވެ. އެޔަށްފަހު ދެ ލޮލަށް އިނގިލި ގަންނުވާލާ ދެލޯ ކޮނެލިއެވެ. އަދި އެއް އަތް ބިންދާލާ އަނެއް އަތް އިރާލިއެެވެ. އަދި އެވަރުންވެސް ދޫނުކޮއް ހަސަނުގެ އެއް ފަޔަށް އޭގެ ވަކިތައް ހަރާލިއެވެ. އެޔަށްފަހު ދުރަށް އެއްލާލިއެވެ. ހަސަނު ފިރުކޭ ހާލުގައި އެރަށުން ފައިބަން ދަނިކޮއް އިތުރު އެތައް ބައިވަރު މީދާތަކެއް އައިސް ހަސަނު މުޅި ހަށިގަނޑުގެ އެތަން މިތާ ދަތް އަޅާ ކާންފެށިއެވެ. ހަސަނުގެ ވޭނީ ނިމުން މިއަދު އައީ އޭނާ ދުވަހަކުވެސް ހީނުކުރާގޮތައްށެވެ. އެންމެ މީދަލަކަށް ދިން ގެއްލުމެއްގެ ސަބަބުން އޭނާ ވަނީ މިދުނިޔެއާ ވަކިވާން ޖެހިފައެވެ.
– ނިމުނީ –

ހަޔާތަކީ ކުޑަ ވަގުތުކޮޅެކެވެ. މި ދުނިޔެއަށް އަޅުގަނޑުމެން ފޮނުވިފައިވަނީ الله سبحان و تعالىٰ އަށް އަޅުކަން ކުރާށެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ތެރެއިން ގިނަ ބަޔަކަށް ވަނީ އަޅުކަން ކޮއްލުމަށް 24 ގަޑިއިރުން އެންމެ 5 މިނިޓްވެސް ނުދެވޭހާ ބިޒީވެފައެވެ.
ނަދީމް އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ސްކޫލްގެ މޮޅު ދަރިވަރެކެވެ. ނަދީމްގެ އެންމެ ގާތް އެކުވެރިޔާ ފާރިޝްއަކީ ކިޔެވުމަށް އެހާ މޮޅު ކުއްޖެކަމުގައި ނުވިޔަސް ދީނީ ގޮތަކުން ބަލާނަމަ ވަރުގަ ހިތެއްގެ ވެރިއެކެވެ. އޭނާއަކީ ސްކޫލްގައި ކިޔަވާދޭ މާއްދާ ތަކުން މެދު މިންވަރަކަށް ފާސްވާ ދަރިވަރެކެވެ. ސްކޫލް ނިމިއްޖެނަމަ ގިނައިން އުޅޭނީ އިސްލާމްދީންއާ ބެހޭ ތަރީޙީ މައުލޫމާތު އެއްކޮއް އެ ދަސްކުރުމުގައެވެ. ދެ ރަހްމަތްތެރިން އަބަދުވެސް ދިމާވެއްޖެނަމަ އެކަކު އަނެކަކާ ކުރިމަގު ބިނާ ކުރުމަށް ޙިޔާލް ބަދަލްކުރެއެވެ. މިގޮތުން ނަދީމް އަބަދުވެސް ބޭނުންވަނީ އޭނާގެ އަމިއްލަ ކުންފުންޏެއް ހުޅުވާ މައިބަފައިންގެ ލާރީގާ ނުޖެހި އަމިއްލަ މުއްސަންދިކަމެވެ. ނަމަވެސް ފާރިޝް ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ އެންމެ މަތީ ފަންތީގެ އިލްމުވެރިއަކަށް ވުމަށްށެވެ.
ދުވަސްތައް ފާއިތުވެގެންގޮސް ދެމީހުންގެ އިމްތިހާވެސް ނިމިއްޖެއެވެ. އެކަކު އަނެކަކު ނަތީޖާ ދައްކާލުމަށް ބައްދަލްކުރިއެވެ. ކޮފީ މޭޒުގައި ޖައްސާލިގޮތަށް ނަދީމް ޖީބުން ފުރުތަމަވެސް ނެގީ އެންމެ ފަހުގެ ފޯނެކެވެ. އަދި ފާރިޝްގާތު އެއީ އެނާގެ މައިންބަފައިން އޭނާގެ ނަތީޖާ ރަނގަޅުވުމުން ދިން ހަދިޔާއެއްކަމަށް ބުނެލިއެވެ. އެޔަށްފަހު ނަތީޖާ ގަނޑު ފާރިޝްއަށް ދައްކާލިއެވެ. ނަދީމްއަށް ވަނީ ހުރިހާ އެއްޗަކުން އޭ ޕްލަސް ލިބިފައެވެ. ފާރިޝްވެސް އޭނާގެ ނަތީޖާ ނަގާ ދައްކާލިއެވެ. ގިނަ މާއްދާތަކުން މެދު މިންވަރަކަށް ފާސްވެފައި ހުރިތަން ފެނުމުން ނަދީމް ހޭންފެށިއެވެ. ނަމަވެސް ފާރިޝްއަށް އެކަމުން އެއްވެސް އަސަރެއް ނުކުރެއެވެ. ހަމަ ޖެހިލައިގެން އިނދެ ކޮފީބޮއެ ނިންމާލި ތަނާހެން ބަންގި ގޮވިއަޑު އިވުނެވެ. ނަދީމް ގާތު ނަމާދަށް ދާން އަންނާށޭ ބުނުމުން އޭނާގެ އަދި އިތުރު ރައްޓިއްސަކު އަންނާތީވެ މަޑުކޮއްލާނެ ކަމަށް ބުނެލިއެވެ. އަދި ފަހުން ނަމާދުކޮއްލާނެކަމަށް ބުނެ ފާރިޝް އެތަނުން ފޮނުވާލިއެވެ.
ނަމާދުކޮއްލައިގެން ފާރިޝް ގެއަށް ދިޔަ މަގުމަތީ ނަދީމްއާ ދިމާވިއެވެ. އަދި ނަދީމް ދަނީ ކޮންތާކަށްތޯ ސުވާލުކޮއްލުމުން ވިޔަފާރީގެ ފުރުސަތެއް ލިބިގެން ވަރަށް އަވަހަށް ބައްދަލްވުމަކަށް ދާ ވާހަކަ ބުނުމަށްފަހު ބާރު ހިނގުމެއްގައި ގޮސް ލޯމައްޗަށް ގެއްލުނެވެ. ފާރިޝް ގެއަށްގޮސް އޭނާގެ މަގްސަދް ހާސިލްކުރުމަށް ބޭނުންވާ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ޖެހިގެން އައި ދުވަހު ނަދީމްއާ ދިމާވެގެން ވިޔަފާރީގެ ފުރުސަތަށް ވީ ކިހިނެއްތޯ ސުވާލުކޮއްލިއެވެ. ޖަވާބުގައި ވަރަށް ކާމިޔާބުކަމަށް ނަދީމް ބުންލިއެވެ. އަދި އެއަށް ފަހު އޭނާ ވަރަށް ބިޒީކަމަށް ބުނެ އަވަހަށް ހިނގައިގަތެވެ. ދަވަހަކަށްފަހު ދުވަހެއް ފާއިތުވެގެން ދިޔައިރު ނަދީމް ގެ ޙަބަރުވުންވެސް މަދުވެއްޖެއެވެ. ނަމަވެސް ފާރިޝް އޭނާގެ އެކުވެރިޔާ ފެންނާނެ ދުވަހަކަށް ދިޔައީ އިންތިޒާރުކުރަމުންނެވެ. މަސް ދުވަސް ފާއިތުވުމަށް ފަހު ފާރިޝްއަށް ނަދީމް ފެނުނެވެ. އެކުވެރިޔާ ފެނުމުން ސަލާމް ގޮވާލުމުން ޖަވާބުވެސް ނުދީ ފޯނެއްގައި ހުރެ އަތް ހޫރުވާލާފައި ކާރަކަށް އަރައިގެން ނައްޓާލިއެވެ. މިކަމާ ފާރިޝް ވަރަށް ދެރަވިއެވެ. ނަމަވެސް އެކުވެރިޔާ އަދި އަންނާނެކަމަށަށް އުންމީދުކުރިއެވެ.
ޖެހިގެން އައި ދުވަހު ފާރިޝްއަށް ނަދީމް ފެނުމުން ކައިރިއަށް ގޮސް ސަލާމް ގޮވާލިއެވެ. ނަދީމްވެސް ސަލާމް ބަލައިގަތެވެ. ނަމަވެސް އޭނާގެ ދެލޯ އޭނާ ގެންގުޅޭ ފޯނަކުން ނުނައްޓައެވެ. ކީއްކުރަނީ ތޯ އަހާލުމުން ރުޅިވެރިކަމާއެކު ވިޔަފާރިވެރިންނަށް ޖަވާބުދެނީކަމަށް ބުނެލިއެވެ. ވަގުތު އެހާ ރަނގަޅު ނޫންކަން ފާރިޝްއަށް އެނގިޖެއެވެ. އިތުރަށް ރަހްމަތްތެރިޔާއަށް އުނދަގޫވެދާނެތީ ދަނީކަމަށް ބުނެލުމަށްފަހު ހިނގާގަތެވެ. ތަންކޮޅަކަށް ދެވުނުތަނާހެން ނަދީމް ފާރިޝްއަށް ގޮވާ ގެނެސް ކައިރީގައި ހުރި ކެފޭއަކަށް ވެއްދިއެވެ. ކޮފީތަށި ނުބޮވެނީސް ނަދީމްގެ ފޯނަށް ކޯލްތައް އަންނަން ފަށާފިއެވެ. ނަދީމް ކޯލްތައް ނިންމާލުމަށްފަހު ކުއްލިއަކަށް ދާންޖެހިއްޖެކަމަށް ބުނެލިއެވެ. ކުރިއަށް އޮތީ ވަރަށް ބުރަ ވަގުތުތަކެއް ކަމަށް ބުނެ އަވަސް އަރުވާލާފައި ބިލް ދައްކާލުމަށްފަހު ކެފޭއިން ނުކުމެގެން ދިޔައެވެ. ފާރިޝް އޭނާގެ އެކުވެރިޔާގެ ބިޒީކަން ފެނި އިތުރަށް އޭނާއާ އެހާބޮޑު ގުޅުމެއް ނުބޭއްވުމަށް ނިންމިއެވެ. ކޮފީ މޭޒުން ތެދުވެގެން ކެފޭއިން ނުކުތްތަނުން ފާރިޝްގެ ފޯނަށް ކޯލްއެއްއައެވެ. އެއީ އޭނާ އުންމީދުކުރަމުން އައި ކޯލްއެވެ. އޭނާގެ ސްކޮލަރޝީޕް ހަމަޖެހުމުގެ އުފާވެރި ކޯލްެއެވެ. މަދީނާއަށް ކިޔަވަން ދިޔުމުގެ ފުރުސަތު އޭނާއަށް ލިބުނުކަމުގެ އުފާވެރި ޙަބަރު އެންމެ ފުރުތަމަވެސް ދޭން ބޭނުންވީ އެކުވެރި ނަދީމްއަށްށެވެ.
ފުރަން ފަސް ދުވަސް ވުމުން ނަދީމްއާ ބައްދަލް ކޮއްލަން ގުޅާލިއެވެ. އެތައް ފަހަރަކު ގުޅިއިރުވެސް ނަމްބަރު ހަމަ ބިޒީއެވެ. އެންމެ ފަހު ފަހަރެއްކަމަށް ބަލާ ގުޅާލިތަނާހެން ނަދީމް ފޯނަށް ޖަވާބުދިނެވެ. އުފާވެރި ޙަބަރު ދިނުމުން ތި ވާހަަކަ ފަހުން ތިމަންނަ އަޑުއަހާނަމޭ ތިމަންނަ މިދަނީ ވަރަށް އަވަހަށް ބައްދަލްވުމަކަށްށޭބުނެ ފޯން ކަނޑާލިއެވެ. ފާރިޝް ވީ ދެރައިން ނަދީމްގެ ނަމްބަރު ފޯނުން ފުހެލިއެވެ. އަދި ފުރުމުގެ ކުރިން ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ބޭރަށް ނުކުތުމަށް ހިނގައިގަތްތަނާހެން ބާރު އަޑުފައް ގަނޑެއް އިވިގެން ދިޔައެވެ. ދުވެފައި ނުކުތް ފާރިޝްއަށް ފެނުނީ އޭނާގެ އެކުވެރި ނަދީމް ލޮރީއެއް ދަށުވެ އެކްސިޑެންޓްވެފާ އޮއްވާއެވެ. ލޮރީ ޑްރައިވަރު ބޮލުގައި އަތް އަޅައިގެން ހުރެ ނަދީމް އައީ ފޯނުގައި ހުރެ ސައިކަލް ދުއްވަމުންކަމަށް ބުނަމުން ދިޔައެވެ. މަންޒަރު ބަލަން ހުރި ފާރިޝް އޭނާގެ އެކުވެރިޔާގެ ވިންދު ހުރިތޯ ބެލުމަށް އެދުނެވެ. ލޮރީ ޑްރައިވަރު ލޮލުން ކަރުނަ ފައިބަމުން ނަދީމްގެ އެއްވެސް ވިންދެއް ނެތް ވާހަކަ ބުނެލިއެވެ. ހިތާމައިން ފޯވެފައި ހުރި ފާރިޝްއަށް ނަދީމްގެ ދިރިއުޅުން ވެގެން ދިޔައީ އަގުހުރި ފިލާވަޅަކަށްށެވެ.

ހަޔާތަކީ ކުޑަ ވަގުތުކޮޅެކެވެ. މި ދުނިޔެއަށް އަޅުގަނޑުމެން ފޮނުވިފައިވަނީ الله سبحان و تعالىٰ އަށް އަޅުކަން ކުރާށެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ތެރެއިން ގިނަ ބަޔަކަށް ވަނީ އަޅުކަން ކޮއްލުމަށް 24 ގަޑިއިރުން އެންމެ 5 މިނިޓްވެސް ނުދެވޭހާ ބިޒީވެފައެވެ.
ނަދީމް އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ސްކޫލްގެ މޮޅު ދަރިވަރެކެވެ. ނަދީމްގެ އެންމެ ގާތް އެކުވެރިޔާ ފާރިޝްއަކީ ކިޔެވުމަށް އެހާ މޮޅު ކުއްޖެކަމުގައި ނުވިޔަސް ދީނީ ގޮތަކުން ބަލާނަމަ ވަރުގަ ހިތެއްގެ ވެރިއެކެވެ. އޭނާއަކީ ސްކޫލްގައި ކިޔަވާދޭ މާއްދާ ތަކުން މެދު މިންވަރަކަށް ފާސްވާ ދަރިވަރެކެވެ. ސްކޫލް ނިމިއްޖެނަމަ ގިނައިން އުޅޭނީ އިސްލާމްދީންއާ ބެހޭ ތަރީޙީ މައުލޫމާތު އެއްކޮއް އެ ދަސްކުރުމުގައެވެ. ދެ ރަހްމަތްތެރިން އަބަދުވެސް ދިމާވެއްޖެނަމަ އެކަކު އަނެކަކާ ކުރިމަގު ބިނާ ކުރުމަށް ޙިޔާލް ބަދަލްކުރެއެވެ. މިގޮތުން ނަދީމް އަބަދުވެސް ބޭނުންވަނީ އޭނާގެ އަމިއްލަ ކުންފުންޏެއް ހުޅުވާ މައިބަފައިންގެ ލާރީގާ ނުޖެހި އަމިއްލަ މުއްސަންދިކަމެވެ. ނަމަވެސް ފާރިޝް ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ އެންމެ މަތީ ފަންތީގެ އިލްމުވެރިއަކަށް ވުމަށްށެވެ.
ދުވަސްތައް ފާއިތުވެގެންގޮސް ދެމީހުންގެ އިމްތިހާވެސް ނިމިއްޖެއެވެ. އެކަކު އަނެކަކު ނަތީޖާ ދައްކާލުމަށް ބައްދަލްކުރިއެވެ. ކޮފީ މޭޒުގައި ޖައްސާލިގޮތަށް ނަދީމް ޖީބުން ފުރުތަމަވެސް ނެގީ އެންމެ ފަހުގެ ފޯނެކެވެ. އަދި ފާރިޝްގާތު އެއީ އެނާގެ މައިންބަފައިން އޭނާގެ ނަތީޖާ ރަނގަޅުވުމުން ދިން ހަދިޔާއެއްކަމަށް ބުނެލިއެވެ. އެޔަށްފަހު ނަތީޖާ ގަނޑު ފާރިޝްއަށް ދައްކާލިއެވެ. ނަދީމްއަށް ވަނީ ހުރިހާ އެއްޗަކުން އޭ ޕްލަސް ލިބިފައެވެ. ފާރިޝްވެސް އޭނާގެ ނަތީޖާ ނަގާ ދައްކާލިއެވެ. ގިނަ މާއްދާތަކުން މެދު މިންވަރަކަށް ފާސްވެފައި ހުރިތަން ފެނުމުން ނަދީމް ހޭންފެށިއެވެ. ނަމަވެސް ފާރިޝްއަށް އެކަމުން އެއްވެސް އަސަރެއް ނުކުރެއެވެ. ހަމަ ޖެހިލައިގެން އިނދެ ކޮފީބޮއެ ނިންމާލި ތަނާހެން ބަންގި ގޮވިއަޑު އިވުނެވެ. ނަދީމް ގާތު ނަމާދަށް ދާން އަންނާށޭ ބުނުމުން އޭނާގެ އަދި އިތުރު ރައްޓިއްސަކު އަންނާތީވެ މަޑުކޮއްލާނެ ކަމަށް ބުނެލިއެވެ. އަދި ފަހުން ނަމާދުކޮއްލާނެކަމަށް ބުނެ ފާރިޝް އެތަނުން ފޮނުވާލިއެވެ.
ނަމާދުކޮއްލައިގެން ފާރިޝް ގެއަށް ދިޔަ މަގުމަތީ ނަދީމްއާ ދިމާވިއެވެ. އަދި ނަދީމް ދަނީ ކޮންތާކަށްތޯ ސުވާލުކޮއްލުމުން ވިޔަފާރީގެ ފުރުސަތެއް ލިބިގެން ވަރަށް އަވަހަށް ބައްދަލްވުމަކަށް ދާ ވާހަކަ ބުނުމަށްފަހު ބާރު ހިނގުމެއްގައި ގޮސް ލޯމައްޗަށް ގެއްލުނެވެ. ފާރިޝް ގެއަށްގޮސް އޭނާގެ މަގްސަދް ހާސިލްކުރުމަށް ބޭނުންވާ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ޖެހިގެން އައި ދުވަހު ނަދީމްއާ ދިމާވެގެން ވިޔަފާރީގެ ފުރުސަތަށް ވީ ކިހިނެއްތޯ ސުވާލުކޮއްލިއެވެ. ޖަވާބުގައި ވަރަށް ކާމިޔާބުކަމަށް ނަދީމް ބުންލިއެވެ. އަދި އެއަށް ފަހު އޭނާ ވަރަށް ބިޒީކަމަށް ބުނެ އަވަހަށް ހިނގައިގަތެވެ. ދަވަހަކަށްފަހު ދުވަހެއް ފާއިތުވެގެން ދިޔައިރު ނަދީމް ގެ ޙަބަރުވުންވެސް މަދުވެއްޖެއެވެ. ނަމަވެސް ފާރިޝް އޭނާގެ އެކުވެރިޔާ ފެންނާނެ ދުވަހަކަށް ދިޔައީ އިންތިޒާރުކުރަމުންނެވެ. މަސް ދުވަސް ފާއިތުވުމަށް ފަހު ފާރިޝްއަށް ނަދީމް ފެނުނެވެ. އެކުވެރިޔާ ފެނުމުން ސަލާމް ގޮވާލުމުން ޖަވާބުވެސް ނުދީ ފޯނެއްގައި ހުރެ އަތް ހޫރުވާލާފައި ކާރަކަށް އަރައިގެން ނައްޓާލިއެވެ. މިކަމާ ފާރިޝް ވަރަށް ދެރަވިއެވެ. ނަމަވެސް އެކުވެރިޔާ އަދި އަންނާނެކަމަށަށް އުންމީދުކުރިއެވެ.
ޖެހިގެން އައި ދުވަހު ފާރިޝްއަށް ނަދީމް ފެނުމުން ކައިރިއަށް ގޮސް ސަލާމް ގޮވާލިއެވެ. ނަދީމްވެސް ސަލާމް ބަލައިގަތެވެ. ނަމަވެސް އޭނާގެ ދެލޯ އޭނާ ގެންގުޅޭ ފޯނަކުން ނުނައްޓައެވެ. ކީއްކުރަނީ ތޯ އަހާލުމުން ރުޅިވެރިކަމާއެކު ވިޔަފާރިވެރިންނަށް ޖަވާބުދެނީކަމަށް ބުނެލިއެވެ. ވަގުތު އެހާ ރަނގަޅު ނޫންކަން ފާރިޝްއަށް އެނގިޖެއެވެ. އިތުރަށް ރަހްމަތްތެރިޔާއަށް އުނދަގޫވެދާނެތީ ދަނީކަމަށް ބުނެލުމަށްފަހު ހިނގާގަތެވެ. ތަންކޮޅަކަށް ދެވުނުތަނާހެން ނަދީމް ފާރިޝްއަށް ގޮވާ ގެނެސް ކައިރީގައި ހުރި ކެފޭއަކަށް ވެއްދިއެވެ. ކޮފީތަށި ނުބޮވެނީސް ނަދީމްގެ ފޯނަށް ކޯލްތައް އަންނަން ފަށާފިއެވެ. ނަދީމް ކޯލްތައް ނިންމާލުމަށްފަހު ކުއްލިއަކަށް ދާންޖެހިއްޖެކަމަށް ބުނެލިއެވެ. ކުރިއަށް އޮތީ ވަރަށް ބުރަ ވަގުތުތަކެއް ކަމަށް ބުނެ އަވަސް އަރުވާލާފައި ބިލް ދައްކާލުމަށްފަހު ކެފޭއިން ނުކުމެގެން ދިޔައެވެ. ފާރިޝް އޭނާގެ އެކުވެރިޔާގެ ބިޒީކަން ފެނި އިތުރަށް އޭނާއާ އެހާބޮޑު ގުޅުމެއް ނުބޭއްވުމަށް ނިންމިއެވެ. ކޮފީ މޭޒުން ތެދުވެގެން ކެފޭއިން ނުކުތްތަނުން ފާރިޝްގެ ފޯނަށް ކޯލްއެއްއައެވެ. އެއީ އޭނާ އުންމީދުކުރަމުން އައި ކޯލްއެވެ. އޭނާގެ ސްކޮލަރޝީޕް ހަމަޖެހުމުގެ އުފާވެރި ކޯލްެއެވެ. މަދީނާއަށް ކިޔަވަން ދިޔުމުގެ ފުރުސަތު އޭނާއަށް ލިބުނުކަމުގެ އުފާވެރި ޙަބަރު އެންމެ ފުރުތަމަވެސް ދޭން ބޭނުންވީ އެކުވެރި ނަދީމްއަށްށެވެ.
ފުރަން ފަސް ދުވަސް ވުމުން ނަދީމްއާ ބައްދަލް ކޮއްލަން ގުޅާލިއެވެ. އެތައް ފަހަރަކު ގުޅިއިރުވެސް ނަމްބަރު ހަމަ ބިޒީއެވެ. އެންމެ ފަހު ފަހަރެއްކަމަށް ބަލާ ގުޅާލިތަނާހެން ނަދީމް ފޯނަށް ޖަވާބުދިނެވެ. އުފާވެރި ޙަބަރު ދިނުމުން ތި ވާހަަކަ ފަހުން ތިމަންނަ އަޑުއަހާނަމޭ ތިމަންނަ މިދަނީ ވަރަށް އަވަހަށް ބައްދަލްވުމަކަށްށޭބުނެ ފޯން ކަނޑާލިއެވެ. ފާރިޝް ވީ ދެރައިން ނަދީމްގެ ނަމްބަރު ފޯނުން ފުހެލިއެވެ. އަދި ފުރުމުގެ ކުރިން ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ބޭރަށް ނުކުތުމަށް ހިނގައިގަތްތަނާހެން ބާރު އަޑުފައް ގަނޑެއް އިވިގެން ދިޔައެވެ. ދުވެފައި ނުކުތް ފާރިޝްއަށް ފެނުނީ އޭނާގެ އެކުވެރި ނަދީމް ލޮރީއެއް ދަށުވެ އެކްސިޑެންޓްވެފާ އޮއްވާއެވެ. ލޮރީ ޑްރައިވަރު ބޮލުގައި އަތް އަޅައިގެން ހުރެ ނަދީމް އައީ ފޯނުގައި ހުރެ ސައިކަލް ދުއްވަމުންކަމަށް ބުނަމުން ދިޔައެވެ. މަންޒަރު ބަލަން ހުރި ފާރިޝް އޭނާގެ އެކުވެރިޔާގެ ވިންދު ހުރިތޯ ބެލުމަށް އެދުނެވެ. ލޮރީ ޑްރައިވަރު ލޮލުން ކަރުނަ ފައިބަމުން ނަދީމްގެ އެއްވެސް ވިންދެއް ނެތް ވާހަކަ ބުނެލިއެވެ. ހިތާމައިން ފޯވެފައި ހުރި ފާރިޝްއަށް ނަދީމްގެ ދިރިއުޅުން ވެގެން ދިޔައީ އަގުހުރި ފިލާވަޅަކަށްށެވެ.

Monday, November 12, 2018


ރަހުމަތްތެރިންނަކީ އަގުހުރި ބައެކެވެ. ނަމަވެސް އޭގެތެރެއިން ހޮވާލެވޭ އެންމެ ގާތް އެކުވެރިޔާ އަޅުގަނޑުމެން މިއަދު ކިޔާގޮތުންނަމަ ބެސްޓް ފްރެންޑް އަކީ ވަކިން ޙާއްސަ ކަމެއް ދެވިފައިވާ ރަހުމަތްތެރިއެކެވެ. ހަޔާތުގެ ސިއްރުތައް ހިފެހެއްޓުމަށް އިތުބާރުދެވިފައިވާ މީހެކެވެ. ނަމަވެސް ބައެއް ފަހަރު އެއީ ނެތް މީހެއް ކަމުގައިވެސް ވެދާނެއެވެ.
އާމާލްއަކީ ރީތިކަން ލިބިގެންވާ ކުއްޖެކެވެ. އޭނާގެ ރަހްމަތްތެރިން އެހާމެ ގިނައެވެ. ސޯޝަލް މީޑިއާގަވެސް އެހާމެ މަގްބޫލްކަން އޭނާގެ ބޮޑެވެ. އެތައް ފިރިހެނުންނެއްގެ ހިތް ކަތިލަމުން އަންނަ މި ޒުވާން އަންހެނާ މީސްމީޑިއާ ހުޅުވާލިޔަސް އެތައް ފްރެންޑް ރިކުއެސްޓްއެއް އައިސްފާ އޮވެއެވެ. ނަމަވެސް އާމާލްއަކީ މީހުންނާ ކިތަންމެ ރަހްމަތްތެރިވިޔަސް އެބަޔަކަށް އެއްވެސް ވަރަކަށް އިތުބާރުކުރާ މީހެއް ނޫނެވެ. އާމާލްގެ ބެސްޓް ފްރެންޑްގެ މަގާމް ހޯދުމަށް އެތައް ބަޔަކު ވާދަކުރެއެވެ. ނަމަވެސް އެވަރުގެ މީހަކު އަދި ނެތްކަން އާމާލްއަށް އެނގެއެވެ. އެދުމެއް ނެތި ވެދުމެއް ނޯންނާނެކަން އާމާލްއަށް އެނގެއެވެ. އޭނާގެ ފަރާތުން ފައިދާއެއް ލިބޭތޯ އެތައް ބަޔަކު މަސައްކަތް ކުރާތީ އެކަމަށް އޭނާ ހުންނަނީ ވަރަށް ހުށިޔާރުވެގެންނެވެ. ލޯބީގެ އެތައް ހުށެހެޅުމަކަށް އޭނާ ވަނީ ފުރަގަސްދީފައެވެ.
މިއަދުވެސް އާމާލް ތައްޔާރުވެ އުޅެނީ އޭނާގެ ރައްޓެހިންނާއެކު ބޭރަށް ނުކުމެލާށެވެ. މީރު ވަސްގަދަ ސެންޓުން މީހާގެ ހަށިގަނޑު ފުރާލުމަށް ފަހު އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން ބޭރަށް ނުކުތްއިރު ހުރިހާ އާމާލްގެ ގޭދޮށަށްވަނީ އޭނާގެ ރައްޓެހިން އައިސްފައެވެ. އެންމެން އެކުގައި ހިނގައިގަތީ ފިހާރަތަށް ހާވާލާށެވެ. އެތައް ފިހާރައެއް ހޭވުމަށްފަހު ވަރުބަލި ފިލުވާލަން އެންމެން އާމާލް ގޭކައިރި ހުންނަ ކެފޭއަކަށް ކޮފީއަކަށް އެރިއެވެ. ކޮފީގައި ވަގުތުތައް ސަކަރާތުގައި ގޮސް އެރޭ އެގާރަ ޖަހައިފިއެވެ. ފަހަރަކު މީހަކު ގެއަށް ދަމުން ގޮސް އާމާލް އެކަނިވިޔެވެ. މިރޭ އާމާލް ބޭނުންވީ އެކަނި ލިބުނު ވަގުތުކޮޅު މީސް މީޑިއާގައި ހޭދަކޮއްލަންށެވެ.
މީސް މީޑިއާ ހާވަމުން ދަނިކޮއް މީހަކު ސަލާމް ގޮވާލިއެވެ. އަމާލް އިސް އުފުލާ ބަލާލިއިރު ކުރިމަތީގައި ހުރީ އޭނާ ދުވަހަކުވެސް ނުދެކޭހާ ދޮން ރީތި އިސްކޮޅެއް ލިބިފައިވާ ފިރިހެނެކެވެ. އާމާލް އެމީހެއްގެ ސަލާމް ބަލައިގަނެ އުމީހާއަށް އިށީނުމަށް ދައުވަތުދިނެވެ. އަދި މައުލޫމާތު އޮޅުން ފިލުވާލުމަށް ސުވާލުތައް އޮއްސާލިއެވެ.
” އަހަރެންނަށް ތީ ކާކުކަން ބުނެދީފާނަންތަ؟ އަދި ކޮން ބޭނުމެއްގައި އަހަރެންނާ ވާހަކަ ދައްކާލަން ތިޔައުޅެނީ ” އާމާލް ހިނތުންވެލާފައި ބުނެލިއެވެ.
” އަހަރެންނަށް ކިޔަނީ ހުޒާމް. އަހަރެންނަކީ މި ކެފޭގެ ވެރިމީހާގެ ދަރިއެއް. އަހަރެންނަށް ވަރަށް ގިނައިން ކަނބުލޮ މިތާ އައިސް އިންނަތަން ދެކެން. ހަމަ ވަކި ކަމެއް ވެގެނެއް ނޫން އެކަމު ބޭނުންވަނީ ރަހްމަތްތެރިއަކަށް ވާން. ” ހުޒާމް ހިނިތުންވެލާފައި ބުނެލިއެވެ.
” އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް އެކަމު ބުނަން ރަހްމަތްތެރިއަކަށް ވިޔަސް އެއަށްވިރެ މައްޗަށް ގެންދަން ހިޔާލު ނުކުރައްޗޭ އެއީ އަހަރެންގެ އެއްވެސް ކަހަލަ ޝައުގުވެރިކަމެއް މިވަގުތު އެކަހަލަ ކަމަކަށް ނެތީމަ މިބުނެލީ ” އާމާލް އޭނާގެ ގޮތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
” އަހަރެންގެ އެއްވެސް މައްސަލައެއްނެތް. ވީމާ އެއްޗެކޭ ހީނުކޮއް ގުޅޭނެ ނަމްބަރެއް ލިބިދާނެތަ؟ ” ހުޒާމް ހިނިތުންވެލުމާއެކު އަހާލިއެވެ.
” ހޯ ހޯ އަދި ދެންމެއެއްނު މި ދިމާވީ. ބުނާހާ އިރަށް ނަމްބަރެއް ނުދެވޭނެ ދޯ. މި ކެފޭއަށް އައީމަ އަހަރެން ރައްޓެހިން ތިއްބަސް އައިސް ވާހަކަ ދައްކާލެވޭނެ. ދެން އަހަރެން ދަނީ ” އާމާލް މޫނު ހަދާލަމުން ހުޒާމްއާ ދިމާލަށް ބުނެލިއެވެ.
ގެއަށް އައުމަށް ފަހު އާމާލް އެންމެ އިތުބާރުކުރާ ރަހްމަތްތެރިޔާއަށް މިވާހަކަތައް ހިއްސާކުރިއެވެ. އެރަހްމަތްތެރިޔާ އާމާލްއަށް ނަސޭހަތް ދޭންފެށިއެވެ. މީހަކަށް ފުރުސަތެއް ދިނުމަކީ ގޯހަކަށް ނުވާނެކަން އަންގާދިނެެވެ. އަދި އަބަދަކު ހުސްކޮއް ހުރެގެން އުފަލެއް ނުލިބޭނެކަން ވިސްނާދިނެވެ. އާމާލްއަށް ކަމުދަންޏާ ކުރިއަށް ދިޔުމަށް ބާރުއެޅުވުއެވެ.
ޖެހިގެން އައި ދުވަހު އެ ކެފޭއަށް އާމާލް ދިޔައެވެ. އަދި ހުޒާމްއާ ބައްދަލްކޮއް ވާހަކަތައް ކުރިޔަށް ގެންދިޔައެވެ. އެކަކު އަނެކަކު ރަނގަޅަށް ދަސްވަންދެން އާމާލް ކެތްތެރިވިއެވެ. ދުވަސްތައް ފާއިތުވެ އުފާވެރި ދުވަސްތައް އައުމުން އާމާލްއަށް ނަސޭހަތްތެރިވި ރަހްމަތްތެރިޔާއަށް ބެސްޓް ފްރެންޑްގެ މަގާމް ދިނެވެ. ކޮންމެ ދުވަހެއްވެސް ހުޒާމްއާއެކު ވަގުތުތައް ހޭދަކުރުމަށް ފަހު އައިސް ކޮޓަރީގައި އޮވެ ބެސްޓް ފްރެންޑްއާ ހިޔާލް ބަދަލްކޮއް ކަންކަން ރާވައެވެ.
ހުޒާމްގެ ދައުވަތަކަށް އެއްދުވަހަކު އާމާލް ރިސޯޓްއަކަށް ދިޔައެވެ. އެދުވަހަކި އާމާލް ދުވަހަކުވެސް ދެކޭނެ ދުވަހެއްކަމަށް ހީވެސް ނުކުރެއެވެ. ރިސޯޓްއަށް އެރުމަށް ފަހު ހުޒާމްއާ ބައްދަލްކުރަން އޭނާގެ ކޮޓަރިއަށް އާމާލް ވަނެވެ. ހަމަ ވަނުމާއެކު އޭނާ ކަނުބަނދެވިގެން ދިޔައެވެ. އަދި އަނގަމަތީ ފޮތިގަނޑެއްއަޅާ ބާރުކޮއްލެވުނެވެ. އެއަށް ފަހު އެތައް އަނިޔާއެއް އާމާލްއަށް ދިނެވެ. އެންމެ އަތަކުން ނޫނެވެ. އެތައް އަތަކުންނެވެ. އާމާލްއަށް އެނގިގެން އޭނާ ހަށިގަނޑުގައި ތިންމީހަކު ބީހުނެވެ. އެތައް އިރަކު މި އަނިޔާވެރި ކަމުގައި ހޭދަވިއެވެ. އެންމެ ފަހުން އެބަޔަކު އާމާލްއަށް ރާވެސް ބޯންދީ މަސްތުކޮއްލިއެވެ. އަދި އެއަށްފަހު އޭނާ މާލެ ފޮނުވާލިއެވެ. އާމާލް ހުރި ހަލަތާއެކު ޓެކްސީއަކަށް އަރައިގެން ގެއަށް އައިސް ކޮޓަރިއަށްވަދެ ވަގުތުން އޭނާގެ ބެސްޓް ފްރެންޑްއަށް ކިޔާދޭންފެށިއެވެ.
” ކަލެއަށް އެނގޭތަ އެމީހުން މަށަށް ހެދިގޮތް. މިހުރީ މަހުރި ހާލު. ހުޒާމްއާ އޭނާގެ ރައްޓެހިން އަހަރެން އިއްފަތް ނަގާލީ ” ކަރުނަ އޮހޮރަމުން އާމާލް ކިޔާދިނެވެ.
” އެހެންވިއްޔާ ކަލޭ ޖެހޭނެ ބަދަލް ހިފަން ” ބެސްޓް ފްރެންޑް ބުނެލިއެވެ.
” ކިހިނެއް؟ ” އާމާލް ބުނެލިއެވެ.
” ހުޒާމް މި ކޮޓަރިއަށް ގެނޭ. އެޔަށްފަހު ކަންވާގޮތް ބަލަން ހުރޭ ” ބެސްޓްފްރެންޑް ދެލޯ ބޮޑުކޮއްލާފަ ނުބައި ހިނިތުން ވުމަކާއެކު ބުނެލިއެވެ.
އޭގެ އަނެއް ދުވަހު ކެފޭއަށް އާމާލް ދިޔައެވެ. ހުޒާމްއާ ދެމީހަކު މޭޒެއްގައި ކޮފީއެއް ބޯން ތިއްބެވެ. އާމާލް އައިސް ހުޒާމްގެ ކަރުގައި އަތް އޮޅާލުމަށްފަހު އިއްޔެ ކަންތައް ކުރިގޮތާމެދު ވަރަށް ހިތްހަމަ ޖެހޭކަން ބުނެލިއެވެ. އަދި އިތުރަށް އެގޮތަށް ބޭނުންވާ ވާހަކަ ބުނެލިއެވެ. އެހެން ބުނެ އާމާލްގެ ގެއަށް އައުމަށް ދައުވަތުދިނެވެ. ހުޒާމްއާ އޭނާގެ ދެ ރައްޓެހިން އެކަކު އަނެކަކު މޫނަށް ބަލާލުމަށްފަހު ދައުވަތު ގަބޫލްކުރިއެވެ. އާމާލްއާ އެކު އެމީހުން އާމާލްގެ ކޮޓަރިއަށް ދިޔައެވެ. މިފަހަރު އާމާލްގެ އެދުމުގެ މަތިން އެމީހުން އަމިއްލައަށް ކަނު ބަނެވެ. އޭގެ އިރުކޮޅެއްފަހު އާމާލްގެ ބެސްޓް ފްރެންޑް އައިސް އާމާލް ނިދާއެނދުގެ ބާލީސް ދަށުގައިވާ ވަޅި ނަގާ ފަހަރަކު މީހެއްގެ ކަރަށް ހަރާލިއެވެ. މުޅި ކޮޓަރި ވަނީ ލެއިން ފުރިފައެވެ. އާމާލްއާ އޭނާގެ ބެސްޓް ފްރެންޑް ހޭ އަޑަށް އޭނާގެ މަންމަ ދުވަމުން އައެވެ. ފެނުނު މަންޒަރުން ހޭނުނެތުނީ ހަމަ ކިރިޔާއެވެ. ވަގުތުން ކަމާ ބެހޭ ފަރާތްތަކާ އާމާލް ހަވާލުކުރިއެވެ.
ފުލުހުން ތަހުގީގުގައި އާމާލް ހުރިހާ އެއްޗެއް ކިޔާދިނެވެ. އަދި އެކަން ކުރަން ހިތްވަރުލާދިނީ ބެސްޓް ފްރެންޑްކަމަށް އޭނާ ބުނެލިއެވެ. ނަމަވެސް ފުލުހުން އެއީ ކާކުކަން ބުނެލާ ކޮންމެ ފަހަރަކު ބުނަނީ އެއީ އެމީހުންނަށްވެސް ފެންނާނެ މީހެއްކަން ބުނެލިއެވެ. އެންމެ ފަހަށް އާމާލްގެ މަންމަ ފުލުހަށް ހާޒިރުކުރެވުނެވެ. އަދި އާމާލް ކިޔާ އެއްޗެއް އޮޅުން ފިލުވާދިނުމަށް އެދުނެވެ. އާމާލްގެ މަންމަ ކިޔާދޭން ފެށިއެވެ.
” އަހަރެންގެ ދަރިފުޅަކީ ނަފްސާނީ ބަލި ޖެހިފައިވާ ކުއްޖެއް. އަބަދުވެސް އޭނާ ކޮޓަރިއަށް ވަދެއްޖެނަމަ އަމިއްލަ ނަފްސާ ވާހަކަ ދައްކާނެ. އަދި ކަންކަން ރާވާވެސް ލާނެ. ބައެއް ފަހަރު އަހަރެން ރުގްޔާ ކުރާ މީހެއްވެސް ގެންނަން ނަމަވެސް ޖިންނީގެ އެއްވެސް ކަމެއް ނެތްކަމަށް ރުގްޔާ ކުރާ މީހާ އަންގަނީ. އާމާލް ކަލޭމެނަށްވެސް ފެންނާނޭ އެކިޔާ ބެސްޓް ފްރެންޑްއަކީ ހަމަ އާމާލް ”
– ނިމުނީ –

Wednesday, November 7, 2018


އެމާތް ބިމުގައި ފައިޖައްސާލަން ބޭނުންވާ ކިތައް މީހުން ތިބޭނެހެއްޔެވެ. އެ ފުރުސަތު ހޯދުމަށް މުޅި އުމުރު އެތައް މަސައްކަތެއްކޮއް ލާރި އެއް ނުކުރާނީ ފަހެ ކާކުހެއްޔެވެ. ފާފައިން ފުރިފައިވާ ހަށިގަނޑު ތޯހިރުކޮއްލުމުގެ އަޒުމުގައި އެދަތުރު އިންތިޒާރު ނުކުރާނީ ފަހެ ކާކު ހެއްޔެވެ.
ތޯހާއަކީ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ކުޑައިރުއްސުރެ ދީނީ ކަންތައްތަކަށް ސަމާލުކަން ދެމުން އަންނަ ކުއްޖެކެވެ. މިސްކިތައް ގަވައިދުން ޖަމާއަތަށް ދިޔުމަށް ގަދައަޅާ މަސައްކަތްކުރާ ކުއްޖެކެވެ. ނަމާދުކޮއް ނިމުމުން ގުރުއާން ކިޔަވާލާފަ ނޫނީ މިސްކިތުން ނުފައިބައެވެ. ދަރުހެއް އޮންނަކަން އެނގިއްޖެނަމަ އެކަމަށް އޭނާގެ ސިކުނޑި ސަމާލުކަންނުދީ ދޫނުކޮއްލައެވެ. ތޯހާ ދެކެމުން އަންނަނީ އެންމެ ހުވަފެނެކެވެ. ހައްޖުގެ މާތް އަޅުކަމުގައި ބާވެރިވެލަންށެވެ. ތޯހާގެ ކަންފަތުގައި އަބަދުވެސް އެ މާތް ބިމުގެ ހިތްގައިމު ވާހަކަތައް ހުންނަނީ ޖެހިޖެހިއެވެ. ހައްޖަށް ގޮސްފައި ތިބޭ މީހުންގެ ގާތައްގޮސް މައުލޫމާތު އަބަދުވެސް އޮޅުން ފިލުވައި ދުރާލާ ދަތުރަށް ތައްޔާރުވާން ހުންނަނީ ނިންމައިގެނެވެ.
ތޯހާއަކީ ދަނޑުވެރި އާއިލާއެއްގެ ހަމަ އެކަނި ހުރި ފިރިހެން ކުއްޖާކަމުން އެ މަސައްކަތުގައި އޭނާގެ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ބައްޕަގެ ބެލުމުގެ ދަށުން ކުރިއަށްދެއެވެ. ބައެއް ފަހަރު ލިބޭ އާމްދަނީ ކޮޅުން ކިރިޔާ ކައިބޮއެ ހަދާލެވޭވަރުވެއެވެ. ނަމަވެސް ފޮރުވަން ކިތަންމެ ކުޑައެއްޗެއް ލިބުނަސް ފޮރުވައެވެ. ރޭގަނޑުވެއްޖެ ނަމަ ތޯހާ ގިނައިރުވަންދެން ހޭލާ މަޑުކުރެއެވެ. ދަނޑަށް ގެއްލުން ދީފާނެ ޖަނަވާރާ ވައްކަންކުރަން އަންނަ ވަގުން ފެހުމަށް ފޯރި މަރަން އޭނާ ފަތިސްވަންދެން މަޑުކުރެއެވެ. މަދު ނިދިކޮޅަކާއެކު ކޮންމެ ދުވަހެއްގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
ދުވަސްތައް ފާއިތުވެގެންގޮސް ތޯހާގެ އާއިލާއަށް ހިތާމަވެރި ދުވަސްތައް ފުލު ފުލުން އަންނަން ފެށިއެވެ. އެންމެ ފުރުތަމަ ލޯބިވާ ބައްޕަ ދުނިޔެ ދޫކުރިއެވެ. އެއަށްފަހު ހޫނު މޫސުމުގައި ދަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން ފޮރުވުނު ލާރިކޮޅު ބޭނުން ކުރަން ޖެހުނެވެ. އެއަށްފަހު އައި ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ ހާދިސާ ކުރިމަތިވުމުން މުޅި ގެ އަލުން މަރާމަތުކުރަން ޖެހުނެވެ. ނަމަވެސް މިކަމާ ތޯހާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ކޮންމެ ކަމަކީވެސް އިމްތިހާނެއް ކަން ޙުދު އޭނާއަށްވެސް އެނގެއެވެ. މިއަދު ތޯހާ އަތްމަތިވަނީ އެއްކޮއް ހުސްވެފައެވެ. ނަމަވެސް الله سبحان و تعالىٰ ގެ حَضْرَة ޝުކުރުކޮއްލައިގެން އޭނާ އަލުން މަސައްކަތް ފަށާގަތެވެ.
އާ އަޒުމަކާ ހިތްވަރާއެކު ތޯހާ ބުރަކޮށް ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅެމުން ގެންދިޔައެވެ. الله سبحان و تعالىٰ ތޯހާއަށް ރިޒްގު ތަނަވަސްކަން އިތުރުކޮއްދެއްވިއެވެ. މިހާރު ތޯހާގެ ބުރަ މަސައްކަތުން އޭނާގެ އާއިލާއަށް ޙަރަދުކުރުމަށްފަހު ރަނގަޅު އެއްޗެއް ފޮރުވަން ލިބެއެވެ. މިގޮތުގައި ތިން އަހަރު ވޭތުކުރުމަށްފަހު ތޯހާ އަތުގައި ހައްޖަށް ދެވޭވަރަށް ފައިސާ ހަމަވެއްޖެއެވެ. ނަމަވެސް ކަންދިމާކުރީ މާ ހިތްދަތި ގޮތަކަށްށެވެ. ތޯހާ ގޭގާ ނެތްވަގުތު ވަގަކު ވަދެ ތޯހާ ހައްޖަށް ދާންވެގެން އެއްކޮއްފައިހުރި ހުރިހާ ފައިސާއެއް ވަގަށް ނަގާފިއެވެ. މިކަމާ ތޯހާގެ ހިތް ހިތާމައިން ފުރިގެން ދިޔައެވެ. އަދި ވީ ހިތްދަތިން މިސްކިތަށް އަރާ ސަޖިދާގައި އޮވެ الله سبحان و تعالىٰ އަށް ދެންނެވިއެވެ. މިސްކިތުން ނުކުތްތަނުން މީހަކު މިސްކިތް ކުރިމަތީގައި ހުއްޓެވެ. އެއީ ތޯހާ ނުދަންނަ މީހެކެވެ. ތޯހާ ފެނުމާއެކު އެމީހާ ދުވަމުން އައިސް ތޯހާގެ ފައިބުޑަށް ވެއްޓިގަނެ ރޮއެ ހޭރި މައާފްއަށް އެދުނެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވާދޭން އެދުމުން އެމީހާ ކިޔާދޭންފެށިއެވެ.
” އަހަރެންނަކީ ތިގެއިން ވައްކަންކުރި މިހާ. އަހަރެން އެ ފައިސާތައް ހިފައިގެން ފުރަން އުޅެނިކޮއް އަހަރެެންނަށް ބަޔަކު ކިޔާއަޑު އިވުނީ މީހަކު ހައްޖަށް ދާން އެއްކުރި ފައިސާ ނަގަނީ ހާދަ ހިތުގައި ރަހުމެތް ނެތް މީހެކޭ. الله سبحان و تعالىٰ އެމީހަކަށް ހެޔޮމަގު ދައްކަވާށެވެ. މިއަދު އަހަރެންނަށް الله سبحان و تعالىٰ ވަނީ ހެޔޮމަގު ދައްކަވާފައި އަހަރެން ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން މިއޮތީ ބޭބެގެ ފައިސާ މީގެން އެންމެ ލާރިއެއްވެސް މަދެއް ނުވާނެ. އަވަހަށް ހިނގާ ހައްޖު ދަތުރަށް ފައިސާ ދައްކަން ދަމާ ”
ތޯހާ އަތަށް ފައިސާތައް ދިނުމަށް ފަހު އެމީހާއާއެކު ގޮސް ހައްޖަށް ދިޔުމަށް ފައިސާ ދެއްކިއެވެ. އޭގެ މަސްދުވަސް ފަހުން ތޯހާ ކުރަމުން އައި ފޮނި އިންތިޒާރުގެ ނިމުން އައެވެ. މިއަދު އޭނާ އެހުރީ މައްކާގެ މާތް ބިމުގައެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން އައިހެވެ.
– ނިމުނީ –

Tuesday, November 6, 2018


ބޮޑެތި ބަލިތައް ތަހައްމަލް ކުރުމަކީ ވޭންހުރި ކަމެކެވެ. އެތައް ބައިވަރު ބޭސްވެރިކަމެއް އެބައްޔަކަށް ކުރަން ހަދައިގެން އަތްމަތި ދަތިވެ ދިރިއުޅުން އެއްކޮއް ބަރުބާދުވާކަމެކެވެ. ނަމަވެސް ކިތަންމެ ބޮޑު ބައްޔަކަށްވެސް ޝީފާ ދެއްވަނީ الله سبحان و تعالىٰ އަޅުގަނޑުމެނަށް އޮތީ އުންމީދު ކަނޑާނުލާ އެފަރާތަށް ޝިފާއަށް އެދި ދެންނެވުމެވެ. ނިމިދިޔުން އޮތީ އެކަލާނގެ حَضْرَة އަށްށެވެ.
ލައިކާއަކީ ކުޑައިރުއްސުރެ އެންމެގެ ލޯބިހޯދަމުން އަންނަ ކުއްޖެކެވެ. ގްރޭޑް ހަތަރެއްގައި ތައުލީމު ހާސިލްކުރަމުން އަންނަ މޮޅު ވިސްނުންތޫނު ދަރިވަރެކެވެ. ލައިކާއަކީ ދީންވެރި މަޔަކާ ބަފަޔަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެދެމަފިރިންނަށް ލައިކާ ލިބުނީ އެތައް އަހަރެއްގެ އިންތިޒާރަށް ފަހުގައެވެ. ނަމަވެސް ލައިކާގެ ދިރިއުޅުމަކީ ތި ހީކުރާކަހަލަ އުފާވެރި ދިރިއުޅުމެއްނޫނެވެ. ލައިކާއަށްވަނީ ތުއްތު އިރުއްސުރެ ކެންސަރާ ހަނގުރާމަކުރަން ޖެހިފައެވެ. ލައިކާގެ މައިންބަފައިންގެ ދިރިއުޅުން ކިތަންމެ ހިތްދައްޗަސް ލައިކާއަށް އެކަން އެމީހުން އިހުސާސްވިއަކަނުދެއެވެ. އަބަދުވެސް އެ ލޯބި ދަރިފުޅު ބަހައްޓަނީ ހިނިތުންވުމާއެކުއެވެ.
މިއަދުވެސް ލައިކާ ދިޔައީ އެހެން ދުވަސްތަކެކޭ އެއްފަދައިން ސްކޫލްގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. ދުވެލާ ކުޅެލާ ހަދަމުން ފަރި ޗާލު ހިނިތުންވުންތައް އެކި ކުދިންނަށް ބަހަމުންނެވެ. ލައިކާގެ ޓީޗަރު ދިޔައީ ލައިކާއަށް ހާއްސަކަން ބަހައްޓަމުންނެވެ. މިގޮތުގައި ވަގުތުތަށް ހޭދަކުރަމުންދަނިކޮއް ލައިކާ ޓީޗަރު ކައިރިއަށް އައިސް އޭނާގެ މެޔަށް ވަރަށްބޮޑަށް ތަދުވާ ވާހަކަ ބުނެލިއެވެ. ޓީޗަރު ލައިކާ ގޮވައިގެން އަރާމްކުރާ ކޮޓަރިއަށް ގޮސް ލައިކާ އަރާމްކޮއްލަން އެނދުގައި މަޑުކޮއްލުމަށް އެދުނެވެ. ލައިކާ ކައިރީ ޓީޗަރު މަޑުކޮއްލައިގެން އެއްގަޑިއިރު ހުރި އިރުވެސް ލައިކާގެ މެޔަށް ތަދުވުމަށް ބަދަލެއްނައެވެ. މިކަމާ ކަންބޮޑުވެގެން ޓިޗަރު ލައިކާގެ މައިން ބަފައިންނަށް ގުޅުމަށްފަހު ލައިކާއަށް ވެގެން އުޅޭގޮތް ކިޔާދިނެވެ. މާކަށް ގިނައިރެއްނުވެ ލައިކާގެ މައިބަފައިން އައިސް އޭނާ ހޮސްޕިޓަލްއަށް ގެންދިޔައެވެ.
ހޮސަޕިޓަލްގައި ލައިކާ އޮންނަތާ މީ ހަތަރުވަނަ ދުވަހެވެ. އަޅާ ވޭނަށް ކުޑަކޮއް ލުއިކަން ލިބުމުން ލައިކާ އޭނާގެ މަންމަ ގާތު ސްކޫލްއަށް ދާން އެދޭ ވާހަކަ ބުނެލިއެވެ. ލައިކާގެ މަންމަ އޭނާގެ ދަރިފުޅު ބޮލުގައި ފިރުމާލިއެވެ. އަދި ސްކޫލްއަށް ދެވޭނީ ކުޑަ ދުވަސްކޮޅެއް ފަހުންކަން ބުނެލިއެވެ. ލައިކާ މިކަމާ އެއްވެސް ޝަކުވާއެއްނުކޮއް އަރާމްކުރުމުގައި ވަގުތުތަށް ހޭދަކުރިއެވެ. އެހިނދު ލައިކާގެ ބައްޕަ ދިޔައީ ޑޮކްޓަރާ ބައްދަލްކޮއް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވާދޭން އެދެމުންނެވެ. އެތައް އާދޭހަކަށްފަހު ޑޮކްޓަރު ދިނީ އިތުރު ހިތާމަވެރި ޙަބަރެވެ. ލައިކާގެ ކެންސަރު މީހާރު ހުރީ ސްޓޭޖް ތިނެއްގައިކަން ރިޕޯޓްތަކުން ދައްކާކެމެވެ. އަދި އަވަސް މުސްތަގްބަލެއްގައި ފަހު ސްޓޭޖްއަށް ބަދަލްވާނެކަމެވެ. މިޙަބަރު އިވުމާއެކު ލައިކާގެ ބައްޕަގެ ދެލޯ ކަރުނުން ފުރި ބަންޑުންދިޔައެވެ. ނަމަވެސް ކެތްތެރިކަމާއެކު އަންހެނުންނަށް ކިޔާދީ އަދި ލައިކާ ކުރިމަތީ އެއްވެސް ހިތާމަވެރިކަމެއް ނުދެއްކުމަށް އެދުނެވެ.
ހޮސްޕިޓަލްގައި ދުވަސްތައް ހޭދަކުރަމުން ދިޔަ ލައިކާ މިހާރުވަނީ އިތުރަށް އެތަނުގައި މަޑުކުރަންޖެހިފައެވެ. މިހާރު އެއީ ލައިކާގެ ގެއެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެއްޖެއެވެ. އަދި މަސްތައް އަހަރަކަށް ވެއްޖެއެވެ. ލައިކާގެ ހަށިގަނޑު މިހާރުވަނީ ހިކި އަނަރޫފަވެފައެވެ. ބޮލުގައި އިސްތައްޓެއްހާ ހިސާބުވެސްނެތެވެ. ކޮންމެ ދުވަހަކު އެނިކަމެތި ހަށިގަނޑަށް ދިޔައީ އެތައް އިންޖެކްޝަންތަކާ ބޭސްތައް ވައްދަމުންނެވެ. އަދި އެތައް ވޭނެއް އެހަށިގަނޑުގައި ދިޔައީ އަޅާ ގަދަވަމުންނެވެ. މަންޒަރު ބަލަން ނުހުރެވުނު ލައިކާގެ ބައްޕަ އަތްމަތި އެއްކޮއް ހުސްވުމުން އިތުރަށް އެހީ ހޯދުމަށް މީސް މީޑިއާގައި ޖެހިއެވެ. އެތައް ބައެއްގެ ދީލަތި އެހީ ދިޔައީ ލައިކާއަށް ލިބެމުންނެވެ.
ލައިކާގެ ބައްޔަށް ފަރުވާކުރާތާ މިހާރު ދެއަހަރުވީއެވެ. އޭނާ އެދަނީ ކެންސަރުގެ ފަހު ސްޓޭޖާ ހަނގުރާމަކުރަމުންނެވެ. ލައިކާގެ މައިންބަފައިން އޭނާ ކައިރިން އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުދެއެވެ. الله سبحان و تعالىٰ ގެ އަރިހަށް އެދެމައިން ދިޔައީ އަބަދުވެސް ދުއާ ދަންނަވަމުންނެވެ. ލައިކާގެ ބައްޔަށް ފަރުވާ ދެއްވުމަށް އެދި ދަންނަވަމުންނެވެ. ނަމަވެސް الله سبحان و تعالىٰ މިއަދުވަނީ އެހަށިގަނޑަށް ލުއިކަން ދެއްވާފައެވެ. މިއަދު އެފުރާނަވަނީ މިދުނިޔެއާ ވަކިވެގެން ގޮސްފައެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
– ނިމުނީ –

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...